މަސައްކަތް
ނަންބަރު: (IUL)397-AS/INDIV/2016/69
ޕަބްލިޝްކުރި ތާރީޚް: 06 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 16:17
ސުންގަޑި: 14 ނޮވެންބަރު 2016 13:30
ހައްދުންމަތީ މާބައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެންސް ޖަހައިދޭނެ ފަރާތެއް ހޯދަން

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ:-

މި ކައުންސިލުން ދައްކާ ނަމޫނާއަކާ އެއްގޮތަށް މިރަށުގެ ފުޓްބޯޅަދަނޑުގެ ގޯލް ފުރަގަހުގައި ފެންސް ޖަހައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މި މަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަޢުލޫމާތުދިނުން 2016 ނޮވެންބަރު 14 ވާ ހޯމަދުވަހުގެ 13:00 ގައި މި ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ. މިމަސައްކަތް ކުރުމަށް ބޭނުންވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 2016 ނޮވެންބަރު 17 ވާ ބުރާސްފަތިދުވަހުގެ 13:00 ގައި ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަންދާސީހިސާބުތަކަށް ޕޮއިންޓް ދިނުމުގައި ބެލެވޭނީ ތިރީގައި މިދަންނަވާ އުސޫލުންނެވެ.

  • މަސައްކަތުގެ އަގަށް %75
  • މަސައްކަތް ނިންމާ މުއްދަތަށް % 15
  • މަސައްކަތުގެ ތަޖުރިބާއަށް  % 10

މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.

6 ޞަފަރު 1438

06 ނޮވެންބަރު 2016