އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
މޮނިޓަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު

ތިރީގައި މިދަންނަވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

Description

Qty

LED – Backlit LCD Monitor

24”

Widescreen – 16:9

1920 x 1080

1080p (full HD)

Widescreen

VGA.DVI

Mountable

Display Type  

Viewable Size

Aspect Ratio

Native Resolution

Video Format

Wide Screen

Input Signal

Wyse (T10)      

50

ހުށަހަޅަންޖެހޭ ތަކެތި

  • އަންދާސީހިސާބު
  • ސަޕްލައިކޮށްދެވޭނެ އަގު
  • ހުށަހަޅާފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 60 ދުވަހަށް ވާންވާނެއެވެ.
  • ސަޕްލައިކޮށްދެވޭނެ މުއްދަތު - ޑެލިވަރީ
  • ކުންފުނީގެ މަޢުލޫމާތު
  • ކުންފުނީގެ ޕްރޮފައިލް (ފުރިހަމަ އެޑްރެސް، ފޯނު، ފެކްސް އަދި އީމެލް އެޑްރެސް ހިމަނަންވާނެއެވެ.)
  • ކުންފުނީގެ ރަޖިސްޓްރޭޝަނުގެ ކޮޕީ
  • ޖީ އެސް ޓީ ރަޖިސްޓްރޭޝަނުގެ ކޮޕީ
  • މަސައްކަތުގެ ތަޖުރިބާގެ ލިޔުން (ޖަނަވަރީ 2015 އިން ފެށިގެން ޖުލައި 2016ގެ ނިޔަލަށް މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ އެ މަސައްކަތް ކުރުވި ފަރާތުން ދީފައިވާ ލިޔުން) ހުށަހަޅަންވާނެއެވެ.
  • ވޭތުވެދިޔަ ތިން މަސްދުވަހުގެ (މޭ 2016 އިން ޖުލައި 2016 އަށް) އޮރިޖިނަލް ބޭންކް ސްޓޭޓްމަންޓް (ބޭންކުގެ ތައްގަނޑު ޖަހާފައިވާ) 2014 ވަނަ އަހަރުގެ ނުވަތަ 2015 ވަނަ އަހަރުގެ އޯޑިޓް ރިޕޯޓު (އިންޑިޕެންޑެންޓް އޮޑިޓަރެއް އެކުލަވައިލާފައިވާ) ހުށަހަޅަންވާނެއެވެ.

ޓެކްނިކަލްގޮތުން ޤަބޫލުކުރެވޭ ޕްރޮޕޯޒަލްތައް އިވެލުއޭޓް ކުރެވޭ ގޮތުގެ ތަފުސީލު

#

ކެޓެގަރީ

މާކްސް

މާކްސް ދެވޭ އުސޫލު

1

އަގު

75

އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށް ގިނަ މާކްސް ލިބޭ ގޮތަށް ފްރެކްޝަން އުސޫލުން

2

ތަޖުރިބާ

10

މަސައްކަތާ ގުޅުންހުރި 1 ލިޔުމަށް – 2.5 މާކްސް

މަސައްކަތާ ގުޅުންހުރި 2 ލިޔުމަށް – 5 މާކްސް

މަސައްކަތާ ގުޅުންހުރި 3 ލިޔުމަށް – 10 މާކްސް

3

މުއްދަތު

5

އެންމެ ކުރު މުއްދަތު ހުށަހަޅާ ފަރާތަށް ގިނަ މާކްސް ލިބޭގޮތަށް ފްރެކްޝަން އުސޫލުން

4

މާލީހާލަތު

10

ހުށަހަޅާފައިވާ ބޭންކް ސްޓޭޓްމަންޓް/ އޮޑިޓް ރިޕޯޓަށް ބަލާފައި

އަންދާސީހިސާބު ހުށަހަޅާނެ ގޮތް

  • އައި.ޖީ.އެމް ހޮސްޕިޓަލުގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓް
  • އައި.ޖީ.އެމް. ހޮސްޕިޓަަލަށް 50 މޮނިޓަރ ސަޕްލައިކޮށްދިނުމާގުޅޭ އިޢުލާނުކަމާއި، އިޢުލާން ނަންބަރު ޖަހާފައި އޮންނަންވާނެއެވެ.

ބީލަން ހުށަހެޅުން

ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ 2016 އޮކްޓޫބަރު 10 ވަނަ ދުަވަހުގެ 13:00 ގައި އައި.ޖީ.އެމް ހޮސްޕިޓަލުގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓުގައެވެ. އަދި ބިޑުތައް ހުޅުވާނީ އެ ފަރާތްތަކުގެ ހާޒިރުގައެވެ.

ބީލަން ބާޠިލުކުރެވިދާނެ ގޮތްތައް

1- ހުށަހަޅާފައިވާ މަޢުލޫމާތުގައި ޙަޤީޤަތާއި ޚިލާފު މަޢުލޫމާތު ހިމަނައިފައިވުން.

2- މަޢުލޫމާތު ފުރިހަމަނުވުން. (މަސައްކަތުގެ ރިކުއަޔަރމަންޓަށް ނުފެތޭ ނުވަތަ ސްޕެސިފިކޭޝަން ފުރިހަމަނުވުން.)

3- ޚިދުމަތް ދޭ ފަރާތާއި، ތިމާގެކަމުގެ ނުވަތަ ވިޔަފާރިގެ އެއްވެސް ގުޅުމެއް، މިތަނުގެ ވެރިޔަކާ އޮވެ އެކަމުގެ ސާފު މަޢުލޫމާތު ހުށަހަޅައިފައިނުވުން.

ނޯޓު: މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3335349 / 3335254 އަށް ނުވަތަ އީމެއިލް ކުރައްވާނީ [email protected] އަށެވެ.

4 މުޙައްރަމް 1438

06 އޮކްޓޫބަރު 2016
ހޯދާ