ވަޒީފާގެ ފުރުޞަތު
ނަންބަރު: F10C/2016/19
ޕަބްލިޝްކުރި ތާރީޚް: 28 ސެޕްޓެންބަރު 2016
ޕަބްލިޝްކުރި ގަޑި: 13:17
ސުންގަޑި: 11 ސެޕްޓެންބަރު 2016 14:00
މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
އޮފީސް އެސިސްޓެންޓް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

އޮފީސް އެސިސްޓެންޓް

މަޤާމުގެ ރޭންކް: އެސް. އެސް. 2

ބޭނުންވާ އަދަދު:

1 (އެކެއް)

މަސައްކަތްކުރަންޖެހޭ ތަން:

މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ މެޖިސްޓްރޭޓް ކޯޓް

އަސާސީ މުސާރަ:

މަހަކު -/3،470 ރުފިޔާ

އެލަވަންސް:

- ސަރވިސް އެލަވަންސް: މަހަކު -/1,000 ރުފިޔާ

- ޖުޑީޝަލް އެލަވަންސް: މުސާރައިގެ %25

- ލިވިންގ އެލަވަންސް: މަހަކު -/2550 ރުފިޔާ

- ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

 

އަސާސީ ޝަރުޠު:

 

 

1- ލިޔަންކިޔަން ދަތުމާއެކު، މަސައްކަތަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް / ހުއްދައެއް / ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

2- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، SS-1 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

 

1- ކޯޓަށް ހާޒިރުވާން އަންގާ ގަޑިތަކަށް ގަވާއިދުން ހާޒިރުވުން.

2- ކޯޓުގެ އިމާރާތާއި އިންވެގެންވާ މަގުތަކާއި ގޯތިތެރެ ކުނިކަހައި ސާފުތާހިރުކޮށް ބެލެހެއްޓުމާއި، އިމާރާތުގެ އެތެރެއާއި ބޭރު ފޮޅައި ސާފުކުރުމާއި، ކޯޓް އިމާރާތް ފޮޅައި ސާފުކޮށް ބެލެހެއްޓުމާއި، ކޯޓުން އުކާލަންޖެހޭ ކުނި އުކާލުން.

3- ކޯޓުގެ އެންމެހައި މެޝިނަރީޒް ފޮޅައި ސާފުތާހިރުކޮށް ބެލެހެއްޓުން.

4- ކޯޓުގައި ހުންނަ ގަސްތައް ކޮށައި، ވަޅުދިޔަހިއްކައި، ސާފުތާހިރުކޮށް ބެލެހެއްޓުމާއި، އިމާރާތުގެ ފުރާޅާއި ދިޔަދޮވި ސާފުކޮށް، ރައްކާތެރިކަމާއެކު ތާނގީއަށް ސާފުބޯފެން އަޅައި ބެލެހެއްޓުން.

5- އެކިފަރާތްތަކަށް ރައްދުކުރުމަށް ހަވާލުކުރެވޭ އަމުރުތަކާއި ލިޔުންތަކާއި އެހެނިހެން ތަކެތި ރައްދުކުރަންޖެހޭ ފަރާތްތަކަށް އަމާނާތްތެރިކަމާއެކު ރައްދުކޮށްދިނުން.

6- ކޯޓުގެ ރަސްމީ ދިދަތައް، އެކަމަށް އޮންނަ ގަވާއިދާ އެއްގޮތަށް ނަގައި ތިރިކުރުން.

7- ކޯޓަށް ޒިޔާރަތްކުރައްވާ މެހެމާނުންނަށް ޚިދުމަތްދިނުމަށް ކޯޓުން އަންގައިފި ހިނދެއްގައި އެ މަސައްކަތް ކުރުން.

8- ކޯޓަށް ހާޒިރުވާންޖެހޭ މީހުންނަށް ޗިޓް ހަވާލުކުރުމާއި، ސިޓީއާއި ލިޔުންފަދަ ތަކެތި ހަވާލުކުރަންޖެހޭ ފަރާތްތަކަށް ހަވާލުކުރުމާއި، އަތޮޅުގެ ރަށު ކޯޓްތަކަށް ފޮނުވަންޖެހޭ ތަކެތި އެފަރާތްތަކާ ހަވާލުކުރުން.

9- އިދާރީގޮތުން ކޯޓުން ކުރާ މަސައްކަތުގައި އެހީތެރިވުން.

10- މަތީގައިވާ ކަންކަމުގެ އިތުރުންވެސް، ކޯޓުން އަންގާ މަސައްކަތްތައް ކުރުން.

 

ހުށަހަޅަންޖެހޭ ތަކެތި:

 

 

1- ކުރިމަތިލާ ފަރާތުގެ ވަނަވަރު.

2- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލު)

3- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލު)

4- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލު)

ސުންގަޑި:

2016 އޮކްޓޫބަރު 11 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ބ. އޭދަފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުން އެދެމެވެ.  

އިތުރު މަޢުލޫމާތު:

- މި މަޤާމަށް އެދޭ ފަރާތްތަކުން ފުރަންޖެހޭ، ޝަރްޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމު މި ކޯޓުން ލިބެން ހުންނާނެއެވެ. އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ www.judiciary.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ. 

- އިތުރު މަޢުލޫމަތު ސާފުކުރުމަށް ގުޅާނީ، ބ. އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގެ 6608313 ނަންބަރު ފޯނަށެވެ.

26 ޛުލްޙިއްޖާ 1437

28 ސެޕްޓެންބަރު 2016