ދިވެހިރާއްޖެ
އިޢުލާން
ތިލަފުށީގައި ޕަބްލިކް ޓްރާސްޕޯޓުގެ ޚިދުމަތް ދިނުމަށް އެކްސްޕްރެޝަން އޮފް އިންޓްރެސް (އީ.އޯ.އައި) ހުށަހެޅުމުގެ ފުރުޞަތު
ތ ތިލަފުށި ކޯޕަރޭޝަނުން ކ.ތިލަފުށީގައި ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތް ދިނުމަށް ޝައުޤުވެރިކަން ފާޅުކުރުމަށް ދަޢުވަތު ހުޅުވާލަމެވެ.
ޝައުޤުވެރިކަން ފާޅުކުރުމަށް ހުށަހަޅުއްވާ ސިޓީއާއެކު ތިރީގައި ބަޔާންކުރެވިފައިވާ މަޢުލޫމާތު ހިމަނުއްވަންވާނެއެވެ.
ހ. ޝައުޤުވެރިކަން ފާޅުކުރައްވާ ފަރާތުގެ ނަން، އެޑްރެސް، އަދި ފޯނު ނަންބަރު.
ށ. ޝައުޤުވެރިކަން ފާޅުކުރާ ފަރާތުގެ ޕްރޮފައިލާއި ތަޖުރިބާ.
ށ. ޚިދުމަތް ދިނުމަށް ހުށަހަޅާގޮތުގެ ކޮންސެޕްޓް.
މަސައްކަތުގެ ތަފްސީލް
- ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވަނީ، ތިލަފުށި 1 އަދި ތިލަފުށި 2 ހިމެނޭ ސަރަޙައްދުގައެވެ.
- ކަނޑައެޅިފައިވާ ގަޑިތަކެއްގައި ތިރީގައި މިދަންނަވާ ސަރަޙައްދުތަކަށް ދުއްވާ އުޅަނދު ހުއްޓާގޮތަށް ޚިދުމަތް ފޯރުކޮށްދެއްވަންވާނެއެވެ.
- ތިލަފުށި-1 ގައިވާ ތިލަފުށި ފެރީޓަރމިނަލް (ކޮންމެ ދަތުރެއް ފަށާ ޕޮއިންޓް)
- ތިލަފުށި-1
- ތިލަފުށި-2
- ދުއްވާ އުޅަނދުގެ ޚިދުމަތް ދެއްވާ ގަޑިތައް ކަނޑައެޅުމުގައި ފެރީގެ ޝެޑިއުލަށް ބަލަންވާނެއެވެ. އަދި ފެރީ ޝެޑިއުލާ އެއްގޮތަށް ޕެސެންޖަރުން ޓަރމިނަލަށް އަދި ޓަރމިނަލުން ތިލަފުށީގެ ކަނޑައެޅިފައިވާ ސަރަޙައްދުތަކަށް ގެންގޮސްދިނުން.
- ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރައްވާ އުޅަނދުގައި މަދުވެގެން 20 ޕެސެންޖަރުންގެ ކެޕޭސިޓީ ހުންނަންވާނެއެވެ.
ތަފްޞީލް |
ތަން |
ދުވަސް |
ތާރީޚު |
ގަޑި |
އީ.އޯ.އައި ހުށަހެޅުން |
ޓީސީއެލް ހެޑްއޮފީސް |
ހޯމަ |
21 ނޮވެންބަރު 2016 |
10:30 ގައި |
މިކަމާ ގުޅޭ އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން މި ކޯޕަރޭޝަނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. މިކަމަށް ޝައުޤުވެރިވާކަން ހުށަހަޅުއްވަންވާނީ ސިޓީއުރައެއްގައި ބަންދުކުރައްވައި ތިރީގައި ބަޔާންކުރެވިފައިވާ ފަދައިން ލިޔުއްވުމަށްފަހު، ތިރީގައި ބަޔާންކުރެވިފައިވާ އެޑްރެހަށެވެ.
“EOI FOR THE PROVISION OF PUBLIC TRANSPORT SERVICE TO K.THILAFUSHI”
ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް
ފެން ބިލްޑިންގ/ 4ވަނަ ފަންގިފިލާ
އަމީނީމަގު، މައްޗަންގޮޅި، މާލެ، 20375
ފޯން: 3307513 ، 3307515 ފެކްސް: 3307514
އީ.މެއިލް: [email protected]
6 ޞަފަރު 1438
Fen Building/ 4th floor ފެން ބިލްޑިންގ/ 4 ވަނަ ފަންގިފިލާ
Ameenee Magu, Male’, Republic of Maldives އަމީނީމަގު، މާލެ، ދިވެހިރާއްޖެ
Tel: 3307513 Fax: 3307514 ފޯން: 3307513 ، 3307515 ފެކްސް: 3307514