ދިވެހިރާއްޖެ
އިޢުލާން
މި ސްކޫލުގެ 2017 ވަނަ އަހަރުގެ ދިރާސީއަހަރުގެ ކިޔެވުން ފެށުމުގެ ކުރިން ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކުގެ ތެރެއިން ކްލާސްރޫމްތަކުގެ ހޫނުގަދަވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި 5 ކްލާސްރޫމުގެ ކުޑަދޮރާއި ދޮރުފަތްތައް ޖަހައި ހަރުކުރުމުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މި މަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ނޮވެންބަރު 15 ވާ އަންގާރަދުވަހުގެ 13:00 އަށް މި ސްކޫލުގެ ކޮމްޕިއުޓަރލެބަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2016 ނޮވެންބަރު 23 ވާ ބުދަދުވަހުގެ 13:00 އަށް މި ސްކޫލަށް އަންދާސީހިސާބުތައް ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ. ބީލަން ހުށަހަޅަންވާނީ މި ސްކޫލުން ދޭ ނަމޫނާ އާ އެއްގޮތަށެވެ.
ދާއިރާ |
މާކްސް ދެވޭނެގޮތް |
ތަފުސީލު |
ފޯމިއުލަރ |
އަގު |
% 80 |
ޚިދުމަތުގެ އަގަށް ދެވޭ މާކްސް: މާކްސް ދެވޭނީ މި އިދާރާގެ ބިޑްއިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓްކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. އެގޮތުން އެންމެ މަތީ މާކްސް ލިބޭނީ އެންމެ ކުޑައަގަށެވެ. |
(Benchmark Price/Submitted Price)x Allocate Percentage |
މުއްދަތު |
% 10 |
މުއްދަތަށްދެވޭ މާކްސް: މާކްސް ދެވޭނީ މި އިދާރާގެ ބިޑްއިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުރު މުއްދަތަކީ ބެންޗުމާކެއް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓްކުރެވިފައިވާ % ހުރިހާ މުއްދަތުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. އެގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުރު މުއްދަތަކަށެވެ. |
(Benchmark days/Submitted number of day)x Allocate percentage |
ތަޖުރިބާ |
% 10 |
ތަޖުރިބާއަށް ދެވޭ މާކްސް: މާކްސް ދެވޭނީ މި އިދާރާގެ ބިޑްއިވެލުއޭޝަނުން ފާސްވާ ފަރާތްތަކުގެ ތެރެއިން ތަޖުރިބާގެ ގޮތުގައި ހުށަހަޅާ އެންމެ ދިގު މުއްދަތަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓްކުރެވިފައިވާ % ހުރިހާ ތަޖުރިބާތަކެއްގެ މެދުގައި ބާހާލައިގެންނެވެ. އެގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ގިނަ ތަޖުރިބާއަށެވެ. |
(Benchmark Term/Submitted Term)x Allocate percentage |
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.