މަސައްކަތް
ނަންބަރު: GS113/2016/112
ޕަބްލިޝްކުރި ތާރީޚް: 04 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 15:07
ސުންގަޑި: 06 ނޮވެންބަރު 2016 11:00
ކުޑަފަރީ މަދަރުސާ
ދިވެހިރާއްޖެ
ޕްރިންޓްރޫމުގައި ޕާޓިޝަނެއް ޖަހައި ހެލްތުރޫމެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ:

މި މަދަރުސާގެ ޕްރިންޓްރޫމުގައި ޕާޓިޝަނެއް ޖަހައި ހެލްތުރޫމެއް އަމިއްލަ ތަކެތީގައި ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ނޮވެންބަރު 6 ވާ އާދީއްތަދުވަހުގެ 11:00 ގައި މި މަދަރަސާގައި މިކަމަށްޓަކައި މަޢުލޫމާތުދިނުމަށް ބޭއްވޭ ބައްދަލުވުމުގައި ބައިވެރިވުން އެދެމެވެ. މަޢުލޫމާތުދިނުމަށް ހަމަޖެހިފައިވަނީ އެ ބައްދަލުވުން ނިމުމުގެކުރިން އެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށް އެކަންޏެވެ. މި މަސައްކަތްކުރަން ބޭނުންވާ ފަރާތްތަކުން 2016 ނޮވެންބަރު 10 ވާ ބުރާސްފަތިދުވަހުގެ 11:00 އަށް މި ސްކޫލަށް ބިޑު ހުށަހެޅުން އެދެމެވެ.

ބިޑު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުގެ ނަމުގައިވާ (ބަރާބަރު 11:00 އަށް ހާޒިރުވި ފަރާތްތަކުގެ) ބިޑުތައް އެކަންޏެވެ. މަޢުލޫމާތުދިނުމުގެ ބައްދަލުވުމާއި ބިޑް ބަލައިގަތުމުގެ ބައްދަލުވުމުގައި، ކޮންމެ ފަރާތަކަށްވެސް ބައިވެރިވެވޭނީ ކޮންމެވެސް އެއް ހައިސިއްޔަތަކުންނެވެ. ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅަންވާނެއެވެ.

 މާކްސް ދެވޭ ކުރައިޓީރިއާ

މާކްސް ދެވޭގޮތް

    ތަފުސީލު

ފޯމިއުލަރ

އަގު

65%

ހުށަހެޅިފައިވާ އެންމެ ކުޑަ އަގު

އަންދާސީހިސާބު ހުށަހެޅި އެންމެ ކުޑައަގު /ހުށަހެޅި އަގު

ތަޖުރިބާ

5%

ފަންނީގޮތުން ޤާބިލުކަންހުރި މިންވަރު

މަސައްކަތާ ގުޅޭގޮތުން ހާސިލުކޮށްފައިވާ ކޮންމެ ލިޔުމަކަށް 2 ޕޮއިންޓް / ޕޮއިންޓް ދޭނީ ގިނަވެގެން 3 މަސައްކަތަށް

މުއްދަތު

25%

މަސައްކަތްކުރުމުގެ އެންމެ ކުރު މުއްދަތު

އަންދާސީހިސާބުގައި ހުށަހެޅި އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު

ޤާބިލުކަން

5%

ބީލަމާއެކު ހުށަހެޅި ބޭންކް ސްޓޭޓުމަންޓާއި ބޭންކް ގެރެންޓީ ކުރެޑިޓް ފެސިލިޓީ ފަދަ ލިޔުންތަކުން ދަލީލުކޮށްދޭ ފައިސާގެ ޖުމުލަ އަދަދު

ހުށަހަޅާފައިވާ ބޭންކް ސްޓޭޓްމަންޓް

04 އޮކްޓޫބަރު 2016