މަސައްކަތް
ނަންބަރު: (IUL)434-A/1/2016/72
ޕަބްލިޝްކުރި ތާރީޚް: 27 ސެޕްޓެންބަރު 2016
ޕަބްލިޝްކުރި ގަޑި: 10:22
ސުންގަޑި: 13 އޮކްޓޫބަރު 2016 00:00
ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
ހާފްވޭހައުސްގެ ބައެއް ދޮރުތައް މަރާމާތުކޮށް ބައެއް ދޮރުތައް ބަދަލުކޮށްދޭނެ ފަރާތެއް ހޯދުމަން

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

މި އެޖެންސީގެ ދަށުން ހުޅުމާލޭގައި ހިންގަމުންދާ ހާފްވޭހައުސްގެ ބައެއް ދޮރުތައް މަރާމާތުކޮށް ބައެއް ދޮރުތައް ބަދަލުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު ނަންބަރު (IUL)434-A/1/2016/67 (30 އޮގަސްޓު 2016) ޢިއުލާނަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް އެއްވެސް ފަރާތަކުން ވަޑައިނުގަންނަވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ހާފްވޭހައުސް (ކުރިކީލަމަގު / ހުޅުމާލެ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުމަށް މި އޭޖެންސީއަށް (ގ.ގްރީންގެ /އަލިކިލެގެފާނުމަގު) ވަޑައިގެން ދެއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

 

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

06 އޮކްޓޫބަރު 2016

ބުރާސްފަތި

10:30 (ހެނދުނު)

އަންދާސީހިސާބު ހުށަހެޅުއްވުން

12 އޮކްޓޫބަރު 2016

ބުދަ

10:30 (ހެނދުނު)

27 ޛުލްޙިއްޖާ 1437

27 ސެޕްޓެންބަރު 2016