އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
2 ޖަނަރޭޓަރ ސިޓީލާ ނީލަމުގައި ވިއްކާލުމަށް

އިޢުލާން

ސިޓީލާ ނީލަމުގައި 2 ޖަނަރޭޓަރ ވިއްކުމާބެހޭ

މިރަށު ރައްޔިތުންގެ އިންޖީނުގޭގައި ބޭނުންކޮށްފައިވާ ތިރީގައި މިދަންނަވާ 2 ޖަނަރޭޓަރ ސިޓީލާ ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ.

ނީލަން ނަންބަރު: 1

  • 1 ޖަނަރޭޓަރ (ޑޮއިސް BF6M1015  230KW)
  • ކްރޭންކް ބެއަރިންގ ހަލާކުވެފައި.
  • ނީލަންް ފެށޭ އަގު: -/50,000 ރުފިޔާ.
  • މަދުވެގެން ފަހަރަކު އިތުރުކުރެވޭ އަގު: -/1,000 ރުފިޔާ. 

ނީލަން ނަންބަރު: 2

  • 1 ޖަނަރޭޓަރ (ޑޮއިސް BF6M1015  184KW) 
  •  ޑައިނަމޯއިން ކަރަންޓް އުފައްދައި ނުދޭ.
  • ނީލަންް ފެށޭ އަގު: -/50,000 ރުފިޔާ.
  • މަދުވެގެން ފަހަރަކު އިތުރުކުރެވޭ އަގު: -/1,000 ރުފިޔާ. 

އިތުރު ތަފުސީލު

  • މުއްދަތު ހަމަވާ ތާރީޚު: 2016 އޮކްޓޫބަރު 23 ވާ އާދީއްތަދުވަހުގެ 13:00
  • ކޮންމެ ދުވަހެއްގެވެސް އެންމެ މަތީ އަގު މި އިދާރާގެ ނޯޓިސްބޯޑުންނާއި ރަސްމީ ފޭސްބުކް ޕޭޖް (secretariat of the mahibadhoo council) އިން ފެންނަން ހުންނާނެއެވެ.
  • ސިޓީ ހުށަހަޅާނީ ކޮންމެ ނީލަން ނަންބަރަކަށް ވަކި ސިޓީއެކެވެ. ހުށަހަޅާ ފަރާތަކަށް ގުޅޭނެ ފޯނު ނަންބަރުވެސް ސިޓީގައި ހިމަނަންވާނެއެވެ. އަދި ހުށަހަޅާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ސިޓީއާއެކު ހުށަހަޅަންވާނެއެވެ.
  • މަޢުލޫމާތު ފުރިހަމަވާ ސިޓީ، މި އިދާރާގެ ކައުންޓަރުންނާއި، އީމެއިލް މެދުވެރިކޮށް ހުށަހެޅުމުންވެސް ބަލައިގަނެވޭނެއެވެ.
  • ނީލަން ނިންމާލެވޭނީ، އަގަށް ބަދަލެއް ނައިސް، އެއް އަގެއްގައި ޖެހިޖެހިގެން 10 ދުވަހު (ބަންދު ދުވަސްތައް ހިމަނައިގެން) އޮތުމުންނެވެ.
  • ނީލަން ނިމުމުން އެންމެ މަތީ އަގު ހުށަހަޅާފައިވާ ފަރާތަކަށް ލިޔުމަކުން އެކަން އެންގޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް، ނަންބަރު: 9780006، 6680773 އަށް ގުޅުން އެދެމެވެ.

10 އޮކްޓޫބަރު 2016
ހޯދާ