ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މި އޮތޯރިޓީއަށް، ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއެވެ.
މަޤާމް: ސަޕޯޓް ސްޓާފް ގްރޭޑް 1
ބޭނުންވާ އަދަދު: 1 (އެކެއް)
އަސާސީ މުސާރަ: މަހަކު -/3,500 ރުފިޔާ
ފިކްސްޑް އެލަވަންސް: -/2,500 ރުފިޔާ
ޢިނާޔަތް: އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
މަޤާމުގެ ޝަރުޠު:
- އަސާސީ ތަޢުލީމުގެ ފެންވަރު ހުރުން.
- މަސައްކަތުގައި ގިނަވަގުތު އުޅެވޭނެ މީހަކުކަމުގައިވުން.
މަޤާމުގެ މަސްއޫލިއްޔަތު:
- އޮތޯރިޓީގެ ލިއެކިއުންފަދަ ތަކެތި ރައްދުކުރަންޖެހޭ ފަރާތްތަކަށް ރައްދުކުރުމާއި، ޗެކަށް ފައިސާ ނެގުމާއި، ފައިސާ ޖަމާކުރުން.
- އޮފީހުގެ ސްޓޮކަށް ތަކެތި ނެގުމާއި، ކޯޓޭޝަންތައް ހޯދުން.
- އޮފީހުން ބާއްވާ އެކިއެކި އިވެންޓްތައް ބޭއްވުމަށް ކުރަންޖެހޭ މަސައްކަތްތަކަށް އެހީތެރިވުމާއި، އޮފީސް ފޮޅައި ސާފުކޮށް ބެލެހެއްޓުން.
ހުށަހަޅަންޖެހޭ ލިއުންތައް:
- ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭ ރަސްމީ ލިޔުމެއް.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެހާއެކު)
މުއްދަތު:
މި ވަޒީފާއަށް ހޮވޭ ފަރާތް ދާއިމީ މުވައްޒަފެއްގެގޮތުގައި ހަމަޖެއްސޭނީ، 3 މަސްދުވަހުގެ ޕްރޮބޭޝަނަކަަށްފަހު މަސައްކަތަށް ރަނގަޅުނަމައެވެ. މި މަޤާމަށް މީހަކު ހޮވުމުން، ވަޒީފާ ހަމަޖެހުމުގެ ކުރިން މެޑިކަލް ރިޕޯޓް ހުށަހަޅަންވާނެއެވެ. ވަޒީފާއަށް ހޮވާނީ، ކުށުގެ ރެކޯޑް ބަލާ ފޯމު ފުރުމަށްފަހު، ވޭތުވެދިޔަ 5 އަހަރުދުވަހުގެ ކުށުގެ ރެކޯޑެއް ނުވާނަމައެވެ.
އިންޓަވިއު:
އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
ސުންގަޑި:
މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 ނޮވެންބަރު 16 ވާ ބުދަ ދުވަހުގެ 11:00 ކުރިން، ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ވަޒީފާއަށް އެދި، ތިރީގައިވާ އެޑްރެހަށް ސިޓީ ނުވަތަ ފޯމު ހުށަހެޅުން އެދެމެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފޯމު، މި އޮތޯރިޓީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
އެޕްލިކޭޝަން ހުށަހަޅަންޖެހޭ އެޑްރެސް:
ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ، ހ. އޯކިޑް 3 ވަނަ ފަންގިފިލާ
އަމީރުއަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ
ފޯނު: 3014105، ފެކްސް: 3336624
އީމެއިލް: [email protected] ވެބްސައިޓް: www.cmda.gov.mv
1 ޞަފަރު 1438