މަސައްކަތް
ނަންބަރު: GS133/2016/I/017
ޕަބްލިޝްކުރި ތާރީޚް: 06 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 13:41
ސުންގަޑި: 15 ނޮވެންބަރު 2016 13:00
ކަމަދޫ މަދަރުސާ، ބ. ކަމަދޫ
ދިވެހިރާއްޖެ
ކުޑަދޮރާއި ދޮރުފަތްތައް ޖަހައި ހަރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން

އިޢުލާން

މި ސްކޫލުގެ 2017 ވަނަ އަހަރުގެ ދިރާސީއަހަރުގެ ކިޔެވުން ފެށުމުގެ ކުރިން ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކުގެ ތެރެއިން ކްލާސްރޫމްތަކުގެ ހޫނުގަދަވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި 5 ކްލާސްރޫމުގެ ކުޑަދޮރާއި ދޮރުފަތްތައް ޖަހައި ހަރުކުރުމުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.                                                                        

ވީމާ، މި މަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ނޮވެންބަރު 15 ވާ އަންގާރަދުވަހުގެ 13:00 އަށް މި ސްކޫލުގެ ކޮމްޕިއުޓަރލެބަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2016 ނޮވެންބަރު 23 ވާ ބުދަދުވަހުގެ 13:00 އަށް މި ސްކޫލަށް އަންދާސީހިސާބުތައް ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ. ބީލަން ހުށަހަޅަންވާނީ މި ސްކޫލުން ދޭ ނަމޫނާ އާ އެއްގޮތަށެވެ.

ދާއިރާ

މާކްސް ދެވޭނެގޮތް

ތަފުސީލު

ފޯމިއުލަރ

އަގު

% 80

ޚިދުމަތުގެ އަގަށް ދެވޭ މާކްސް:

މާކްސް ދެވޭނީ މި އިދާރާގެ ބިޑްއިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓްކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. އެގޮތުން އެންމެ މަތީ މާކްސް ލިބޭނީ އެންމެ ކުޑައަގަށެވެ.

(Benchmark Price/Submitted Price)x Allocate Percentage

މުއްދަތު

% 10

މުއްދަތަށްދެވޭ މާކްސް:

މާކްސް ދެވޭނީ މި އިދާރާގެ ބިޑްއިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުރު މުއްދަތަކީ ބެންޗުމާކެއް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓްކުރެވިފައިވާ % ހުރިހާ މުއްދަތުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. އެގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުރު މުއްދަތަކަށެވެ.

(Benchmark days/Submitted number of day)x Allocate percentage

ތަޖުރިބާ

% 10

ތަޖުރިބާއަށް ދެވޭ މާކްސް:

މާކްސް ދެވޭނީ މި އިދާރާގެ ބިޑްއިވެލުއޭޝަނުން ފާސްވާ ފަރާތްތަކުގެ ތެރެއިން ތަޖުރިބާގެ ގޮތުގައި ހުށަހަޅާ އެންމެ ދިގު މުއްދަތަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓްކުރެވިފައިވާ % ހުރިހާ ތަޖުރިބާތަކެއްގެ މެދުގައި ބާހާލައިގެންނެވެ. އެގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ގިނަ ތަޖުރިބާއަށެވެ.

(Benchmark Term/Submitted Term)x Allocate percentage

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

06 ނޮވެންބަރު 2016