ދިވެހިރާއްޖެ
އަންދާސީހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު
- މި ސްކޫލަށް ތިރީގައި މިދަންނަވާ ތަކެތި ހޯދަން ބޭނުންވެއެވެ.
14 ކޮމްޕިއުޓަރ ސިސްޓަމް: i3, 4 GB RAM , 500GB LED MONITOR 24” HD
ވީމާ، މި ތަކެތި މި ސްކޫލަށް ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ނޮވެންބަރު 21 ވަނަދުވަހުގެ 13:00 އަށް، މި ސްކޫލަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބުގައި ތަކެތި ސްކޫލަށް ފޯރުކޮށްދެވޭނެ އަގާއި މުއްދަތު އެނގެން އޮންނަންވާނެއެވެ. އަދި ތަކެތީގެ ފުރިހަމަ މަޢުލޫމާތު ފޮޓޯއާއެކު ހުށަހަޅަންވާނެއެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅާނަމަ މި ސްކޫލުގެ އީމެއިލް: [email protected] މެދުވެރިކޮށް ހުށެހެޅުއްވުން އެދެމެވެ.
އަންދާސީހިސާބު ހުށަހެޅޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގައިވާ ގޮތުގެ މަތިން ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށެވެ.
އަންދާސީހިސާބު ހުށަހަޅުއްވަނީ ކުންފުނި / ކޯޕަރޭޓިވަކުންނަމަ އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތުގެ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު އެނގޭގޮތަށް ލިޔެފައިވާ ކުންފުނި / ކޯޕަރޭޓިވްގެ ސިޓީއަކާއެކު އެ ތަނުގެ ރަޖިސްޓަރީގެ ކޮޕީ (މުއްދަތު ހަމަނުވާ) ހުށަހަޅަންވާނެއެވެ. އެއްވެސް ފަރާތަކަށް އެކަކަށްވުރެ ގިނަ ފަރާތުގެ ނަމުގައި އަންދާސީހިސާބު ހުށައެއްނޭޅޭނެއެވެ.
ހުށަހަޅުއްވާ އަންދާސީހިސާބާއި ލިޔުންތަކަށް މާކްސް ދިނުމަށް ހަމަޖެހިފައިވާގޮތް:
- މަސައްކަތުގެ އަގު: %90 މާކްސް
- މުއްދަތު % 5 މާކްސް
- ތަޖުރިބާ % 5 މާކްސް (މާކްސް ދިނުމަށް ހަމަޖެހިފައިވަނީ ހުށަހަޅާ ކަމާގުޅޭ ލިޔުންތަކަށް ބަލައިގެންނެވެ.)
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
- ހުށަހަޅަންވީ ތަކެތި:
- ނ.ލަންދޫ ސްކޫލަށް ސަޕްލައިކޮށްދެވޭނެ އަގު:
- ސަޕްލައިކޮށްދެވޭނެ މުއްދަތު:
- ޓެކްނިކަލް ސްޕެސިފިކޭޝަން:
- ހުށަހަޅާފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 60 ދުވަހަށް ވާންވާނެއެވެ.
- ކޮންމެ ފަރާތަކުންވެސް ހުށަހަޅަންވާނީ އެއް އަންދާސީހިސާބެވެ.
- ކުންފުނި ނުވަތަ ފިހާރައިގެ މަޢުލޫމާތު (ކުންފުނި ނުވަތަ ފިހާރައިގެ ޕްރޮފައިލް، ރަޖިސްޓްރޭޝަނުގެ ކޮޕީ، ޖީ.އެސް.ޓީ ރަޖިސްޓްރޭޝަނުގެ ކޮޕީ، މިމަސައްކަތުގައި މުޢާމަލާތު ކުރާނޭ ފަރާތުގެ ނަން، މަޤާމު އަދި ފޯނު ނަންބަރު)
- މި މަސައްކަތުގައި ލިބިފައިވާ ތަޖުރިބާ (މަސައްކަތުގެ ތަޖުރިބާގެ ގޮތުގައި ބެލެވޭނީ 2012 ގެ ޖަނަވަރީން 2016 ގެ މި ދުވަހާ ހަމައަށް ކުރައްވާފައިވާ މި ބާވަތުގެ މަސައްކަތްތަކާ ގުޅޭގޮތުން މަސައްކަތް ހަވާލުކުރި ފަރާތުން ދީފައިވާ މަސައްކަތް ނިންމި ކަމުގެ ލިޔުމަށެވެ)
ނޯޓް:
- މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު ނ.ލަންދޫ ސްކޫލަށް ލިބިގެންވެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6560576 / 7718552 / 9683166 ނަންބަރު ފޯނަށެވެ.