ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑުވެރިކަން ކުރުމަށް ކުއްޔަށް ބިން ދޫކުރުން

އިޢުލާން

* ހދ. ނޭކުރެންދޫން ދަނޑުވެރިކަން ކުރުމަށް ކުއްޔަށް ބިންދޫކުރުން

ހދ. ނޭކުރެންދޫން 100000 (އެއްލައްކަ) އަކަފޫޓުގެ ބިން ދަނޑުވެރިކަން ކުރުމަށް ދޫކުރުމަށް ކައުންސިލުން ނިންމާފައިވާތީ ބިން ހޯދަން ބޭނުންވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުމަށް ފުރުޞަތު ހުޅުވާލައި ކުރި އިޢުލާން ނަންބަރު (IUL) 268/2016/65 24 އޮގަސްޓު 2016 އިޢުލާން ބާޠިލުކޮށް، ދަނޑުބިން ހޯދަން ބޭނުންވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުމަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، ޕްރޮޕޯޒަލް ހުށަހެޅުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 ސެޕްޓެންބަރު 21 ވާ ބުދަދުވަހުގެ 13:00 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ސެޕްޓެންބަރު 27 ވާ އަންގާރަދުވަހުގެ 13:00އަށް މި އިދާރާއަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެވާހަކަ މި ފުރުޞަތުގައި ދެންނެވީމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި އިދާރާގެ ނަންބަރު 6520042 އަށް ގުޅުއްވުން އެދެމެވެ.

މާކްސް ދެވޭ ކްރައިޓީރިއާ

މާކްސް ދެވޭ ގޮތް

ތަފުސީލު

ފޯމިއުލާ

ބިމުކުލީގެ އަގު

70%

  • ޚިދުމަތުގެ އަގަށް ދެވޭ މާކްސް
  • މާކްސް ދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމެޓީން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ބޮޑުއަގަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓްކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހައިލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ބޮޑު އަގަކަށެވެ.

(Submitted Price / Benchmark Price ) x Allocated Percentage

ކުރާ އިންވެސްޓް އަދި ދިވެހި މުވައްޒަފުންގެ އަދަދަށް

10%
  • ކުރާ އިންވެސްޓާއި ދިވެހި މުވައްޒަފުންގެ އަދަދަށް ދެވޭ މާކްސް
  • މާކްސް ދެވޭނީ މި އިދާރާގެ ބިޑް އިވެލުއޭޝަން ކޮމެޓީން ފާސްވާ ފަރާތްތަކުން ހުށަހަޅާ މުވައްޒަފުންގެ އަދަދުގެ ތެރެއިން އެކަށީގެންވާ އެންމެ ގިނަ އަދަދު އެއީ ބެންޗްމާކެއް ކަމުގައި ބަލައިގެން ހުރިހާ މުވައްޒަފުންގެ އަދަދު މެދުގައި ލިބޭ % (އިންސައްތަ)
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެކަށީގެންވާ އެންމެ ގިނަ ދިވެހި މުވައްޒަފުން ގެންގުޅޭ ފަރާތަކަށެވެ.
  • މަތީގައިވާ ބީދައިން އިންވެސްޓުގެ ވެސް އެންމެ މަތީ މާކްސް ލިބޭނީ އެންމެ ބޮޑު އިންވެސްޓެއް ކުރާ ފަރާތަކަށެވެ.
  • މިގޮތުން ދެވޭނީ އިންވެސްޓަށް %5 އަދި ދިވެހި މުވައްޒަފުންގެ އަދަދަށް %5

(Benchmark no of locals / Submitted no of locals ) x Allocated Percentage

ކޯޕަރޭޓް ސޯޝިއަލް ރެސްޕޮންސިބިލިޓީ

20%

  • އިޖުތިމާޢީ ކަންކަމަށް އެންމެ ގިނަ ހަރަކާތްތަކެއް ހިންގާ/ ކަންތައްތަކެއް ކޮށްދޭ ފަރާތަކަށް ދެވޭ މާކްސް
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ ކުއްޔަށް ހިފާ މުއްދަތުގައި އިޖުތިމާޢީ ކަންކަމަށް އެންމެ ގިނަ ހަރަކާތްތަކެއް ހިންގާ ނުވަތަ ކަނތައްތަކެއް ކޮށްދޭ ފަރާތްތަކަށެވެ.

( Submitted number of activities /Benchmark number of activities)  x Allocated Percentage

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

4 ޛުލްޙިއްޖާ 1437

06 ސެޕްޓެންބަރު 2016
ހޯދާ