ދިވެހިރާއްޖެ
އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު
ތިރީގައި މިދަންނަވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.
Description |
Qty |
|
LED – Backlit LCD Monitor 24” Widescreen – 16:9 1920 x 1080 1080p (full HD) Widescreen VGA.DVI Mountable |
Display Type Viewable Size Aspect Ratio Native Resolution Video Format Wide Screen Input Signal Wyse (T10) |
50 |
ހުށަހަޅަންޖެހޭ ތަކެތި
- އަންދާސީހިސާބު
- ސަޕްލައިކޮށްދެވޭނެ އަގު
- ހުށަހަޅާފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 60 ދުވަހަށް ވާންވާނެއެވެ.
- ސަޕްލައިކޮށްދެވޭނެ މުއްދަތު - ޑެލިވަރީ
- ކުންފުނީގެ މަޢުލޫމާތު
- ކުންފުނީގެ ޕްރޮފައިލް (ފުރިހަމަ އެޑްރެސް، ފޯނު، ފެކްސް އަދި އީމެލް އެޑްރެސް ހިމަނަންވާނެއެވެ.)
- ކުންފުނީގެ ރަޖިސްޓްރޭޝަނުގެ ކޮޕީ
- ޖީ އެސް ޓީ ރަޖިސްޓްރޭޝަނުގެ ކޮޕީ
- މަސައްކަތުގެ ތަޖުރިބާގެ ލިޔުން (ޖަނަވަރީ 2015 އިން ފެށިގެން ޖުލައި 2016ގެ ނިޔަލަށް މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ އެ މަސައްކަތް ކުރުވި ފަރާތުން ދީފައިވާ ލިޔުން) ހުށަހަޅަންވާނެއެވެ.
- ވޭތުވެދިޔަ ތިން މަސްދުވަހުގެ (މޭ 2016 އިން ޖުލައި 2016 އަށް) އޮރިޖިނަލް ބޭންކް ސްޓޭޓްމަންޓް (ބޭންކުގެ ތައްގަނޑު ޖަހާފައިވާ) 2014 ވަނަ އަހަރުގެ ނުވަތަ 2015 ވަނަ އަހަރުގެ އޯޑިޓް ރިޕޯޓު (އިންޑިޕެންޑެންޓް އޮޑިޓަރެއް އެކުލަވައިލާފައިވާ) ހުށަހަޅަންވާނެއެވެ.
ޓެކްނިކަލްގޮތުން ޤަބޫލުކުރެވޭ ޕްރޮޕޯޒަލްތައް އިވެލުއޭޓް ކުރެވޭ ގޮތުގެ ތަފުސީލު
# |
ކެޓެގަރީ |
މާކްސް |
މާކްސް ދެވޭ އުސޫލު |
1 |
އަގު |
75 |
އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށް ގިނަ މާކްސް ލިބޭ ގޮތަށް ފްރެކްޝަން އުސޫލުން |
2 |
ތަޖުރިބާ |
10 |
މަސައްކަތާ ގުޅުންހުރި 1 ލިޔުމަށް – 2.5 މާކްސް މަސައްކަތާ ގުޅުންހުރި 2 ލިޔުމަށް – 5 މާކްސް މަސައްކަތާ ގުޅުންހުރި 3 ލިޔުމަށް – 10 މާކްސް |
3 |
މުއްދަތު |
5 |
އެންމެ ކުރު މުއްދަތު ހުށަހަޅާ ފަރާތަށް ގިނަ މާކްސް ލިބޭގޮތަށް ފްރެކްޝަން އުސޫލުން |
4 |
މާލީހާލަތު |
10 |
ހުށަހަޅާފައިވާ ބޭންކް ސްޓޭޓްމަންޓް/ އޮޑިޓް ރިޕޯޓަށް ބަލާފައި |
އަންދާސީހިސާބު ހުށަހަޅާނެ ގޮތް
- އައި.ޖީ.އެމް ހޮސްޕިޓަލުގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓް
- އައި.ޖީ.އެމް. ހޮސްޕިޓަަލަށް 50 މޮނިޓަރ ސަޕްލައިކޮށްދިނުމާގުޅޭ އިޢުލާނުކަމާއި، އިޢުލާން ނަންބަރު ޖަހާފައި އޮންނަންވާނެއެވެ.
ބީލަން ހުށަހެޅުން
ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ 2016 އޮކްޓޫބަރު 10 ވަނަ ދުަވަހުގެ 13:00 ގައި އައި.ޖީ.އެމް ހޮސްޕިޓަލުގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓުގައެވެ. އަދި ބިޑުތައް ހުޅުވާނީ އެ ފަރާތްތަކުގެ ހާޒިރުގައެވެ.
ބީލަން ބާޠިލުކުރެވިދާނެ ގޮތްތައް
1- ހުށަހަޅާފައިވާ މަޢުލޫމާތުގައި ޙަޤީޤަތާއި ޚިލާފު މަޢުލޫމާތު ހިމަނައިފައިވުން.
2- މަޢުލޫމާތު ފުރިހަމަނުވުން. (މަސައްކަތުގެ ރިކުއަޔަރމަންޓަށް ނުފެތޭ ނުވަތަ ސްޕެސިފިކޭޝަން ފުރިހަމަނުވުން.)
3- ޚިދުމަތް ދޭ ފަރާތާއި، ތިމާގެކަމުގެ ނުވަތަ ވިޔަފާރިގެ އެއްވެސް ގުޅުމެއް، މިތަނުގެ ވެރިޔަކާ އޮވެ އެކަމުގެ ސާފު މަޢުލޫމާތު ހުށަހަޅައިފައިނުވުން.
ނޯޓު: މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3335349 / 3335254 އަށް ނުވަތަ އީމެއިލް ކުރައްވާނީ [email protected] އަށެވެ.
4 މުޙައްރަމް 1438