މަސައްކަތް
ނަންބަރު: TCL/PROC-TA/2016/37
ޕަބްލިޝްކުރި ތާރީޚް: 06 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 08:39
ސުންގަޑި: 21 ނޮވެންބަރު 2016 10:30
ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އީ.އޯ.އައި ހުށަހެޅުމުގެ ފުރުޞަތު

އިޢުލާން

ތިލަފުށީގައި ޕަބްލިކް ޓްރާސްޕޯޓުގެ ޚިދުމަތް ދިނުމަށް އެކްސްޕްރެޝަން އޮފް އިންޓްރެސް (އީ.އޯ.އައި) ހުށަހެޅުމުގެ ފުރުޞަތު

ތ ތިލަފުށި ކޯޕަރޭޝަނުން ކ.ތިލަފުށީގައި ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތް ދިނުމަށް ޝައުޤުވެރިކަން ފާޅުކުރުމަށް ދަޢުވަތު ހުޅުވާލަމެވެ.

ޝައުޤުވެރިކަން ފާޅުކުރުމަށް ހުށަހަޅުއްވާ ސިޓީއާއެކު ތިރީގައި ބަޔާންކުރެވިފައިވާ މަޢުލޫމާތު ހިމަނުއްވަންވާނެއެވެ.

ހ. ޝައުޤުވެރިކަން ފާޅުކުރައްވާ ފަރާތުގެ ނަން، އެޑްރެސް، އަދި ފޯނު ނަންބަރު.

ށ. ޝައުޤުވެރިކަން ފާޅުކުރާ ފަރާތުގެ ޕްރޮފައިލާއި ތަޖުރިބާ.

ށ. ޚިދުމަތް ދިނުމަށް ހުށަހަޅާގޮތުގެ ކޮންސެޕްޓް.

މަސައްކަތުގެ ތަފްސީލް

  • ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވަނީ، ތިލަފުށި 1 އަދި ތިލަފުށި 2 ހިމެނޭ ސަރަޙައްދުގައެވެ.
  • ކަނޑައެޅިފައިވާ ގަޑިތަކެއްގައި ތިރީގައި މިދަންނަވާ ސަރަޙައްދުތަކަށް ދުއްވާ އުޅަނދު ހުއްޓާގޮތަށް ޚިދުމަތް ފޯރުކޮށްދެއްވަންވާނެއެވެ.
  • ތިލަފުށި-1 ގައިވާ ތިލަފުށި ފެރީޓަރމިނަލް (ކޮންމެ ދަތުރެއް ފަށާ ޕޮއިންޓް)
  • ތިލަފުށި-1
  • ތިލަފުށި-2
  • ދުއްވާ އުޅަނދުގެ ޚިދުމަތް ދެއްވާ ގަޑިތައް ކަނޑައެޅުމުގައި ފެރީގެ ޝެޑިއުލަށް ބަލަންވާނެއެވެ. އަދި ފެރީ ޝެޑިއުލާ އެއްގޮތަށް ޕެސެންޖަރުން ޓަރމިނަލަށް އަދި ޓަރމިނަލުން ތިލަފުށީގެ ކަނޑައެޅިފައިވާ ސަރަޙައްދުތަކަށް ގެންގޮސްދިނުން.
  • ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރައްވާ އުޅަނދުގައި މަދުވެގެން 20 ޕެސެންޖަރުންގެ ކެޕޭސިޓީ ހުންނަންވާނެއެވެ.

ތަފްޞީލް

ތަން

ދުވަސް

ތާރީޚު

ގަޑި

އީ.އޯ.އައި ހުށަހެޅުން

ޓީސީއެލް ހެޑްއޮފީސް

ހޯމަ

21 ނޮވެންބަރު 2016

10:30 ގައި

މިކަމާ ގުޅޭ އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން މި ކޯޕަރޭޝަނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. މިކަމަށް ޝައުޤުވެރިވާކަން ހުށަހަޅުއްވަންވާނީ ސިޓީއުރައެއްގައި ބަންދުކުރައްވައި ތިރީގައި ބަޔާންކުރެވިފައިވާ ފަދައިން ލިޔުއްވުމަށްފަހު، ތިރީގައި ބަޔާންކުރެވިފައިވާ އެޑްރެހަށެވެ.

“EOI FOR THE PROVISION OF PUBLIC TRANSPORT SERVICE TO K.THILAFUSHI”

ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް

ފެން ބިލްޑިންގ/ 4ވަނަ ފަންގިފިލާ

އަމީނީމަގު، މައްޗަންގޮޅި، މާލެ، 20375

ފޯން: 3307513 ، 3307515  ފެކްސް: 3307514

އީ.މެއިލް: [email protected]

6 ޞަފަރު 1438

Fen Building/ 4th floor                                                       ފެން ބިލްޑިންގ/ 4 ވަނަ ފަންގިފިލާ

Ameenee Magu, Male’, Republic of Maldives                                          އަމީނީމަގު، މާލެ، ދިވެހިރާއްޖެ

Tel: 3307513 Fax: 3307514                                       ފޯން: 3307513 ، 3307515      ފެކްސް: 3307514

06 ނޮވެންބަރު 2016