ކައުންސިލްގެ ނަން
|
މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލް
|
އެލަވަންސް
|
ބައިވެރިވާ ކޮންމެ ބައްދަލުވުމަކަށް ކަނޑައެޅިފައިވާ އެލަވަންސް ލިބޭނެއެވެ.
|
ކައުންސިލްގެ މެންބަރުންގެ މައިގަނޑު މައްސޫލިއްޔަތުތައް
|
ޤާނޫނު ނަންބަރު 13/2015 (ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނު) ގެ 46 ވަނަ މާއްދާއާއި 77 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔާތުތައް
|
ބޭނުންވާ ދާއިރާ
|
ޤާނޫނުގެ 42 ވަނަ މާއްދާގެ (ރ) ގައިވާ މެންބަރު (ޤާނޫނީ ވަކީލެއްގެ ގޮތުގައި ދިވެހިރާއްޖޭގައި މަސައްކަތްކުރާތާ މަދުވެގެން 5 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ ޤާނޫނީ ވަކީލެއް)
|
ބޭނުންވާ އަދަދު
|
1
|
ތަޢުލީމީ ތަޖުރިބާއާއި މަސައްކަތުގެ ތަޖުރިބާއަށް މާކްސް ދިނުމަށް ކަނޑައަޅާފައިވާ ގޮތް
|
ތަޢުލީމު (ޤާނޫނީ/ޝަރީޢާގެ ދާއިރާއިން ހޯދާފައިވާ ސެޓުފިކެޓު)
ޑިޕްލޮމާ ފެންވަރު – 25 މާކްސް
|
ޑިގްރީ ފެންވަރު – 40 މާކްސް
|
މާސްޓަރސް ފެންވަރު – 50 މާކްސް
|
ޕީ.އެޗް.ޑީ ފެންވަރު – 75 މާކްސް
|
މަސައްކަތުގެ ތަޖުރިބާ (ޤާނޫނީ/ޝަރީޢާގެ ދާއިރާގައި ދާއިރާއެއްގައި ޚިދުމަތްކޮށްފައިވާ މުއްދަތު)
ޚިދުމަތްކޮށްފައިވާ މުއްދަތު 5 އަހަރުނަމަ - 30 މާކްސް
|
ޚިދުމަތްކޮށްފައިވާ މުއްދަތު 7 އަހަރުނަމަ - 40 މާކްސް
|
ޚިދުމަތްކޮށްފައިވާ މުއްދަތު 10 އަހަރުނަމަ - 45 މާކްސް
|
ޚިދުމަތްކޮށްފައިވާ މުއްދަތު 12 އަހަރުނަމަ - 50 މާކްސް
|
|
ބޭނުންވާ ދާއިރާ
|
ދިވެހިރާއްޖޭގައި އެލައިޑް ހެލްތު ޕްރޮފެޝަނަލުންގެ ތެރެއިން މަސައްކަތްކުރާ މީހެއް
އެލައިޑް ހެލްތު ޕްރޮފެޝަނަލުންގެ ތެރޭގައި ހިމެނެނީ އަންނަނިވި ގިންތީގެ ޕްރޮފެޝަނަލުން.
- ބިހޭވިއަރަލް ސައިންސްގެ ޕްރޮފެޝަނަލުން
- ކްލިނިކަލް އަދި ފިޒިކަލް ތެރަޕިސްޓް
- ކޮމިއުނިޓީ ހެލްތު ޕްރޮފެޝަނަލް
- ކްލިނިކަލް އެންޑް ހެލްތު ޓެކްނޮލޮޖީގެ ޕްރޮފެޝަނަލުން
- މެޑިކަލް ލެބޯރަޓަރީގެ ޕްރޮފެޝަނަލުން
- ޓެރެޑިޝަނަލް، އޯލްޓަނޭޓިވް، އަދި ކޮމްޕްލިމެންޓަރީ މެޑިސިންގެ ޕްރޮފެޝަނަލުން
- ފާރމަސީ ޕްރޮފެޝަނަލުން.
- ޑަޔަޓީޝަނުން އަދި ނިއުޓްރިޝަނިސްޓުން.
- މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން އެލައިޑް ހެލްތު ޕްރޮފެޝަނަލުންގެ ގޮތުގައި ކަނޑައަޅާ އިތުރު ފަރާތްތައް.
ނޯޓު: މިހާރު ކައުންސިލްގެ މެންބަރުންގެ ތެރެއިން، ނުހިމެނޭ ދާއިރާތަކަށް އިސްކަން ދެވޭނެ ވާހަކަ ދަންނަވަމެވެ.
|
ބޭނުންވާ އަދަދު
|
1
|
ތަޢުލީމީ ތަޖުރިބާއާއި މަސައްކަތުގެ ތަޖުރިބާއަށް މާކްސް ދިނުމަށް ކަނޑައަޅާފައިވާ ގޮތް
|
މަތީގައި ބަޔާންކޮށްފައިވާ ގިންތިތަކުން ހޯދާފައިވާ ތަޢުލީމީ ސެޓްފިކެޓުތައް
އެޑްވާންސް ސެޓުފިކެޓު ލެވެލް 10 މާރކްސް (ޓެރެޑިޝަނަލް، އޯލްޓަނޭޓިވް، އަދި ކޮމްޕްލިމެންޓަރީ މެޑިސިންގެ ޕްރޮފެޝަނަލްގެ ދާއިރާއަށް އެކަނި)
|
ޑިޕްލޮމާ 20 މާރކްސް
|
ޑިގްރީ 30 މާރކްސް
|
މާސްޓާރ ޑިގްރީ 40 މާރކްސް
|
ޕީ.އެޗް.ޑީ 50 މާރކްސް
|
ޞިއްޙީ ދާއިރާއާއި ގުޅުންހުރި އެހެނިހެން ތަޢުލީމީ ސެޓްފިކެތައް:
ޑިޕްލޮމާ ލެވެލް 05 މާކުސް
|
ޑިގްރީ ލެވެލް 10 މާކުސް
|
މާސްޓަރސް ލެވެލް 15 މާކުސް
|
ޕީ.އެޗް.ޑީ ލެވެލް 20 މާކުސް
|
މަސައްކަތު ތަޖުރިބާ(ދާއިރާގެ މަސައްކަތު ތަޖުރިބާ)
5 އަހަރުދުވަހުގެ ތަޖުރިބާއަށް 10 މާރކްސް
|
7.5 އަހަރުދުވަހުގެ ތަޖުރިބާ 20 މާރކްސް
|
10 އަހަރުދުވަހުގެ ތަޖުރިބާއަށް 30 މާރކްސް
|
12 އަހަރަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާއަށް 50 މާރކްސް
|
އިޢުލާނަށް ކުރިމަތިލާ ފަރާތްތަކުގެ މާކްސް އެއްވަރު ވެއްޖެނަމަ އިންޓަވިއު ކޮށްގެން އެންމެ މަތީ މާރކްސް ލިބޭ ފަރާތެއް ހޮވުން.
|
މާކްސް ދިނުމާއި އިންޓަވިއުކުރުމުގައި ގެންގުޅޭނެ އާންމު މިންގަނޑު
|
- ހުށަހަޅާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ތެރެއިން މާކްސް ދެވޭނީ އެންމެ މަތިން ހޯދާފައިވާ ތަޢުލީމީ ސެޓުފިކެޓަށް އެކަންޏެވެ.
- މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށް އިންޓަވިއު ކުރުމަކާ ނުލައި އެ މަޤާމަށް ހޮވުނު ކަމަށް ސިލެކްޝަން ކޮމިޓީއަށް ކަނޑައެޅިދާނެއެވެ.
- މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ އަދަދު މަދުވުމުގެ ސަބަބުން ނުވަތަ އެހެން މަޤުބޫލު ސަބަބަކާގުޅިގެން، އަލުން ޢިއުލާނު ކުރާގޮތަށް ކަނޑައެޅުމުގެ އިހްތިޔާރު ސިލެކްޝަން ކޮމިޓީއަށް ލިބިގެންވެއެވެ.
- މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ލިބުނު މާކްސް އެއްވަރު ވެއްޖެނަމަ، މަޤާމަށް ހޮވުނު ފަރާތް ކަނޑައަޅާނީ އިންޓަވިއު ކުރުމަށްފަހުއެވެ.
|
މަޤާމަށް ކުރިމަތިލާ މެންބަރުންގެ ޝަރުޠުތައް
|
- ދިވެހި ރައްޔިތެއްކަމުގައި ވުން.
- ކައުންސިލްގެ މެންބަރު ކަމުގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭ ފަދަ ޢިލްމީ ފެންވަރާއި ލަޔާޤަތާއި މަސައްކަތުގެ އަޚުލާޤު ހުރި މީހަކު ކަމުގައިވުން.
- އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން.
- ޖިނާއި ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައިނުވުން.
- ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިއެއްނަމަ، އެ ފަންނުގެ މަސައްކަތްތެރިއެއްގެ ގޮތުގައި މަސައްކަތްކުރާތާ މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހެއް ކަމުގައިވުން.
- ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިއެއްނަމަ، އެ ފަންނުގެ މަސައްކަތްތެރިން ޢަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ޚިލާފުވެފައިވާކަމަށް ސާބިތުވެފައިވާ މީހެއް ކަމުގައިނުވުން.
- ޞިއްޙީ ޚިދުމަތުގެ ފަންނުގައި މަސައްކަތްކުރުމުގައި އެ މީހަކު ކުރި ނުވަތަ ނުކޮށް ދޫކޮށްލި ކަމަކާ ގުޅިގެން ޝަރީއަތަށް ކުށެއް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.
- ޞިއްޙީ ޚިދުމަތްދެވޭ ތަނުގެ މަސްއޫލުވެރިއެއް ނުވަތަ ބޯޑު މެންބަރެއް ނުވަތަ އެހެންވެސް މަޤާމެއްގައި ހުރި މީހެއްކަމުގައި ނުވުން.
- ޞިއްޙީ ޚިދުމަތްދޭ ތަނެއްގެ ޙިއްސާ އެމީހެއްގެ އަމިއްލަ ނަމުގައި ނުވަތަ އޭނާގެ ފަރާތުން ޢައްޔަންކޮށްފައިވާ ފަރާތެއްގެ ނަމުގައި ނުވަތަ އޭނާގެ ހިއްސާ ހިމެނޭ ކުންފުންޏެއްގެ ނަމުގައިއޮތް މީހަކު ކަމުގައި ނުވުން.
- ޤާނޫނެއްގައި ކަނޑައެޅިފައިވާ އިންތިޙާބަކުން މަޤާމަކަށް ހޮވިފައިވާ މީހެއް ކަމުގައި ނުވުން.
- ސިޔާސީ މަޤާމެއް ފުރަމުންދާ މީހެއްކަމުގައި ނުވުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- މެންބަރުކަމަށް އެދި ހުށަހަޅާ ސިޓީ
- ތަޢުލީމީ ސެޓުފިކެޓުތައް (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް)
- މެންބަރުކަމަށް އެދޭ ފަރާތައް ލިބިފައިވާ މަސައްކަތު ތަޖުރިބާގެ ލިއުންތައް (މަސައްކަތްކުރި ތަނާއި ކުރި މަސައްކަތާއި މުއްދަތު އެނގޭގޮތަށް)
- މަސައްކަތުގެ ދާއިރާއިން ވަކި ލައިސަންސެއް ނުވަތަ ހުއްދައެއް ލިބިގެން މަސައްކަތްކުރާ ފަރާތެއް ކަމުގައިވާނަމަ، އެފަދަ ލައިސަންސެއް ނުވަތަ ހުއްދައެއްގެ ކޮޕީ (މިސާލު: ވަކާލާތު ކުރުމުގެ ހުއްދަ)
- އިޤްރާރު (އިޤްރާރު ފޯމު މިނިސްޓްރީ އޮފް ހެލްތުގެ ކައުންޓަރ އަދި މިނިސްޓްރީ އޮފް ހެލްތުގެ ވެބްސައިޓު (www.health.gov.mv) އިން ލިބެން ހުންނާނެ)
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ވަނަވަރު
|
ސުންގަޑި
|
2016 އޮކްޓޫބަރު 13 ގެ 13:30 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ ކައުންޓަރަށް) އަށް ހުށަހެޅުއްވުން ނުވަތަ މިނިސްޓްރީގެ އީމެއިލް [email protected] އަށް ފޮނުއްވައިދެއްވުން (އީމެއިލް އިން ހުށަހަޅާ އެޕްލިކޭޝަންތަކަށް މިނިސްޓްރީން ލިބުނުކަން އަންގާނެކަމުގައި ދަންނަވަމެވެ. ނަމަވެސް މިނިސްޓްރީން ޖަވާބެއް ނުލިބޭނަމަ މުއްދަތު ހަމަވުމުގެ ކުރިން މިނިސްޓްރީއަށް އެޕްލިކޭޝަން ލިބުނުތޯ ބެއްލެއްވުން އެދެމެވެ.)
|
އިތުރު މަޢުލޫމާތު
|
ޤާނޫނު ނަންބަރު 13/2015 (ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނު) މިނިސްޓްރީ އޮފް ހެލްތުގެ ވެބްސައިޓުންނާއި ގެޒެޓުން ބެލެން އޮނާނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަން.
މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3014337، 3014468 އަދި 3014480 އެވެ.
|