ނީލަން
ނަންބަރު: (IUL)350-FB/350/2016/57
ޕަބްލިޝްކުރި ތާރީޚް: 10 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 14:12
ސުންގަޑި:
23 އޮކްޓޫބަރު 2016 13:00
އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2 ޖަނަރޭޓަރ ސިޓީލާ ނީލަމުގައި ވިއްކާލުމަށް
އިޢުލާން
ސިޓީލާ ނީލަމުގައި 2 ޖަނަރޭޓަރ ވިއްކުމާބެހޭ
މިރަށު ރައްޔިތުންގެ އިންޖީނުގޭގައި ބޭނުންކޮށްފައިވާ ތިރީގައި މިދަންނަވާ 2 ޖަނަރޭޓަރ ސިޓީލާ ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ.
ނީލަން ނަންބަރު: 1
- 1 ޖަނަރޭޓަރ (ޑޮއިސް BF6M1015 230KW)
- ކްރޭންކް ބެއަރިންގ ހަލާކުވެފައި.
- ނީލަންް ފެށޭ އަގު: -/50,000 ރުފިޔާ.
- މަދުވެގެން ފަހަރަކު އިތުރުކުރެވޭ އަގު: -/1,000 ރުފިޔާ.
ނީލަން ނަންބަރު: 2
- 1 ޖަނަރޭޓަރ (ޑޮއިސް BF6M1015 184KW)
- ޑައިނަމޯއިން ކަރަންޓް އުފައްދައި ނުދޭ.
- ނީލަންް ފެށޭ އަގު: -/50,000 ރުފިޔާ.
- މަދުވެގެން ފަހަރަކު އިތުރުކުރެވޭ އަގު: -/1,000 ރުފިޔާ.
އިތުރު ތަފުސީލު
- މުއްދަތު ހަމަވާ ތާރީޚު: 2016 އޮކްޓޫބަރު 23 ވާ އާދީއްތަދުވަހުގެ 13:00
- ކޮންމެ ދުވަހެއްގެވެސް އެންމެ މަތީ އަގު މި އިދާރާގެ ނޯޓިސްބޯޑުންނާއި ރަސްމީ ފޭސްބުކް ޕޭޖް (secretariat of the mahibadhoo council) އިން ފެންނަން ހުންނާނެއެވެ.
- ސިޓީ ހުށަހަޅާނީ ކޮންމެ ނީލަން ނަންބަރަކަށް ވަކި ސިޓީއެކެވެ. ހުށަހަޅާ ފަރާތަކަށް ގުޅޭނެ ފޯނު ނަންބަރުވެސް ސިޓީގައި ހިމަނަންވާނެއެވެ. އަދި ހުށަހަޅާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ސިޓީއާއެކު ހުށަހަޅަންވާނެއެވެ.
- މަޢުލޫމާތު ފުރިހަމަވާ ސިޓީ، މި އިދާރާގެ ކައުންޓަރުންނާއި، އީމެއިލް މެދުވެރިކޮށް ހުށަހެޅުމުންވެސް ބަލައިގަނެވޭނެއެވެ.
- ނީލަން ނިންމާލެވޭނީ، އަގަށް ބަދަލެއް ނައިސް، އެއް އަގެއްގައި ޖެހިޖެހިގެން 10 ދުވަހު (ބަންދު ދުވަސްތައް ހިމަނައިގެން) އޮތުމުންނެވެ.
- ނީލަން ނިމުމުން އެންމެ މަތީ އަގު ހުށަހަޅާފައިވާ ފަރާތަކަށް ލިޔުމަކުން އެކަން އެންގޭނެއެވެ.
އިތުރު މަޢުލޫމާތު ހޯދުމަށް، ނަންބަރު: 9780006، 6680773 އަށް ގުޅުން އެދެމެވެ.
10 އޮކްޓޫބަރު 2016