ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ ރުއްގަނޑު ކުއްޔަށް ދޫކުރަން

އިޢުލާން

މި އިދާރާގެ ނަންބަރު (IUL)270/INDIV/2016/56 (1 ސެޕްޓެންބަރު 2016) އިޢުލާނާ ގުޅިގެން ރުއްގަނޑު ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް، އެކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުމުން އެކަށީގެންވާ ވަރަށް ތަރުޙީބު ލިބިފައިނުވާތީ، އަލުން އިޢުލާން ކުރަމެވެ.

  • ކުއްޔަށް ދޫކުރަން ބޭނުންވާ ރުއްގަނޑު:
  1. މަކުނުދޫ ރައްޔިތުންގެ ރުއްގަނޑޭ ކިޔޭ ރުއްތައް. (ފޯދިފައިވާ 50 ރުއް)
  • ކުއްޔަށް ދޫކުރަން ބޭނުންވާ މުއްދަތު:

     މީލާދީ 2 (ދޭއް) އަހަރު

  • ސުންގަޑި:

     2016 ސެޕްޓެންބަރު 27 ވާ އަންގާރަދުވަހުގެ 11:00 އެވެ. (މަކުނުދޫ ކައުންސިލުގެ އިދާރާއަށް.)

  • އަގު ހުށަހަޅަންވީ ގޮތް:
  1. މިކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގޭ ވިޔަފާރިތަކަށެވެ.
  2. މިކަމަށް އެދި ހުށަހަޅާ ފޯމު މި އިދާރާއިން ލިބެން ހުންނާނެއެވެ.  
  3. އަގު ފޯމު ހުށަހަޅަންވާނީ، މަތީގައި ދެންނެވިފައިވާ ސުންގަޑީގައި، މި އިދާރާގައި ބޭއްވޭ ބިޑް ބަލައިގަތުމަށް ހަމަޖެހިފައިވާ ކޮމެޓީއަށެވެ.
  4. ބަދަލުގައި ބޭފުޅަކު ދުރުވާނަމަ ބަދަލު ސިޓީ ހުށަހަޅަން ވާނެއެވެ.
  5. ބިޑް ހުށަހަޅަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ، ރަސްމީގަޑީގައި މި އިދާރާގެ ނަންބަރު 6520038 ފޯނާ ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

17 ޛުލްޙިއްޖާ 1437

19 ސެޕްޓެންބަރު 2016
ހޯދާ