ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މޯލްޑިވިއަން ބްލަޑް ސަރވިސަސްގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާތަކަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލު މީހުންނެވެ.
މަޤާމު: |
މެޑިކަލް އޮފިސަރ |
||
ބޭނުންވާ އަދަދު: |
1 (އެކެއް) |
||
ޑިވިޜަން: |
ތެލެސީމިއާ އެންޑް އަދަރ ހިމޮގްލޯބިނޯޕަތީސް ސެންޓަރ |
||
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
1. ތެލަސީމިއާ އެންޑް އަދަރ ހިމޮގްލޯބިނޯޕަތީސް މީހުން/ ކުދިން އޯ.ޕީ.ޑީ ގައި ބެލުން. 2. ވޯޑުގައި ލޭގުޅައިގެން ތިބޭވަގުތު ލޭއެޅުމުގެ ސަބަބުން ދިމާވާ ޞިއްޙީ ހާލަތްތަކަށް ފަރުވާދިނުން. 3. ލޭއެޅުމަށް އަންނަ ތެލަސީމިއާ ކުދިންގެ ތެރެއިން އެހެނިހެން ބަލި ހުންނަ ކުދިން ލޭ ގުޅުމުގެ ކުރިން ބަލައި ޗެކުކުރުން. 4. ކުދިންގެ ފަރުވާއާބެހޭ މަޢުލޫމާތުތައް އެކުދިންގެ ބެލެނިވެރިންނަށް ރަނގަޅަށް އޮޅުންފިލުވައިދިނުން. 5. ބްލަޑް ބޭންކުގައި ޑޯނަރަށް ދިމާވާ ކުއްލިހާލަތަށް ފަރުވާދިނުން. 6. ތެލަސީމިއާ އެންޑް އަދަރ ހިމޮގްލޯބިނޯޕަތީސްއާއި ބްލަޑް ޑޮނޭޝަން އެވެއަރނަސް މެޓީރިއަލް ތައްޔާރުކުރުމާއި، އެވެއަރނަސްތައް ދިނުމާއި، ބްލަޑް ކޭމްޕް ދަތުރުތަކުގައި ބައިވެރިވުން. 7. އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން. |
މަޤާމުގެ ކްލެސިފިކޭޝަން |
ސިވިލް ސަރވިސްގެ ރޭންކް |
އަސާސީ ޝަރުޠު |
މަޤާމުގެ އަސާސީ މުސާރަ |
ސަރވިސް އެލަވަންސް |
ޖެނަރަލިސްޓް މެޑިކަލް ޕްރެކްޓީޝަނަރސް |
CS12-5 |
މެޑިކަލް އޮފިސަރ، ސީ. އެސް. 12-4 ގެ ގްރޭޑުގައި 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން. |
މަހަކު -/18،350 ރުފިޔާ |
މަހަކު -/6،150 ރުފިޔާ |
CS12-4
|
މެޑިކަލް އޮފިސަރ، ސީ. އެސް. 12-3 ގެ ގްރޭޑުގައި 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން. |
މަހަކު -/17،490 ރުފިޔާ |
މަހަކު -/6،150 ރުފިޔާ |
|
CS12-3 |
1. މޯލްޑިވްސް މެޑިކަލް ކައުންސިލުން ޤަބޫލުކުރާ ބޭސިކް މެޑިކަލް ޑިގްރީއެއް ހާސިލުކޮށްފައިވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލުން ޤަބޫލުކުރާ 1 އަހަރަށްވުރެ ކުރުނޫން އަދި 2 އަހަރަށްވުރެ ދިގުނޫން ޑިޕްލޮމާއެއް ފެމިލީ މެޑިސިން ނުވަތަ ޖެނެރަލް ޕްރެކްޓިޝަނަރ ދާއިރާއިން ހާސިލުކޮށްފައި ވުމާއެކު، މެޑިކަލް އޮފިސަރ، ސީއެސް 12-2 ގްރޭޑުގައި 1 އަހަރުދުވަހު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން %85 އިން މަތިން މާކްސް ހޯދާފައިވުން. 2. މެޑިކަލް އޮފިސަރ، ސީ އެސް 12-2 ގްރޭޑްގައި 2 އަހަރުދުވަހު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން. |
މަހަކު -/16،630 ރުފިޔާ |
މަހަކު -/6،150 ރުފިޔާ |
|
CS12-2 |
1. މޯލްޑިވްސް މެޑިކަލް ކައުންސިލުން ޤަބޫލުކުރާ ބޭސިކް މެޑިކަލް ޑިގްރީއެއް ހާސިލުކޮށްފައިވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލުން ޤަބޫލުކުރާ ޓީޗިންގ ހޮސްޕިޓަލެއްގައި 1 އަހަރުދުވަހުގެ އިންޓަރންޝިޕް ފުރިހަމަ ކޮށްފައިވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލުގައި ރަޖިސްޓަރީކޮށް ޕްރެކްޓިސް ކުރުމުގެ ހުއްދަ ލިބިފައިވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލުން ޤަބޫލުކުރާ 1 އަހަރަށްވުރެ ކުރުނޫން އަދި 2 އަހަރަށްވުރެ ދިގުނޫން ޑިޕްލޮމާއެއް ފެމިލީ މެޑިސިން ނުވަތަ ޖެނެރަލް ޕްރެކްޓިޝަނަރ ދާއިރާއިން ހާސިލުކޮށްފައިވުން. 2. މެޑިކަލް އޮފިސަރ، ސީ އެސް 12-1 ގްރޭޑްގައި 2 އަހަރުދުވަހު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން. |
މަހަކު -/15,850 ރުފިޔާ |
މަހަކު -/6،150 ރުފިޔާ |
|
CS12-1 |
މޯލްޑިވްސް މެޑިކަލް ކައުންސިލުން ޤަބޫލުކުރާ ބޭސިކް މެޑިކަލް ޑިގްރީއެއް ހާސިލުކޮށްފައިވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލް ޤަބޫލްކުރާ ޓީޗިންގ ހޮސްޕިޓަލެއްގައި 1 އަހަރުދުވަހުގެ އިންޓަރންޝިޕް ފުރިހަމަކޮށްފައި ވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލްގައި ރަޖިސްޓަރީކޮށް ޕްރެކްޓިސް ކުރުމުގެ ހުއްދަ ލިބިފައިވުން. |
މަހަކު -/15,090 ރުފިޔާ |
މަހަކު -/6،150 ރުފިޔާ |
މަޤާމު: |
ސީނިއަރ ރެޖިސްޓަރޑް ނަރސް |
||||
ބޭނުންވާ އަދަދު |
2 |
މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1 |
ރޭންކް: MS2 |
||
މުސާރަ |
މަހަކު -/6295 ރުފިޔާ |
||||
ސަރވިސް އެލަވަންސް |
މަހަކު -/2500 ރުފިޔާ |
||||
ޑިވިޜަން |
ނާރސިންގ |
||||
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް |
|
||||
ތަޢުލީމާއި ތަޖުރިބާ |
1- ސަރުކާރު ޤަބޫލުކުރާ އިންސްޓިޓިއުޓަކުން ނަރސިންގ ޑިގްރީއެއް ހާސިލުކުރުމަށްފަހު 2 އަހަރުދުވަހު ރަޖިސްޑަރޑް ނަރސްއެއްގެ ގޮތުގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން. ނުވަތަ 2- ރަޖިސްޓަރޑް ނަރސްއެއްގެ ގޮތުގައި 4 އަހަރުދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން. އަދި،
|
||||
މަޤާމު: |
ރަޖިސްޓަރޑް ނަރސް |
||||
ބޭނުންވާ އަދަދު |
2 |
މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1 |
ރޭންކް: MS1 |
||
މުސާރަ |
މަހަކު -/5610 ރުފިޔާ |
||||
ސަރވިސް އެލަވަންސް |
މަހަކު -/2500 ރުފިޔާ |
||||
ޑިވިޜަން |
ނާރސިންގ |
||||
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް |
|
||||
ތަޢުލީމާއި ތަޖުރިބާ |
ނާރސިންގގެ ދާއިރާއިން އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ދިވެހިރާއްޖޭގެ ނަރސިންގ ކައުންސިލުގައި ރަޖިސްޓަރީ ވެފައިވުން. |
||||
މަޤާމު: |
ލެބޯޓްރީ ޓެކްނޮލޮޖިސްޓް |
||||
ބޭނުންވާ އަދަދު |
1 |
މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1 |
ރޭންކް: MS1 |
||
މުސާރަ |
މަހަކު -/5610 ރުފިޔާ |
||||
ސަރވިސް އެލަވަންސް |
މަހަކު -/2500 ރުފިޔާ |
||||
ޑިވިޜަން |
ލެބޯޓްރީ |
||||
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް |
|
||||
ތަޢުލީމާއި ތަޖުރިބާ: |
ލެބޯޓްރީގެ ދާއިރާއިން އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. |
||||
ހުށަހަޅަންޖެހޭ ލިޔުންތައް: |
1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.) 2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން. 3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) 3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ލައިސެންސާއި ރަޖިސްޓްރޭޝަން. 4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. 5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް) 6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ) |
||||
މީހުން ހޮވުމުގައި ބަލާނެ ކަންކަން: |
- މީހުންނާ ރަނގަޅަށް މުޢާމަލާތްކުރަން އެނގުން. - ކޮމްޕިއުޓަރަށް އަހުލުވެރިވާ މިންވަރު. - އިނގިރޭސިބަހުގެ ފެންވަރު. - މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރަން އެނގުން / މަސައްކަތް ރާވައި ހިންގުމުގެ ޤާބިލުކަން ހުރުން. - ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނު. - މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ - ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން. |
||||
ޢިނާޔަތްތައް: |
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ. - ރަމަޟާންމަހުގެ ޢިނާޔަތް. - ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް. - ޑިއުޓީ އުސޫލުން މަސައްކަތްކުރަންޖެހޭނަމަ، ކަނޑައެޅިފައިވާ އުސޫލުން ޑިއުޓީ އެލަވަންސް. |
||||
ސުންގަޑި |
2016 އޮކްޓޫބަރު 18 ވަނަ ދުވަހުގެ 14:00 ގެ ކުރިން، މޯލްޑިވިއަން ބްލަޑް ސަރވިސަސް. |
||||
އިންޓަވިއު އޮންނާނެ ތާރީޚާއި ތަން: |
2016 ވަނަ އަހަރުދުވަހުގެ ނޮވެންބަރުމަހުގެ ތެރޭގައި، މޯލްޑިވިއަން ބްލަޑް ސަރވިސަސް (މަޖީދީމަގު) ގައި. ނޯޓު: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެން 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
||||
އިތުރު މަޢުލޫމާތު: |
މަޢުލޫމާތު ސާފުކުރަން ގުޅާނީ، 3333886 ނަންބަރު ފޯނަށެވެ. |
||||
3 މުޙައްރަމް 1438 |