ދިވެހިރާއްޖެ
އިޢުލާން
* ހދ. ނޭކުރެންދޫން ދަނޑުވެރިކަން ކުރުމަށް ކުއްޔަށް ބިންދޫކުރުން
ހދ. ނޭކުރެންދޫން 100000 (އެއްލައްކަ) އަކަފޫޓުގެ ބިން ދަނޑުވެރިކަން ކުރުމަށް ދޫކުރުމަށް ކައުންސިލުން ނިންމާފައިވާތީ ބިން ހޯދަން ބޭނުންވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުމަށް ފުރުޞަތު ހުޅުވާލައި ކުރި އިޢުލާން ނަންބަރު (IUL) 268/2016/65 24 އޮގަސްޓު 2016 އިޢުލާން ބާޠިލުކޮށް، ދަނޑުބިން ހޯދަން ބޭނުންވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުމަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، ޕްރޮޕޯޒަލް ހުށަހެޅުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 ސެޕްޓެންބަރު 21 ވާ ބުދަދުވަހުގެ 13:00 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ސެޕްޓެންބަރު 27 ވާ އަންގާރަދުވަހުގެ 13:00އަށް މި އިދާރާއަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެވާހަކަ މި ފުރުޞަތުގައި ދެންނެވީމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި އިދާރާގެ ނަންބަރު 6520042 އަށް ގުޅުއްވުން އެދެމެވެ.
މާކްސް ދެވޭ ކްރައިޓީރިއާ |
މާކްސް ދެވޭ ގޮތް |
ތަފުސީލު |
ފޯމިއުލާ |
ބިމުކުލީގެ އަގު |
70% |
|
(Submitted Price / Benchmark Price ) x Allocated Percentage |
ކުރާ އިންވެސްޓް އަދި ދިވެހި މުވައްޒަފުންގެ އަދަދަށް |
10% |
|
(Benchmark no of locals / Submitted no of locals ) x Allocated Percentage |
ކޯޕަރޭޓް ސޯޝިއަލް ރެސްޕޮންސިބިލިޓީ |
20% |
|
( Submitted number of activities /Benchmark number of activities) x Allocated Percentage |
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
4 ޛުލްޙިއްޖާ 1437