ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޗީފް އިންވިޖިލޭޓަރުން ހޯދުމަށް ބޭނުންވެއްޖެ

2016 ވަނަ އަހަރުގެ ދެވަނަ ސެމެސްޓަރގެ އިމްތިޙާން ބެލެހެއްޓުމަށް ޗީފް އިންވިޖިލޭޓަރުން ހޯދުމަށް ކުރެވިފައިވާ އިޢުލާނުގެ މުއްދަތު އިތުރުކުރެވިއްޖެ

2016 ވަނަ އަހަރުގެ ދެވަނަ ސެމެސްޓަރގެ އިމްތިޙާން ބެލެހެއްޓުމަށް ޗީފް އިންވިޖިލޭޓަރުންގެ ގޮތުގައި މަސައްކަތް ކޮށްދެއްވާނެ 2 ބޭފުޅުން ބޭނުންވެއެވެ. 

އިމްތިޙާނުތަކަށް ކަނޑައެޅޭ ޗީފް އިންވިޖިލޭޓަރުންގެ ޝަރުޠު:

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން އިންތިޒާމުކޮށްގެން ބާއްވާ އިމްތިޙާނުތަކުގެ އެންމެހައި ކަންކަން ބެލެހެއްޓުމުގެ ޒިންމާ އުފުލުމާ ޙަވާލުވެ ތިބޭ ޗީފް އިންވިޖިލޭޓަރުންނަކީ މި ޝަރުޠުތައް ފުރިހަމަވާ މީހުންނަށް ވާންޖެހޭނެއެވެ.

  1. ދިވެހި ރައްޔިތަކަށްވުން.

  2. އުމުރުން 18 އަހަރު ފުރިފައިވާ މީހަކަށްވުން.

  3. ޖީސީއީ އޯލެވެލް ފެންވަރަށް އިނގިރޭސި ބަސް އެނގޭ މީހަކަށްވުން.

  4. އިމްތިޙާނު ހިންގައި ބެލެހެއްޓުމުގެ ތަމްރީނުދިނުމުގެ ޕްރޮގްރާމެއް ފުރިހަމަކޮށްފައިވާ މީހަކަށްވުން.

  5. އިމްތިޙާނުގެ މަސައްކަތް ފެށޭ ތާރީޚުން ފެށިގެން ނިމޭ ތާރީޚާ ހަމައަށް، އިމްތިޙާނު އޮންނަ ހުރިހާ ދުވަހެއްގެ ހުރިހާ ދަންފަޅިއަކަށް އައުމަށް ދަތިކަމެއް ނެތް މީހަކަށްވުން.

  6. އެ މީހަކު އިންވިޖިލޭޓުކަން ކުރާ އިމްތިޙާނަށް ދަރިވަރުން ތައްޔާރުކޮށްދޭ ނުވަތަ އެ އިމްތިޙާނުގައި ބައިވެރިވާ ކުދިންނަށް ކިޔަވައިދޭ މީހަކަށް ނުވުން.

  7. އެ މީހަކު އިންވިޖިލޭޓުކަން ކުރާ (އެއަހަރުގެ) އިމްތިޙާނުގެ ކެންޑިޑޭޓެއް ކަމުގައި ނުވުން.

  8. އެ މީހަކު އިންވިޖިލޭޓުކަން ކުރާ (އެ އަހަރުގެ) އިމްތިޙާނުގެ ކެންޑިޑޭޓަކަށް ތިރީގައި ބަޔާންކުރާ މީހަކަމުގައި ނުވުން.

*  މަންމަ                             *  ބައްޕަ

*  އަނބިމީހާ                           *  ފިރިމީހާ

*  އެއްބަނޑު އެއްބަފާ މީހެއް                  *  އެއްބަނޑު / އެއްބަފާ މީހެއް

*  ދަރިއެއް                            *  ބަލަދުވެރިކަމުގެ ދަށުގައި ހުންނަ މީހެއް

  • މުސާރަ:

އިންވިޖިލޭޓް ކުރައްވާ ކޮންމެ ސެޝަނަކަށް -/300 ރ (ތިން ސަތޭކަ ރުފިޔާ)

މިކަމަށް އެދޭ ފޯމު މި ޔުނިވަރސިޓީގެ ރިސެޕްޝަނުން ދޫކުރަމުން ގެންދާނެއެވެ. ފޯމު ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 14:00 އަށެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވެޑައިގަންނަވާ ބޭފުޅުން އެޕްލިކޭޝަން ފޯމު ފުރިހަމަ ކުރެއްވުމަށްފަހު 2016 އޮކްޓޫބަރު 06 ވަނަ ދުވަހުގެ 14:00 ގެ ކުރިން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ހުށަހެޅުއްވުން އެދެމެވެ.

- އިތުރު މައުލޫމާތު ސާފުކުރެއްވުމަށް 3022124 މި ނަންބަރު ފޯނަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

28 ސެޕްޓެންބަރު 2016
ހޯދާ