ދިވެހިރާއްޖެ
|
އިޢުލާން |
||||||||||||
|
އަންދާސީހިސާބު ބޭނުންވެއްޖެ މި އެޖެންސީގެ ދަށުން ހުޅުމާލޭގައި ހިންގަމުންދާ ހާފްވޭހައުސްގެ ބައެއް ދޮރުތައް މަރާމާތުކޮށް ބައެއް ދޮރުތައް ބަދަލުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު ނަންބަރު (IUL)434-A/1/2016/67 (30 އޮގަސްޓު 2016) ޢިއުލާނަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް އެއްވެސް ފަރާތަކުން ވަޑައިނުގަންނަވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ހާފްވޭހައުސް (ކުރިކީލަމަގު / ހުޅުމާލެ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުމަށް މި އޭޖެންސީއަށް (ގ.ގްރީންގެ /އަލިކިލެގެފާނުމަގު) ވަޑައިގެން ދެއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
27 ޛުލްޙިއްޖާ 1437 |
