ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: GS-119/2016/38
ޕަބްލިޝްކުރި ތާރީޚް: 08 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 15:47
ސުންގަޑި: 21 ނޮވެންބަރު 2016 13:00
ލަންދޫ ސްކޫލް، ނ. ލަންދޫ
ދިވެހިރާއްޖެ
ތަކެތި ހޯދުން

އަންދާސީހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު

  • މި ސްކޫލަށް ތިރީގައި މިދަންނަވާ ތަކެތި ހޯދަން ބޭނުންވެއެވެ.

14 ކޮމްޕިއުޓަރ ސިސްޓަމް:  i3, 4 GB RAM , 500GB LED MONITOR 24” HD

ވީމާ، މި ތަކެތި މި ސްކޫލަށް ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ނޮވެންބަރު 21 ވަނަދުވަހުގެ 13:00 އަށް، މި ސްކޫލަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބުގައި ތަކެތި ސްކޫލަށް ފޯރުކޮށްދެވޭނެ އަގާއި މުއްދަތު އެނގެން އޮންނަންވާނެއެވެ. އަދި ތަކެތީގެ ފުރިހަމަ މަޢުލޫމާތު ފޮޓޯއާއެކު ހުށަހަޅަންވާނެއެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅާނަމަ މި ސްކޫލުގެ އީމެއިލް: [email protected] މެދުވެރިކޮށް ހުށެހެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހެޅޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގައިވާ ގޮތުގެ މަތިން ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށެވެ.

އަންދާސީހިސާބު ހުށަހަޅުއްވަނީ ކުންފުނި / ކޯޕަރޭޓިވަކުންނަމަ އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތުގެ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު އެނގޭގޮތަށް ލިޔެފައިވާ ކުންފުނި / ކޯޕަރޭޓިވްގެ ސިޓީއަކާއެކު އެ ތަނުގެ ރަޖިސްޓަރީގެ ކޮޕީ (މުއްދަތު ހަމަނުވާ) ހުށަހަޅަންވާނެއެވެ. އެއްވެސް ފަރާތަކަށް އެކަކަށްވުރެ ގިނަ ފަރާތުގެ ނަމުގައި އަންދާސީހިސާބު ހުށައެއްނޭޅޭނެއެވެ.

ހުށަހަޅުއްވާ އަންދާސީހިސާބާއި ލިޔުންތަކަށް މާކްސް ދިނުމަށް ހަމަޖެހިފައިވާގޮތް:

- މަސައްކަތުގެ އަގު:     %90 މާކްސް

- މުއްދަތު          % 5 މާކްސް

- ތަޖުރިބާ         % 5  މާކްސް (މާކްސް ދިނުމަށް ހަމަޖެހިފައިވަނީ ހުށަހަޅާ ކަމާގުޅޭ ލިޔުންތަކަށް ބަލައިގެންނެވެ.)

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

  1. ހުށަހަޅަންވީ ތަކެތި:
  • ނ.ލަންދޫ ސްކޫލަށް ސަޕްލައިކޮށްދެވޭނެ އަގު:
  • ސަޕްލައިކޮށްދެވޭނެ މުއްދަތު:
  • ޓެކްނިކަލް ސްޕެސިފިކޭޝަން:
  • ހުށަހަޅާފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 60 ދުވަހަށް ވާންވާނެއެވެ.
  • ކޮންމެ ފަރާތަކުންވެސް ހުށަހަޅަންވާނީ އެއް އަންދާސީހިސާބެވެ.
  • ކުންފުނި ނުވަތަ ފިހާރައިގެ މަޢުލޫމާތު (ކުންފުނި ނުވަތަ ފިހާރައިގެ ޕްރޮފައިލް، ރަޖިސްޓްރޭޝަނުގެ ކޮޕީ، ޖީ.އެސް.ޓީ ރަޖިސްޓްރޭޝަނުގެ ކޮޕީ، މިމަސައްކަތުގައި މުޢާމަލާތު ކުރާނޭ ފަރާތުގެ ނަން، މަޤާމު އަދި ފޯނު ނަންބަރު)
  • މި މަސައްކަތުގައި ލިބިފައިވާ ތަޖުރިބާ (މަސައްކަތުގެ ތަޖުރިބާގެ ގޮތުގައި ބެލެވޭނީ 2012 ގެ ޖަނަވަރީން 2016 ގެ މި ދުވަހާ ހަމައަށް ކުރައްވާފައިވާ މި ބާވަތުގެ މަސައްކަތްތަކާ ގުޅޭގޮތުން މަސައްކަތް ހަވާލުކުރި ފަރާތުން ދީފައިވާ މަސައްކަތް ނިންމި ކަމުގެ ލިޔުމަށެވެ)

ނޯޓް:

  • މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު ނ.ލަންދޫ ސްކޫލަށް ލިބިގެންވެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6560576 / 7718552 / 9683166 ނަންބަރު ފޯނަށެވެ.
08 ނޮވެންބަރު 2016