ކުއްޔަށް ދިނުން
ނަންބަރު: (IUL)270/INDIV/2016/60
ޕަބްލިޝްކުރި ތާރީޚް: 19 ސެޕްޓެންބަރު 2016
ޕަބްލިޝްކުރި ގަޑި: 14:37
ސުންގަޑި:
27 ސެޕްޓެންބަރު 2016 11:00
ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރައްޔިތުންގެ ރުއްގަނޑު ކުއްޔަށް ދޫކުރަން
އިޢުލާން
މި އިދާރާގެ ނަންބަރު (IUL)270/INDIV/2016/56 (1 ސެޕްޓެންބަރު 2016) އިޢުލާނާ ގުޅިގެން ރުއްގަނޑު ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް، އެކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުމުން އެކަށީގެންވާ ވަރަށް ތަރުޙީބު ލިބިފައިނުވާތީ، އަލުން އިޢުލާން ކުރަމެވެ.
- ކުއްޔަށް ދޫކުރަން ބޭނުންވާ ރުއްގަނޑު:
- މަކުނުދޫ ރައްޔިތުންގެ ރުއްގަނޑޭ ކިޔޭ ރުއްތައް. (ފޯދިފައިވާ 50 ރުއް)
- ކުއްޔަށް ދޫކުރަން ބޭނުންވާ މުއްދަތު:
މީލާދީ 2 (ދޭއް) އަހަރު
- ސުންގަޑި:
2016 ސެޕްޓެންބަރު 27 ވާ އަންގާރަދުވަހުގެ 11:00 އެވެ. (މަކުނުދޫ ކައުންސިލުގެ އިދާރާއަށް.)
- އަގު ހުށަހަޅަންވީ ގޮތް:
- މިކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގޭ ވިޔަފާރިތަކަށެވެ.
- މިކަމަށް އެދި ހުށަހަޅާ ފޯމު މި އިދާރާއިން ލިބެން ހުންނާނެއެވެ.
- އަގު ފޯމު ހުށަހަޅަންވާނީ، މަތީގައި ދެންނެވިފައިވާ ސުންގަޑީގައި، މި އިދާރާގައި ބޭއްވޭ ބިޑް ބަލައިގަތުމަށް ހަމަޖެހިފައިވާ ކޮމެޓީއަށެވެ.
- ބަދަލުގައި ބޭފުޅަކު ދުރުވާނަމަ ބަދަލު ސިޓީ ހުށަހަޅަން ވާނެއެވެ.
- ބިޑް ހުށަހަޅަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ.
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ، ރަސްމީގަޑީގައި މި އިދާރާގެ ނަންބަރު 6520038 ފޯނާ ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
17 ޛުލްޙިއްޖާ 1437
19 ސެޕްޓެންބަރު 2016