ދިވެހިރާއްޖެ
އިޢުލާން ވަޒީފާގެ ފުރުޞަތު: |
||
މަޤާމް: |
އޮފީސް އެސިސްޓެންޓް |
މަޤާމުގެ ރޭންކް: އެސް. އެސް. 2 |
ބޭނުންވާ އަދަދު: |
1 (އެކެއް) |
|
މަސައްކަތްކުރަންޖެހޭ ތަން: |
މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ މެޖިސްޓްރޭޓް ކޯޓް |
|
އަސާސީ މުސާރަ: |
މަހަކު -/3،470 ރުފިޔާ |
|
އެލަވަންސް: |
- ސަރވިސް އެލަވަންސް: މަހަކު -/1,000 ރުފިޔާ - ޖުޑީޝަލް އެލަވަންސް: މުސާރައިގެ %25 - ލިވިންގ އެލަވަންސް: މަހަކު -/2550 ރުފިޔާ - ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ. |
|
އަސާސީ ޝަރުޠު:
|
1- ލިޔަންކިޔަން ދަތުމާއެކު، މަސައްކަތަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް / ހުއްދައެއް / ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛ 2- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، SS-1 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. |
|
މަޤާމުގެ މަސްއޫލިއްޔަތު:
|
1- ކޯޓަށް ހާޒިރުވާން އަންގާ ގަޑިތަކަށް ގަވާއިދުން ހާޒިރުވުން. 2- ކޯޓުގެ އިމާރާތާއި އިންވެގެންވާ މަގުތަކާއި ގޯތިތެރެ ކުނިކަހައި ސާފުތާހިރުކޮށް ބެލެހެއްޓުމާއި، އިމާރާތުގެ އެތެރެއާއި ބޭރު ފޮޅައި ސާފުކުރުމާއި، ކޯޓް އިމާރާތް ފޮޅައި ސާފުކޮށް ބެލެހެއްޓުމާއި، ކޯޓުން އުކާލަންޖެހޭ ކުނި އުކާލުން. 3- ކޯޓުގެ އެންމެހައި މެޝިނަރީޒް ފޮޅައި ސާފުތާހިރުކޮށް ބެލެހެއްޓުން. 4- ކޯޓުގައި ހުންނަ ގަސްތައް ކޮށައި، ވަޅުދިޔަހިއްކައި، ސާފުތާހިރުކޮށް ބެލެހެއްޓުމާއި، އިމާރާތުގެ ފުރާޅާއި ދިޔަދޮވި ސާފުކޮށް، ރައްކާތެރިކަމާއެކު ތާނގީއަށް ސާފުބޯފެން އަޅައި ބެލެހެއްޓުން. 5- އެކިފަރާތްތަކަށް ރައްދުކުރުމަށް ހަވާލުކުރެވޭ އަމުރުތަކާއި ލިޔުންތަކާއި އެހެނިހެން ތަކެތި ރައްދުކުރަންޖެހޭ ފަރާތްތަކަށް އަމާނާތްތެރިކަމާއެކު ރައްދުކޮށްދިނުން. 6- ކޯޓުގެ ރަސްމީ ދިދަތައް، އެކަމަށް އޮންނަ ގަވާއިދާ އެއްގޮތަށް ނަގައި ތިރިކުރުން. 7- ކޯޓަށް ޒިޔާރަތްކުރައްވާ މެހެމާނުންނަށް ޚިދުމަތްދިނުމަށް ކޯޓުން އަންގައިފި ހިނދެއްގައި އެ މަސައްކަތް ކުރުން. 8- ކޯޓަށް ހާޒިރުވާންޖެހޭ މީހުންނަށް ޗިޓް ހަވާލުކުރުމާއި، ސިޓީއާއި ލިޔުންފަދަ ތަކެތި ހަވާލުކުރަންޖެހޭ ފަރާތްތަކަށް ހަވާލުކުރުމާއި، އަތޮޅުގެ ރަށު ކޯޓްތަކަށް ފޮނުވަންޖެހޭ ތަކެތި އެފަރާތްތަކާ ހަވާލުކުރުން. 9- އިދާރީގޮތުން ކޯޓުން ކުރާ މަސައްކަތުގައި އެހީތެރިވުން. 10- މަތީގައިވާ ކަންކަމުގެ އިތުރުންވެސް، ކޯޓުން އަންގާ މަސައްކަތްތައް ކުރުން. |
|
ހުށަހަޅަންޖެހޭ ތަކެތި:
|
1- ކުރިމަތިލާ ފަރާތުގެ ވަނަވަރު. 2- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލު) 3- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލު) 4- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލު) |
|
ސުންގަޑި: |
2016 އޮކްޓޫބަރު 11 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ބ. އޭދަފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުން އެދެމެވެ. |
|
އިތުރު މަޢުލޫމާތު: |
- މި މަޤާމަށް އެދޭ ފަރާތްތަކުން ފުރަންޖެހޭ، ޝަރްޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމު މި ކޯޓުން ލިބެން ހުންނާނެއެވެ. އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ www.judiciary.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ. - އިތުރު މަޢުލޫމަތު ސާފުކުރުމަށް ގުޅާނީ، ބ. އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގެ 6608313 ނަންބަރު ފޯނަށެވެ. |
|
26 ޛުލްޙިއްޖާ 1437 |