ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ސަޕޯޓް ސްޓާފް ގްރޭޑް 1 ގެ މަޤާމަށް މީހަކު ބޭނުންވެއްޖެ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި އޮތޯރިޓީއަށް، ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއެވެ.

މަޤާމް: ސަޕޯޓް ސްޓާފް  ގްރޭޑް 1

ބޭނުންވާ އަދަދު: 1 (އެކެއް)

އަސާސީ މުސާރަ: މަހަކު -/3,500 ރުފިޔާ

ފިކްސްޑް އެލަވަންސް: -/2,500 ރުފިޔާ

ޢިނާޔަތް: އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމުގެ ޝަރުޠު:

- އަސާސީ ތަޢުލީމުގެ ފެންވަރު ހުރުން.

- މަސައްކަތުގައި ގިނަވަގުތު އުޅެވޭނެ މީހަކުކަމުގައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

- އޮތޯރިޓީގެ ލިއެކިއުންފަދަ ތަކެތި ރައްދުކުރަންޖެހޭ ފަރާތްތަކަށް ރައްދުކުރުމާއި، ޗެކަށް ފައިސާ ނެގުމާއި، ފައިސާ ޖަމާކުރުން.

- އޮފީހުގެ ސްޓޮކަށް ތަކެތި ނެގުމާއި، ކޯޓޭޝަންތައް ހޯދުން.

- އޮފީހުން ބާއްވާ އެކިއެކި އިވެންޓްތައް ބޭއްވުމަށް ކުރަންޖެހޭ މަސައްކަތްތަކަށް އެހީތެރިވުމާއި، އޮފީސް ފޮޅައި ސާފުކޮށް ބެލެހެއްޓުން.

ހުށަހަޅަންޖެހޭ ލިއުންތައް:

- ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭ ރަސްމީ ލިޔުމެއް.

- ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ.

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެހާއެކު)

މުއްދަތު:

މި ވަޒީފާއަށް ހޮވޭ ފަރާތް ދާއިމީ މުވައްޒަފެއްގެގޮތުގައި ހަމަޖެއްސޭނީ، 3 މަސްދުވަހުގެ ޕްރޮބޭޝަނަކަަށްފަހު މަސައްކަތަށް ރަނގަޅުނަމައެވެ. މި މަޤާމަށް މީހަކު ހޮވުމުން، ވަޒީފާ ހަމަޖެހުމުގެ ކުރިން މެޑިކަލް ރިޕޯޓް ހުށަހަޅަންވާނެއެވެ. ވަޒީފާއަށް ހޮވާނީ، ކުށުގެ ރެކޯޑް ބަލާ ފޯމު ފުރުމަށްފަހު، ވޭތުވެދިޔަ 5  އަހަރުދުވަހުގެ ކުށުގެ ރެކޯޑެއް ނުވާނަމައެވެ.

އިންޓަވިއު:

އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން،  2016 ނޮވެންބަރު 16 ވާ ބުދަ ދުވަހުގެ 11:00 ކުރިން، ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ވަޒީފާއަށް އެދި، ތިރީގައިވާ އެޑްރެހަށް ސިޓީ ނުވަތަ ފޯމު ހުށަހެޅުން އެދެމެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފޯމު، މި އޮތޯރިޓީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

އެޕްލިކޭޝަން ހުށަހަޅަންޖެހޭ އެޑްރެސް:

ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ، ހ. އޯކިޑް 3 ވަނަ ފަންގިފިލާ

އަމީރުއަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ

ފޯނު: 3014105، ފެކްސް: 3336624

އީމެއިލް: [email protected]  ވެބްސައިޓް: www.cmda.gov.mv

1 ޞަފަރު 1438

01 ނޮވެންބަރު 2016
ހޯދާ