ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ:-
މި ކައުންސިލުން ދައްކާ ނަމޫނާއަކާ އެއްގޮތަށް މިރަށުގެ ފުޓްބޯޅަދަނޑުގެ ގޯލް ފުރަގަހުގައި ފެންސް ޖަހައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މި މަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަޢުލޫމާތުދިނުން 2016 ނޮވެންބަރު 14 ވާ ހޯމަދުވަހުގެ 13:00 ގައި މި ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ. މިމަސައްކަތް ކުރުމަށް ބޭނުންވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 2016 ނޮވެންބަރު 17 ވާ ބުރާސްފަތިދުވަހުގެ 13:00 ގައި ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަންދާސީހިސާބުތަކަށް ޕޮއިންޓް ދިނުމުގައި ބެލެވޭނީ ތިރީގައި މިދަންނަވާ އުސޫލުންނެވެ.
- މަސައްކަތުގެ އަގަށް %75
- މަސައްކަތް ނިންމާ މުއްދަތަށް % 15
- މަސައްކަތުގެ ތަޖުރިބާއަށް % 10
މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.
6 ޞަފަރު 1438