ދިވެހިރާއްޖެ
މި މަދަރުސާގެ ޕްރިންޓްރޫމުގައި ޕާޓިޝަނެއް ޖަހައި ހެލްތުރޫމެއް އަމިއްލަ ތަކެތީގައި ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ނޮވެންބަރު 6 ވާ އާދީއްތަދުވަހުގެ 11:00 ގައި މި މަދަރަސާގައި މިކަމަށްޓަކައި މަޢުލޫމާތުދިނުމަށް ބޭއްވޭ ބައްދަލުވުމުގައި ބައިވެރިވުން އެދެމެވެ. މަޢުލޫމާތުދިނުމަށް ހަމަޖެހިފައިވަނީ އެ ބައްދަލުވުން ނިމުމުގެކުރިން އެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށް އެކަންޏެވެ. މި މަސައްކަތްކުރަން ބޭނުންވާ ފަރާތްތަކުން 2016 ނޮވެންބަރު 10 ވާ ބުރާސްފަތިދުވަހުގެ 11:00 އަށް މި ސްކޫލަށް ބިޑު ހުށަހެޅުން އެދެމެވެ.
ބިޑު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުގެ ނަމުގައިވާ (ބަރާބަރު 11:00 އަށް ހާޒިރުވި ފަރާތްތަކުގެ) ބިޑުތައް އެކަންޏެވެ. މަޢުލޫމާތުދިނުމުގެ ބައްދަލުވުމާއި ބިޑް ބަލައިގަތުމުގެ ބައްދަލުވުމުގައި، ކޮންމެ ފަރާތަކަށްވެސް ބައިވެރިވެވޭނީ ކޮންމެވެސް އެއް ހައިސިއްޔަތަކުންނެވެ. ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅަންވާނެއެވެ.
މާކްސް ދެވޭ ކުރައިޓީރިއާ |
މާކްސް ދެވޭގޮތް |
ތަފުސީލު |
ފޯމިއުލަރ |
އަގު |
65% |
ހުށަހެޅިފައިވާ އެންމެ ކުޑަ އަގު |
އަންދާސީހިސާބު ހުށަހެޅި އެންމެ ކުޑައަގު /ހުށަހެޅި އަގު |
ތަޖުރިބާ |
5% |
ފަންނީގޮތުން ޤާބިލުކަންހުރި މިންވަރު |
މަސައްކަތާ ގުޅޭގޮތުން ހާސިލުކޮށްފައިވާ ކޮންމެ ލިޔުމަކަށް 2 ޕޮއިންޓް / ޕޮއިންޓް ދޭނީ ގިނަވެގެން 3 މަސައްކަތަށް |
މުއްދަތު |
25% |
މަސައްކަތްކުރުމުގެ އެންމެ ކުރު މުއްދަތު |
އަންދާސީހިސާބުގައި ހުށަހެޅި އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު |
ޤާބިލުކަން |
5% |
ބީލަމާއެކު ހުށަހެޅި ބޭންކް ސްޓޭޓުމަންޓާއި ބޭންކް ގެރެންޓީ ކުރެޑިޓް ފެސިލިޓީ ފަދަ ލިޔުންތަކުން ދަލީލުކޮށްދޭ ފައިސާގެ ޖުމުލަ އަދަދު |
ހުށަހަޅާފައިވާ ބޭންކް ސްޓޭޓްމަންޓް |