ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)23-MAHC/23/2016/86
ޕަބްލިޝްކުރި ތާރީޚް: 27 ސެޕްޓެންބަރު 2016
ޕަބްލިޝްކުރި ގަޑި: 15:06
ސުންގަޑި: 13 އޮކްޓޫބަރު 2016 00:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ޤާނޫނު ނަންބަރު 2015/13 (ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނު) ދަށުން އުފެއްދުމަށް ލާޒިމުކުރާ ކައުންސިލްގެ މެންބަރަކަށްވުމުގެ ފުރުޞަތު

އިޢުލާން

ޤާނޫނު ނަންބަރު 13/2015 (ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނު) ދަށުން އުފެއްދުމަށް ލާޒިމުކުރާ ކައުންސިލްގެ މެންބަރުންނަށް ވުމުގެ ފުރުޞަތު ހުޅުވާލައި ކުރި މިނިސްޓްރީގެ ނަންބަރު: (IUL)23-MAHC/23/2016/55 (18 އޮގަސްޓު 2016) އިޢުލާނާ ގުޅިގެން ތިރީގައި ދަންނަވާފައިވާ ދާއިރާއަށް އެކަށީގެންވާ އަދަދަށް އެޕްލިކޭޝަން ހުށަހަޅުއްވާފައިނުވާތީ، ޤާނޫނު ނަންބަރު 13/2015 (ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނު) ދަށުން އުފެއްދުމަށް ލާޒިމުކުރާ ކައުންސިލްގެ މެންބަރުންނަށް ވުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

ކައުންސިލްގެ ނަން

މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލް

އެލަވަންސް

ބައިވެރިވާ ކޮންމެ ބައްދަލުވުމަކަށް ކަނޑައެޅިފައިވާ އެލަވަންސް ލިބޭނެއެވެ.

ކައުންސިލްގެ މެންބަރުންގެ މައިގަނޑު މައްސޫލިއްޔަތުތައް

ޤާނޫނު ނަންބަރު 13/2015 (ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނު) ގެ 46 ވަނަ މާއްދާއާއި 77 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔާތުތައް

ބޭނުންވާ ދާއިރާ

ޤާނޫނުގެ 42 ވަނަ މާއްދާގެ (ރ) ގައިވާ މެންބަރު (ޤާނޫނީ ވަކީލެއްގެ ގޮތުގައި ދިވެހިރާއްޖޭގައި މަސައްކަތްކުރާތާ މަދުވެގެން 5 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ ޤާނޫނީ ވަކީލެއް)

ބޭނުންވާ އަދަދު

1

ތަޢުލީމީ ތަޖުރިބާއާއި މަސައްކަތުގެ ތަޖުރިބާއަށް މާކްސް ދިނުމަށް ކަނޑައަޅާފައިވާ ގޮތް

ތަޢުލީމު (ޤާނޫނީ/ޝަރީޢާގެ ދާއިރާއިން ހޯދާފައިވާ ސެޓުފިކެޓު)


ޑިޕްލޮމާ ފެންވަރު – 25 މާކްސް

ޑިގްރީ ފެންވަރު – 40 މާކްސް

މާސްޓަރސް ފެންވަރު – 50 މާކްސް

ޕީ.އެޗް.ޑީ ފެންވަރު – 75 މާކްސް


މަސައްކަތުގެ ތަޖުރިބާ (ޤާނޫނީ/ޝަރީޢާގެ ދާއިރާގައި ދާއިރާއެއްގައި ޚިދުމަތްކޮށްފައިވާ މުއްދަތު)


ޚިދުމަތްކޮށްފައިވާ މުއްދަތު 5 އަހަރުނަމަ - 30 މާކްސް

ޚިދުމަތްކޮށްފައިވާ މުއްދަތު 7 އަހަރުނަމަ - 40 މާކްސް

ޚިދުމަތްކޮށްފައިވާ މުއްދަތު 10 އަހަރުނަމަ - 45 މާކްސް

ޚިދުމަތްކޮށްފައިވާ މުއްދަތު 12 އަހަރުނަމަ - 50 މާކްސް

ބޭނުންވާ ދާއިރާ

ދިވެހިރާއްޖޭގައި އެލައިޑް ހެލްތު ޕްރޮފެޝަނަލުންގެ ތެރެއިން މަސައްކަތްކުރާ މީހެއް

އެލައިޑް ހެލްތު ޕްރޮފެޝަނަލުންގެ ތެރޭގައި ހިމެނެނީ އަންނަނިވި ގިންތީގެ ޕްރޮފެޝަނަލުން.

  • ބިހޭވިއަރަލް ސައިންސްގެ ޕްރޮފެޝަނަލުން
  • ކްލިނިކަލް އަދި ފިޒިކަލް ތެރަޕިސްޓް
  • ކޮމިއުނިޓީ ހެލްތު ޕްރޮފެޝަނަލް
  • ކްލިނިކަލް އެންޑް ހެލްތު ޓެކްނޮލޮޖީގެ ޕްރޮފެޝަނަލުން
  • މެޑިކަލް ލެބޯރަޓަރީގެ ޕްރޮފެޝަނަލުން
  • ޓެރެޑިޝަނަލް، އޯލްޓަނޭޓިވް، އަދި ކޮމްޕްލިމެންޓަރީ މެޑިސިންގެ ޕްރޮފެޝަނަލުން
  • ފާރމަސީ ޕްރޮފެޝަނަލުން.
  • ޑަޔަޓީޝަނުން އަދި ނިއުޓްރިޝަނިސްޓުން.
  • މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން އެލައިޑް ހެލްތު ޕްރޮފެޝަނަލުންގެ ގޮތުގައި ކަނޑައަޅާ އިތުރު ފަރާތްތައް.

ނޯޓު: މިހާރު ކައުންސިލްގެ މެންބަރުންގެ ތެރެއިން، ނުހިމެނޭ ދާއިރާތަކަށް އިސްކަން ދެވޭނެ ވާހަކަ ދަންނަވަމެވެ.

ބޭނުންވާ އަދަދު

1

ތަޢުލީމީ ތަޖުރިބާއާއި މަސައްކަތުގެ ތަޖުރިބާއަށް މާކްސް ދިނުމަށް ކަނޑައަޅާފައިވާ ގޮތް

މަތީގައި ބަޔާންކޮށްފައިވާ ގިންތިތަކުން ހޯދާފައިވާ ތަޢުލީމީ ސެޓްފިކެޓުތައް


އެޑްވާންސް ސެޓުފިކެޓު ލެވެލް 10 މާރކްސް (ޓެރެޑިޝަނަލް، އޯލްޓަނޭޓިވް، އަދި ކޮމްޕްލިމެންޓަރީ މެޑިސިންގެ ޕްރޮފެޝަނަލްގެ ދާއިރާއަށް އެކަނި)

ޑިޕްލޮމާ 20 މާރކްސް

ޑިގްރީ 30 މާރކްސް

މާސްޓާރ ޑިގްރީ 40 މާރކްސް

ޕީ.އެޗް.ޑީ 50 މާރކްސް

ޞިއްޙީ ދާއިރާއާއި ގުޅުންހުރި އެހެނިހެން ތަޢުލީމީ ސެޓްފިކެތައް:

ޑިޕްލޮމާ ލެވެލް 05 މާކުސް

ޑިގްރީ ލެވެލް 10 މާކުސް

މާސްޓަރސް ލެވެލް 15 މާކުސް

ޕީ.އެޗް.ޑީ ލެވެލް 20 މާކުސް

މަސައްކަތު ތަޖުރިބާ(ދާއިރާގެ މަސައްކަތު ތަޖުރިބާ)


5 އަހަރުދުވަހުގެ ތަޖުރިބާއަށް 10 މާރކްސް

7.5 އަހަރުދުވަހުގެ ތަޖުރިބާ 20 މާރކްސް

10 އަހަރުދުވަހުގެ ތަޖުރިބާއަށް 30 މާރކްސް

12 އަހަރަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާއަށް 50 މާރކްސް

އިޢުލާނަށް ކުރިމަތިލާ ފަރާތްތަކުގެ މާކްސް އެއްވަރު ވެއްޖެނަމަ އިންޓަވިއު ކޮށްގެން އެންމެ މަތީ މާރކްސް ލިބޭ ފަރާތެއް ހޮވުން.

މާކްސް ދިނުމާއި އިންޓަވިއުކުރުމުގައި ގެންގުޅޭނެ އާންމު މިންގަނޑު

 

  1. ހުށަހަޅާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ތެރެއިން މާކްސް ދެވޭނީ އެންމެ މަތިން ހޯދާފައިވާ ތަޢުލީމީ ސެޓުފިކެޓަށް އެކަންޏެވެ.
  2. މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށް އިންޓަވިއު ކުރުމަކާ ނުލައި އެ މަޤާމަށް ހޮވުނު ކަމަށް ސިލެކްޝަން ކޮމިޓީއަށް ކަނޑައެޅިދާނެއެވެ.
  3. މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ އަދަދު މަދުވުމުގެ ސަބަބުން ނުވަތަ އެހެން މަޤުބޫލު ސަބަބަކާގުޅިގެން، އަލުން ޢިއުލާނު ކުރާގޮތަށް ކަނޑައެޅުމުގެ އިހްތިޔާރު ސިލެކްޝަން ކޮމިޓީއަށް ލިބިގެންވެއެވެ.
  4. މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ލިބުނު މާކްސް އެއްވަރު ވެއްޖެނަމަ، މަޤާމަށް ހޮވުނު ފަރާތް ކަނޑައަޅާނީ އިންޓަވިއު ކުރުމަށްފަހުއެވެ.

މަޤާމަށް ކުރިމަތިލާ މެންބަރުންގެ ޝަރުޠުތައް

  • ދިވެހި ރައްޔިތެއްކަމުގައި ވުން.
  • ކައުންސިލްގެ މެންބަރު ކަމުގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭ ފަދަ ޢިލްމީ ފެންވަރާއި ލަޔާޤަތާއި މަސައްކަތުގެ އަޚުލާޤު ހުރި މީހަކު ކަމުގައިވުން.
  • އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން.
  • ޖިނާއި ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައިނުވުން.
  • ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިއެއްނަމަ، އެ ފަންނުގެ މަސައްކަތްތެރިއެއްގެ ގޮތުގައި މަސައްކަތްކުރާތާ މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހެއް ކަމުގައިވުން.
  • ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިއެއްނަމަ، އެ ފަންނުގެ މަސައްކަތްތެރިން ޢަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ޚިލާފުވެފައިވާކަމަށް ސާބިތުވެފައިވާ މީހެއް ކަމުގައިނުވުން.
  • ޞިއްޙީ ޚިދުމަތުގެ ފަންނުގައި މަސައްކަތްކުރުމުގައި އެ މީހަކު ކުރި ނުވަތަ ނުކޮށް ދޫކޮށްލި ކަމަކާ ގުޅިގެން ޝަރީއަތަށް ކުށެއް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.
  • ޞިއްޙީ ޚިދުމަތްދެވޭ ތަނުގެ މަސްއޫލުވެރިއެއް ނުވަތަ ބޯޑު މެންބަރެއް ނުވަތަ އެހެންވެސް މަޤާމެއްގައި ހުރި މީހެއްކަމުގައި ނުވުން.
  • ޞިއްޙީ ޚިދުމަތްދޭ ތަނެއްގެ ޙިއްސާ އެމީހެއްގެ އަމިއްލަ ނަމުގައި ނުވަތަ އޭނާގެ ފަރާތުން ޢައްޔަންކޮށްފައިވާ ފަރާތެއްގެ ނަމުގައި ނުވަތަ އޭނާގެ ހިއްސާ ހިމެނޭ ކުންފުންޏެއްގެ ނަމުގައިއޮތް މީހަކު ކަމުގައި ނުވުން.
  • ޤާނޫނެއްގައި ކަނޑައެޅިފައިވާ އިންތިޙާބަކުން މަޤާމަކަށް ހޮވިފައިވާ މީހެއް ކަމުގައި ނުވުން.
  • ސިޔާސީ މަޤާމެއް ފުރަމުންދާ މީހެއްކަމުގައި ނުވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. މެންބަރުކަމަށް އެދި ހުށަހަޅާ ސިޓީ
  2. ތަޢުލީމީ ސެޓުފިކެޓުތައް (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް)
  3. މެންބަރުކަމަށް އެދޭ ފަރާތައް ލިބިފައިވާ މަސައްކަތު ތަޖުރިބާގެ ލިއުންތައް (މަސައްކަތްކުރި ތަނާއި ކުރި މަސައްކަތާއި މުއްދަތު އެނގޭގޮތަށް)
  4. މަސައްކަތުގެ ދާއިރާއިން ވަކި ލައިސަންސެއް ނުވަތަ ހުއްދައެއް ލިބިގެން މަސައްކަތްކުރާ ފަރާތެއް ކަމުގައިވާނަމަ، އެފަދަ ލައިސަންސެއް ނުވަތަ ހުއްދައެއްގެ ކޮޕީ (މިސާލު: ވަކާލާތު ކުރުމުގެ ހުއްދަ)
  5. އިޤްރާރު (އިޤްރާރު ފޯމު މިނިސްޓްރީ އޮފް ހެލްތުގެ ކައުންޓަރ އަދި މިނިސްޓްރީ އޮފް ހެލްތުގެ ވެބްސައިޓު (www.health.gov.mv) އިން ލިބެން ހުންނާނެ)
  6. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  7. ވަނަވަރު

ސުންގަޑި

2016 އޮކްޓޫބަރު 13 ގެ 13:30 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ ކައުންޓަރަށް) އަށް ހުށަހެޅުއްވުން ނުވަތަ މިނިސްޓްރީގެ އީމެއިލް [email protected] އަށް ފޮނުއްވައިދެއްވުން (އީމެއިލް އިން ހުށަހަޅާ އެޕްލިކޭޝަންތަކަށް މިނިސްޓްރީން ލިބުނުކަން އަންގާނެކަމުގައި ދަންނަވަމެވެ. ނަމަވެސް މިނިސްޓްރީން ޖަވާބެއް ނުލިބޭނަމަ މުއްދަތު ހަމަވުމުގެ ކުރިން މިނިސްޓްރީއަށް އެޕްލިކޭޝަން ލިބުނުތޯ ބެއްލެއްވުން އެދެމެވެ.)

އިތުރު މަޢުލޫމާތު

ޤާނޫނު ނަންބަރު 13/2015 (ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނު) މިނިސްޓްރީ އޮފް ހެލްތުގެ ވެބްސައިޓުންނާއި ގެޒެޓުން ބެލެން އޮނާނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަން.

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3014337، 3014468 އަދި 3014480 އެވެ.

 

27 ސެޕްޓެންބަރު 2016