ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
ޑްރައިވަރެއްގެ މަޤާމަށް މީހަކު ހޯދުމަށްޓަކައި 14 ޖަނަވަރީ 2016 ގައި މި ކޯޓުން ކޮށްފައިވާ 146A1/2016/13 ނަންބަރުގެ އިޢުލާން ބާޠިލުކޮށް، އެ މަޤާމަށް މީހަކު ހޯދުމަށްޓަކައި އަލުން އިޢުލާން ކުރަމެވެ.
| 
 މަޤާމް:  | 
 ޑްރައިވަރ  | 
| 
 ބޭނުންވާ އަދަދު:  | 
 1 (އެކެއް)  | 
| 
 މަޤާމުގެ ކްލެސިފިކޭޝަން:  | 
 ސަޕޯޓް ސްޓާފް 2  | 
| 
 މަޤާމުގެ ރޭންކް:  | 
 އެސް. އެސް. 2  | 
| 
 މަޤާމުގެ އަސާސީ މުސާރަ:  | 
 މަހަކު -/3،470 ރުފިޔާ  | 
| 
 މަސައްކަތް ކުރަންޖެހޭ ތަނާއި ސެކްޝަން:  | 
 ފެމިލީ ކޯޓު / އިސް ޤާޟީ ބިޔުރޯ  | 
| 
 
 އެލަވަންސްތަކާއި ޢިނާޔަތްތައް:  | 
 - ސަރވިސް އެލަވަންސް: މަހަކު -/1،000 ރުފިޔާ. - ލިވިންގ އެލަވަންސް: މަހަކު -/2،700 ރުފިޔާ. - ޖުޑީޝަލް އެލަވަންސް: ޖުޑީޝަލް އެލަވަންސްގެގޮތުގައި އަސާސީ މުސާރައިގެ %40 (މަހަކު) - އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ.  | 
| 
 
 މަޤާމުގެ އަސާސީ ޝަރުޠު:  | 
 - ލިޔަންކިޔަން ދަތުމާއެކު، މަސައްކަތަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް/ހުއްދައެއް/ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛ - މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، އެސް. އެސް. 1 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.  | 
| 
 
 
 
 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:  | 
 - މި ކޯޓުގެ ފަނޑިޔާރުންގެ ރަސްމީ ދަތުރުތައް ރަސްމީ ގަޑީގައާއި ނުރަސްމީ ގަޑީގައި ކުރުން. - ހަވާލުކުރެވިފައިވާ ކާރު ދޮވެ ސާފުކޮށް ބެލެހެއްޓުމާއި، ގަވައިދުން ކާރު ސަރވިސްކުރުން. - ހަވާލުކުރެވިފައިވާ ކާރަށް އެއްވެސް ގެއްލުމެއް ލިބިއްޖެނަމަ، އެކަމެއް ވަގުތުން އޮފީހަށް އެންގުމާއި، އޮފީހުން ކަނޑައަޅާގޮތެއްގެމަތިން މަރާމާތުކުރުން. - ރައްކާތެރި ތަނެއްގައި ރައްކާތެރިގޮތެއްގައި ކާރު ބޭއްވުމާއި، ކާރު ދުއްވުމުގައްޔާއި، ޕާކްކުރުމުގައި، ސަރުކާރުން ހަދާފައިވާ ގަވާއިދުތަކަށް ފަރުވާތެރިވުން. - ފަނޑިޔާރުންގެ ދަތުރުތަކަށް ހުރަސްނޭޅޭގޮތުގެ މަތީން، ކައިވެނީގެ ދަތުރުތައް ކުރުން. - ކާރު ދަތުރުރައް ކުރަން ހަމަޖެހިފައި ނެތް ވަގުތުތަކުގައި، ކޯޓުން ހަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން.  | 
| 
 
 
 
 
 
 ވަޒީފާއަށްއެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:  | 
 - ވަޒީފާއަށް އެދޭ ފޯމު (މި ކޯޓުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މި ކޯޓުގެ ވެބްސައިޓް www.familycourt.gov.mv (http://www.familycourt.gov.mv) އިން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.) - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. - ކުރިމަތިލާ ފަރާތުގެ ވަނަވަރު. - ތަޢުލީމީ ސެޓުފިކެޓުތަކާއި ސްކޫލް ލީވިންގ ސެޓުފިކެޓުގެ ކޮޕީ. - އަދާކޮށްފައިވާ ވަޒީފާތަކާއި، އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކާއި، މަޤާމުގައިވީ މުއްދަތާއި، މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ. - ފާއިތުވީ ދެއަހަރު ދުވަހުގެ މަސައްކަތު ފެންވަރު ބަލާފައިވާ ފޯމުގެ ކޮޕީ (މި ފޯމު ހުށަހަޅަންޖެހޭނީ ހަމައެކަނި ދެވަނަ ޝަރުޠައް ބަލައި، ޝަރުޠުހަމަވާ ފަރާތްތަކުން) - ފޯމާއެކު ހުށަހަޅަންޖެހޭނެކަމަށް އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް ހުށަހަޅާފައިނުވާނަމަ، އެ ފޯމެއް ބާޠިލު ކުރެވޭނެއެވެ. ނޯޓު: ވަޒީފާއަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތައް އޭގެ އަސްލާ އެއްގޮތްކަން ކަށަވަރުކުރާނީ، އިންޓަވިއުއަށް ހޮވޭ މީހުންގެ އެކަންޏެވެ. މިގޮތުން އިންޓަވިއުއަށް ހޮވޭ މީހުން އިންޓަވިއުއަށް ހާޒިރުވާއިރު، ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ލިޔުން ގެންނަންވާނެއެވެ.  | 
| 
 ސުންގަޑި:  | 
 2016 އޮކްޓޫބަރު 10 ވާ ހޯމަދުވަހުގެ 14:30 ކުރިން.  | 
| 
 
 
 އިތުރު މަޢުލޫމާތު:  | 
 - މި މަޤާމަށް ޝަރުޠުހަމަވާ ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވާނީ، މަޤާމުގެ ވާޖިބުތައް އަދާކުރެވޭނެކަމަށް އިންޓަވިއުގައި ސާބިތުކޮށްދޭ ފަރާތްތަކުގެ ތެރެއިންނެވެ. - މި މަޤާމަށްއެދި ހުށަހަޅާ ފޯމުތަކުގެ ތެރެއިން އިޢުލާނާ އެއްގޮތަށް ޝަރުޠު ފުރިހަމަނުވާކަމަށް މި ކޯޓުގެ އެޗް.އާރު ކޮމިޓީއަށް ފެންނަ ފޯމުތައް ކެންސަލް ކުރެވޭނެއެވެ. ނޯޓު: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 20 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް ބަލައި، އިންޓަވިއު ޕެނަލުން ކަނޑައަޅާ އަދަދަކަށް އިންޓަވިއުކުރާނެ ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ.  | 
| 
 25 ޛުލްޙިއްޖާ 1437  | 
|
