ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)449/1/2016/2
ޕަބްލިޝްކުރި ތާރީޚް: 04 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 17:01
ސުންގަޑި: 18 އޮކްޓޫބަރު 2016 14:00
މޯލްޑިވިއަން ބްލަޑް ސަރވިސަސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މޯލްޑިވިއަން ބްލަޑް ސަރވިސަސްގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާތަކަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލު މީހުންނެވެ.

މަޤާމު:

މެޑިކަލް އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

ޑިވިޜަން:

ތެލެސީމިއާ އެންޑް އަދަރ ހިމޮގްލޯބިނޯޕަތީސް ސެންޓަރ

 

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. ތެލަސީމިއާ އެންޑް އަދަރ ހިމޮގްލޯބިނޯޕަތީސް މީހުން/ ކުދިން އޯ.ޕީ.ޑީ ގައި ބެލުން.

2. ވޯޑުގައި ލޭގުޅައިގެން ތިބޭވަގުތު ލޭއެޅުމުގެ ސަބަބުން ދިމާވާ ޞިއްޙީ ހާލަތްތަކަށް ފަރުވާދިނުން.

3. ލޭއެޅުމަށް އަންނަ ތެލަސީމިއާ ކުދިންގެ ތެރެއިން އެހެނިހެން ބަލި ހުންނަ ކުދިން ލޭ ގުޅުމުގެ ކުރިން ބަލައި ޗެކުކުރުން.

4. ކުދިންގެ ފަރުވާއާބެހޭ މަޢުލޫމާތުތައް އެކުދިންގެ ބެލެނިވެރިންނަށް ރަނގަޅަށް އޮޅުންފިލުވައިދިނުން.

5. ބްލަޑް ބޭންކުގައި ޑޯނަރަށް ދިމާވާ ކުއްލިހާލަތަށް ފަރުވާދިނުން.

6. ތެލަސީމިއާ އެންޑް އަދަރ ހިމޮގްލޯބިނޯޕަތީސްއާއި ބްލަޑް ޑޮނޭޝަން އެވެއަރނަސް މެޓީރިއަލް ތައްޔާރުކުރުމާއި، އެވެއަރނަސްތައް ދިނުމާއި، ބްލަޑް ކޭމްޕް ދަތުރުތަކުގައި ބައިވެރިވުން.

7. އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

މަޤާމުގެ ކްލެސިފިކޭޝަން

ސިވިލް ސަރވިސްގެ ރޭންކް

އަސާސީ ޝަރުޠު

މަޤާމުގެ އަސާސީ މުސާރަ

ސަރވިސް އެލަވަންސް

ޖެނަރަލިސްޓް މެޑިކަލް ޕްރެކްޓީޝަނަރސް

CS12-5

މެޑިކަލް އޮފިސަރ، ސީ. އެސް. 12-4 ގެ ގްރޭޑުގައި 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން.

މަހަކު -/18،350 ރުފިޔާ

މަހަކު -/6،150 ރުފިޔާ

CS12-4

 

މެޑިކަލް އޮފިސަރ، ސީ. އެސް. 12-3 ގެ ގްރޭޑުގައި 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން.

މަހަކު -/17،490 ރުފިޔާ

މަހަކު -/6،150 ރުފިޔާ

CS12-3

1. މޯލްޑިވްސް މެޑިކަލް ކައުންސިލުން ޤަބޫލުކުރާ ބޭސިކް މެޑިކަލް ޑިގްރީއެއް ހާސިލުކޮށްފައިވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލުން ޤަބޫލުކުރާ 1 އަހަރަށްވުރެ ކުރުނޫން އަދި 2 އަހަރަށްވުރެ ދިގުނޫން ޑިޕްލޮމާއެއް ފެމިލީ މެޑިސިން ނުވަތަ ޖެނެރަލް ޕްރެކްޓިޝަނަރ ދާއިރާއިން ހާސިލުކޮށްފައި ވުމާއެކު، މެޑިކަލް އޮފިސަރ، ސީއެސް   12-2 ގްރޭޑުގައި 1 އަހަރުދުވަހު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން %85 އިން މަތިން މާކްސް ހޯދާފައިވުން.

2. މެޑިކަލް އޮފިސަރ، ސީ އެސް 12-2 ގްރޭޑްގައި 2 އަހަރުދުވަހު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން.

މަހަކު -/16،630 ރުފިޔާ

މަހަކު -/6،150 ރުފިޔާ

CS12-2

1. މޯލްޑިވްސް މެޑިކަލް ކައުންސިލުން ޤަބޫލުކުރާ ބޭސިކް މެޑިކަލް ޑިގްރީއެއް ހާސިލުކޮށްފައިވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލުން ޤަބޫލުކުރާ ޓީޗިންގ ހޮސްޕިޓަލެއްގައި 1 އަހަރުދުވަހުގެ އިންޓަރންޝިޕް ފުރިހަމަ ކޮށްފައިވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލުގައި ރަޖިސްޓަރީކޮށް ޕްރެކްޓިސް ކުރުމުގެ ހުއްދަ ލިބިފައިވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލުން ޤަބޫލުކުރާ 1 އަހަރަށްވުރެ ކުރުނޫން އަދި 2 އަހަރަށްވުރެ ދިގުނޫން ޑިޕްލޮމާއެއް ފެމިލީ މެޑިސިން ނުވަތަ ޖެނެރަލް ޕްރެކްޓިޝަނަރ ދާއިރާއިން ހާސިލުކޮށްފައިވުން.

2. މެޑިކަލް އޮފިސަރ، ސީ އެސް 12-1 ގްރޭޑްގައި 2 އަހަރުދުވަހު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން.

މަހަކު -/15,850 ރުފިޔާ

މަހަކު -/6،150 ރުފިޔާ

CS12-1

މޯލްޑިވްސް މެޑިކަލް ކައުންސިލުން ޤަބޫލުކުރާ ބޭސިކް މެޑިކަލް ޑިގްރީއެއް ހާސިލުކޮށްފައިވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލް ޤަބޫލްކުރާ ޓީޗިންގ ހޮސްޕިޓަލެއްގައި 1 އަހަރުދުވަހުގެ އިންޓަރންޝިޕް ފުރިހަމަކޮށްފައި ވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލްގައި ރަޖިސްޓަރީކޮށް ޕްރެކްޓިސް ކުރުމުގެ ހުއްދަ ލިބިފައިވުން.

މަހަކު -/15,090 ރުފިޔާ

މަހަކު -/6،150 ރުފިޔާ

މަޤާމު:

ސީނިއަރ ރެޖިސްޓަރޑް ނަރސް

ބޭނުންވާ އަދަދު

2

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް:  MS2

މުސާރަ

މަހަކު -/6295 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2500 ރުފިޔާ

ޑިވިޜަން

ނާރސިންގ

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ޑޯނަރުންގެ ގައިން ރައްކާތެރިކަމާއެކު ލޭނެގުމާއި ޑޯނަރ ކެއަރ ރަނގަޅަށް ދިނުން.
  2. ބްލަޑް ބޭންކަށް ބޭނުންވާ އެންމެހައި ތަކެތި މަދުނުވާނެހެން ލިބިފައިވޭތޯ ބެލުމާއި ހަލާކުވެފައިވާ އެއްޗެއްވާނަމަ ސުޕަވައިޒަރަށް އެންގުން.
  3. ބްލަޑް ކޭމްޕްތަކުގައި ބައިވެރިވެ އަދި ކޭމްޕަށް ގެންދަން ބޭނުންވާ އެންމެހައި ތަކެތި ތައްޔާރުކުރުން.
  4. ނަރުހުންގެ ފެންވަރު ރަނގަޅުކުރުމަށް ޕްރޮގްރާމް ހިންގުން.
  5. ބަލިމީހުންނަށް ބޭނުންކުރުމަށް ބެހެއްޓިފައި ހުންނަ ބޭސް، އިންޖެކްޝަން އައި.ވީ ފުޅިތަކަކީ މުއްދަތު ހަމަނުވާ ތަކެތިކަމުގައި ޔަޤީންކުރުން.
  6. ވޯޑަށް ބޭނުންވާ އެންމެހައި ތަކެތި މަދުނުވާނެހެން ހޯދައިފައި ބެހެއްޓުން.
  7. ލޭގުޅައިގެން ތިބޭ ކުދިން މޮނިޓަރ ކުރުން، ބައިގަޑިއިރުން ހުން ބެލުން. އަދި ލޭގުޅުމާ ގުޅިގެން ކުއްޖާއަށް އަންނަ އެއްވެސް ބަދަލެއް އާދޭތޯ ބަލައި، ކަނޑައެޅިފައިވާ ވަގުތުގައި ލޭއަޅައި ނިންމުން
  8. ތެލެސީމިއާއަށް ހޭލުންތެރިކުރުމަށް ކުރެވޭ ހުރިހާ ޕްރޮގްރާމްތަކުގައި ބައިވެރިވުން.

ތަޢުލީމާއި ތަޖުރިބާ

1- ސަރުކާރު ޤަބޫލުކުރާ އިންސްޓިޓިއުޓަކުން ނަރސިންގ ޑިގްރީއެއް ހާސިލުކުރުމަށްފަހު 2 އަހަރުދުވަހު ރަޖިސްޑަރޑް ނަރސްއެއްގެ ގޮތުގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2- ރަޖިސްޓަރޑް ނަރސްއެއްގެ ގޮތުގައި 4 އަހަރުދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން. އަދި،

  • ޕަރފޯމަންސް އެޕްރައިސަލްގެ ވޭތުވެދިޔަ 4 އަހަރުދުވަހުގެ އެވްރެޖް %80 ވުރެ މަތި ހާސިލުކޮށްފައިވުން. އަދި،
  • މަސައްކަތުގެ ޒިންމާ އުފުލަން އެނގުމާއެކު، ގަވާއިދުތަކަށް ފަރުވާ ބެހެއްޓުން. އަދި
  • އަޚުލާޤީ (ޑިސިޕްލިން) އަދި މެޑިކަލް ނެގްލިޖެންސްގެ އެއްވެސް މައްސަލައެއް ވޭތުވެ ދިޔަ 3 އަހަރުދުވަހުގެ ތެރޭގައި ރެކޯޑު ކުރެވިފައި ނެތުން.

މަޤާމު:

ރަޖިސްޓަރޑް ނަރސް

ބޭނުންވާ އަދަދު

2

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް:  MS1

މުސާރަ

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2500 ރުފިޔާ

ޑިވިޜަން

ނާރސިންގ

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ޑޯނަރުން ގައިން ރައްކާތެރިކަމާއެކު ލޭ ނެގުމާއި، ޑޯނަރ ކެއަރ ރަނގަޅަށް ދިނުން.
  2. ލޭ ގުޅައިދިނުމާއި ޑެސްފަރޯލް ގުޅައިދިނުމާއި، ޑޮކްޓަރު އަންގަވާ ގޮތެއްގެ މަތިން ކުދިންގެ ޓެމްޕަރޭޗަރ ނެގުމާއި، ޕޭޝަންޓް ކެއަރ ރަނގަޅަށް ދިނުން.
  3. ވޯޑުގައި ދޭންޖެހޭ ފަރުވާއާބެހޭ ހުރިހާ ކަމެއް ނާރސިންގ ސްޕަވައިޒަރ އަންގަވާ ގޮތެއްގެ މަތިން ކުރުން.
  4. ބްލަޑް ކޭމްޕް އަދި ތެލެސީމިއާއަށް ހޭލުންތެރިކުރުމުގެ ދަތުރުތަކުގައި ބައިވެރިވުން.
  5. އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

ތަޢުލީމާއި ތަޖުރިބާ

ނާރސިންގގެ ދާއިރާއިން އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ދިވެހިރާއްޖޭގެ ނަރސިންގ ކައުންސިލުގައި ރަޖިސްޓަރީ ވެފައިވުން.

މަޤާމު:

ލެބޯޓްރީ ޓެކްނޮލޮޖިސްޓް

ބޭނުންވާ އަދަދު

1

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް:  MS1

މުސާރަ

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2500 ރުފިޔާ

ޑިވިޜަން

ލެބޯޓްރީ

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ތެލެސީމިއާ ސްކްރީން ކުރުމަށް އަންނަ ފަރާތްތައް ރަޖިސްޓަރީކޮށް ބްލަޑް ސާމްޕަލްތައް ނެގުން.
  2. ތެލެސީމިއާ ސްކްރީންކުރުމާއި ޑައިގްނޯސިސް ކުރުމުގެ ހުރިހާ މަސައްކަތެއް ކުރުން.
  3. ތެލެސީމިއާ ސްކްރީންކުރާ ފަރާތްތަކުގެ ރިޕޯޓްތައް ތައްޔާރުކޮށް ނަތީޖާ ދޫކުރުން.
  4. ތެލެސީމިއާއަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކުގައި ބައިވެރިވެ އެހީތެރިވެދިނުން.
  5. ޑޯނަރުންނާއި ޕޭޝަންޓުންގެ އެންޓިބޮޑީ ސްކްރީންކުރުމާއި ރިޕޯޓް ތައްޔާރުކުރުން.
  6. ލޭ ބޭނުންވާ ފަރާތްތަކަށް މެދުނުކެނޑި ލޭ ފޯރުކޮށްދިނުމަށްޓަކައި ބޭނުންވާ ލޭ ހޯދުމަށްޓަކައި ހިންގޭ ބްލަޑް ކޭމްޕްތަކުގައި ބައިވެރިވުން.
  7. ޕޭޝަންޓުންގެ ކްރޮސް މެޗް ހަދައި ރިޕޯޓް ތައްޔާރުކުރުން.
  8. ޓީ.ޓީ.އައި ސްކްރީނާއި އެންޓިބޮޑީ ސްކްރީނިންގްއާއި ކްރޮސްމެޗުގެ ރިޕޯޓްތައް ފައިލްކޮށް ބެލެހެއްޓުން.
  9. ލެބޯޓްރީއަށް އަލަށް ބޭނުންވާ ޕްރޮޓޮކޯލްތަކާއި، ގައިޑްލައިންތަކާއި، އެސް.އޯ.ޕީތައް ލިޔެ ތައްޔާރުކުރުމުގައި އެހީތެރިވެދިނުން.

ތަޢުލީމާއި ތަޖުރިބާ:

ލެބޯޓްރީގެ ދާއިރާއިން އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.) 

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ،  އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ލައިސެންސާއި ރަޖިސްޓްރޭޝަން.

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް)

6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

މީހުން ހޮވުމުގައި ބަލާނެ ކަންކަން:

- މީހުންނާ ރަނގަޅަށް މުޢާމަލާތްކުރަން އެނގުން.

- ކޮމްޕިއުޓަރަށް އަހުލުވެރިވާ މިންވަރު.

- އިނގިރޭސިބަހުގެ ފެންވަރު.

- މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރަން އެނގުން / މަސައްކަތް ރާވައި ހިންގުމުގެ ޤާބިލުކަން ހުރުން.

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނު.

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ

- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

ޢިނާޔަތްތައް:

- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

- ރަމަޟާންމަހުގެ ޢިނާޔަތް.

- ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް.

- ޑިއުޓީ އުސޫލުން މަސައްކަތްކުރަންޖެހޭނަމަ، ކަނޑައެޅިފައިވާ އުސޫލުން ޑިއުޓީ އެލަވަންސް.

ސުންގަޑި

2016 އޮކްޓޫބަރު 18 ވަނަ ދުވަހުގެ 14:00 ގެ ކުރިން، މޯލްޑިވިއަން ބްލަޑް ސަރވިސަސް.

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:

2016 ވަނަ އަހަރުދުވަހުގެ ނޮވެންބަރުމަހުގެ ތެރޭގައި، މޯލްޑިވިއަން ބްލަޑް ސަރވިސަސް (މަޖީދީމަގު) ގައި.

ނޯޓު: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެން 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރަން ގުޅާނީ، 3333886 ނަންބަރު ފޯނަށެވެ.

 3 މުޙައްރަމް 1438
04 އޮކްޓޫބަރު 2016