ވަޒީފާގެ ފުރުޞަތު
ނަންބަރު: 146-A1/2016/203
ޕަބްލިޝްކުރި ތާރީޚް: 27 ސެޕްޓެންބަރު 2016
ޕަބްލިޝްކުރި ގަޑި: 14:13
ސުންގަޑި: 10 އޮކްޓޫބަރު 2016 14:30
ފެމިލީ ކޯޓް
ދިވެހިރާއްޖެ
ޑްރައިވަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ޑްރައިވަރެއްގެ މަޤާމަށް މީހަކު ހޯދުމަށްޓަކައި 14 ޖަނަވަރީ 2016 ގައި މި ކޯޓުން ކޮށްފައިވާ 146A1/2016/13 ނަންބަރުގެ އިޢުލާން ބާޠިލުކޮށް، އެ މަޤާމަށް މީހަކު ހޯދުމަށްޓަކައި އަލުން އިޢުލާން ކުރަމެވެ.

މަޤާމް:

ޑްރައިވަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް 2

މަޤާމުގެ ރޭންކް:

އެސް. އެސް. 2

މަޤާމުގެ އަސާސީ މުސާރަ:

މަހަކު -/3،470 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަނާއި ސެކްޝަން:

ފެމިލީ ކޯޓު / އިސް ޤާޟީ ބިޔުރޯ

 

އެލަވަންސްތަކާއި ޢިނާޔަތްތައް:

- ސަރވިސް އެލަވަންސް: މަހަކު -/1،000 ރުފިޔާ.

- ލިވިންގ އެލަވަންސް: މަހަކު -/2،700 ރުފިޔާ.

- ޖުޑީޝަލް އެލަވަންސް: ޖުޑީޝަލް އެލަވަންސްގެގޮތުގައި އަސާސީ މުސާރައިގެ %40 (މަހަކު)

- އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ.

 

މަޤާމުގެ އަސާސީ ޝަރުޠު:

- ލިޔަންކިޔަން ދަތުމާއެކު، މަސައްކަތަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް/ހުއްދައެއް/ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، އެސް. އެސް. 1 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

- މި ކޯޓުގެ ފަނޑިޔާރުންގެ ރަސްމީ ދަތުރުތައް ރަސްމީ ގަޑީގައާއި ނުރަސްމީ ގަޑީގައި ކުރުން.

- ހަވާލުކުރެވިފައިވާ ކާރު ދޮވެ ސާފުކޮށް  ބެލެހެއްޓުމާއި، ގަވައިދުން ކާރު ސަރވިސްކުރުން.

- ހަވާލުކުރެވިފައިވާ ކާރަށް އެއްވެސް ގެއްލުމެއް ލިބިއްޖެނަމަ، އެކަމެއް ވަގުތުން އޮފީހަށް އެންގުމާއި، އޮފީހުން ކަނޑައަޅާގޮތެއްގެމަތިން މަރާމާތުކުރުން.

- ރައްކާތެރި ތަނެއްގައި ރައްކާތެރިގޮތެއްގައި ކާރު ބޭއްވުމާއި، ކާރު ދުއްވުމުގައްޔާއި، ޕާކްކުރުމުގައި، ސަރުކާރުން ހަދާފައިވާ ގަވާއިދުތަކަށް ފަރުވާތެރިވުން.

- ފަނޑިޔާރުންގެ ދަތުރުތަކަށް ހުރަސްނޭޅޭގޮތުގެ މަތީން، ކައިވެނީގެ ދަތުރުތައް ކުރުން.

- ކާރު ދަތުރުރައް ކުރަން ހަމަޖެހިފައި ނެތް ވަގުތުތަކުގައި، ކޯޓުން ހަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން.

 

 

 

 

 

ވަޒީފާއަށްއެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

- ވަޒީފާއަށް އެދޭ ފޯމު (މި ކޯޓުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މި ކޯޓުގެ ވެބްސައިޓް www.familycourt.gov.mv (http://www.familycourt.gov.mv) އިން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

- ކުރިމަތިލާ ފަރާތުގެ ވަނަވަރު.

- ތަޢުލީމީ ސެޓުފިކެޓުތަކާއި ސްކޫލް ލީވިންގ ސެޓުފިކެޓުގެ ކޮޕީ.

- އަދާކޮށްފައިވާ ވަޒީފާތަކާއި، އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކާއި، މަޤާމުގައިވީ މުއްދަތާއި، މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ.

- ފާއިތުވީ ދެއަހަރު ދުވަހުގެ މަސައްކަތު ފެންވަރު ބަލާފައިވާ ފޯމުގެ ކޮޕީ (މި ފޯމު ހުށަހަޅަންޖެހޭނީ ހަމައެކަނި ދެވަނަ ޝަރުޠައް ބަލައި، ޝަރުޠުހަމަވާ ފަރާތްތަކުން)

- ފޯމާއެކު ހުށަހަޅަންޖެހޭނެކަމަށް އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް ހުށަހަޅާފައިނުވާނަމަ، އެ ފޯމެއް ބާޠިލު ކުރެވޭނެއެވެ.

ނޯޓު: ވަޒީފާއަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތައް އޭގެ އަސްލާ އެއްގޮތްކަން ކަށަވަރުކުރާނީ، އިންޓަވިއުއަށް ހޮވޭ މީހުންގެ އެކަންޏެވެ. މިގޮތުން އިންޓަވިއުއަށް ހޮވޭ މީހުން އިންޓަވިއުއަށް ހާޒިރުވާއިރު، ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ލިޔުން ގެންނަންވާނެއެވެ.

ސުންގަޑި:

2016 އޮކްޓޫބަރު 10 ވާ ހޯމަދުވަހުގެ 14:30 ކުރިން.

 

 

އިތުރު މަޢުލޫމާތު:

- މި މަޤާމަށް ޝަރުޠުހަމަވާ ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވާނީ، މަޤާމުގެ ވާޖިބުތައް އަދާކުރެވޭނެކަމަށް އިންޓަވިއުގައި ސާބިތުކޮށްދޭ ފަރާތްތަކުގެ ތެރެއިންނެވެ.

- މި މަޤާމަށްއެދި ހުށަހަޅާ ފޯމުތަކުގެ ތެރެއިން އިޢުލާނާ އެއްގޮތަށް ޝަރުޠު ފުރިހަމަނުވާކަމަށް މި ކޯޓުގެ އެޗް.އާރު ކޮމިޓީއަށް ފެންނަ ފޯމުތައް ކެންސަލް ކުރެވޭނެއެވެ.

ނޯޓު: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 20 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް ބަލައި، އިންޓަވިއު ޕެނަލުން ކަނޑައަޅާ އަދަދަކަށް އިންޓަވިއުކުރާނެ ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

25 ޛުލްޙިއްޖާ 1437

27 ސެޕްޓެންބަރު 2016