ދިވެހިރާއްޖެ
2016 ވަނަ އަހަރުގެ ދެވަނަ ސެމެސްޓަރގެ އިމްތިޙާން ބެލެހެއްޓުމަށް ޗީފް އިންވިޖިލޭޓަރުން ހޯދުމަށް ކުރެވިފައިވާ އިޢުލާނުގެ މުއްދަތު އިތުރުކުރެވިއްޖެ
2016 ވަނަ އަހަރުގެ ދެވަނަ ސެމެސްޓަރގެ އިމްތިޙާން ބެލެހެއްޓުމަށް ޗީފް އިންވިޖިލޭޓަރުންގެ ގޮތުގައި މަސައްކަތް ކޮށްދެއްވާނެ 2 ބޭފުޅުން ބޭނުންވެއެވެ.
އިމްތިޙާނުތަކަށް ކަނޑައެޅޭ ޗީފް އިންވިޖިލޭޓަރުންގެ ޝަރުޠު:
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން އިންތިޒާމުކޮށްގެން ބާއްވާ އިމްތިޙާނުތަކުގެ އެންމެހައި ކަންކަން ބެލެހެއްޓުމުގެ ޒިންމާ އުފުލުމާ ޙަވާލުވެ ތިބޭ ޗީފް އިންވިޖިލޭޓަރުންނަކީ މި ޝަރުޠުތައް ފުރިހަމަވާ މީހުންނަށް ވާންޖެހޭނެއެވެ.
-
ދިވެހި ރައްޔިތަކަށްވުން.
-
އުމުރުން 18 އަހަރު ފުރިފައިވާ މީހަކަށްވުން.
-
ޖީސީއީ އޯލެވެލް ފެންވަރަށް އިނގިރޭސި ބަސް އެނގޭ މީހަކަށްވުން.
-
އިމްތިޙާނު ހިންގައި ބެލެހެއްޓުމުގެ ތަމްރީނުދިނުމުގެ ޕްރޮގްރާމެއް ފުރިހަމަކޮށްފައިވާ މީހަކަށްވުން.
-
އިމްތިޙާނުގެ މަސައްކަތް ފެށޭ ތާރީޚުން ފެށިގެން ނިމޭ ތާރީޚާ ހަމައަށް، އިމްތިޙާނު އޮންނަ ހުރިހާ ދުވަހެއްގެ ހުރިހާ ދަންފަޅިއަކަށް އައުމަށް ދަތިކަމެއް ނެތް މީހަކަށްވުން.
-
އެ މީހަކު އިންވިޖިލޭޓުކަން ކުރާ އިމްތިޙާނަށް ދަރިވަރުން ތައްޔާރުކޮށްދޭ ނުވަތަ އެ އިމްތިޙާނުގައި ބައިވެރިވާ ކުދިންނަށް ކިޔަވައިދޭ މީހަކަށް ނުވުން.
-
އެ މީހަކު އިންވިޖިލޭޓުކަން ކުރާ (އެއަހަރުގެ) އިމްތިޙާނުގެ ކެންޑިޑޭޓެއް ކަމުގައި ނުވުން.
-
އެ މީހަކު އިންވިޖިލޭޓުކަން ކުރާ (އެ އަހަރުގެ) އިމްތިޙާނުގެ ކެންޑިޑޭޓަކަށް ތިރީގައި ބަޔާންކުރާ މީހަކަމުގައި ނުވުން.
* މަންމަ * ބައްޕަ
* އަނބިމީހާ * ފިރިމީހާ
* އެއްބަނޑު އެއްބަފާ މީހެއް * އެއްބަނޑު / އެއްބަފާ މީހެއް
* ދަރިއެއް * ބަލަދުވެރިކަމުގެ ދަށުގައި ހުންނަ މީހެއް
- މުސާރަ:
އިންވިޖިލޭޓް ކުރައްވާ ކޮންމެ ސެޝަނަކަށް -/300 ރ (ތިން ސަތޭކަ ރުފިޔާ)
މިކަމަށް އެދޭ ފޯމު މި ޔުނިވަރސިޓީގެ ރިސެޕްޝަނުން ދޫކުރަމުން ގެންދާނެއެވެ. ފޯމު ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 14:00 އަށެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެވެޑައިގަންނަވާ ބޭފުޅުން އެޕްލިކޭޝަން ފޯމު ފުރިހަމަ ކުރެއްވުމަށްފަހު 2016 އޮކްޓޫބަރު 06 ވަނަ ދުވަހުގެ 14:00 ގެ ކުރިން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ހުށަހެޅުއްވުން އެދެމެވެ.
- އިތުރު މައުލޫމާތު ސާފުކުރެއްވުމަށް 3022124 މި ނަންބަރު ފޯނަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.