ދިވެހިރާއްޖެ
އިޢުލާން
ބ. ކިހާދޫ ކައުންސިލް އިދާރާގެ އިމާރާތާ ގުޅުވައިގެން ހަދަން ގަސްތުކުރާ 1 ކޮޓަރިއާއި ފާޚާނާ އަދި ދޮންނަ ބައިގެ އިމާރާތުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ބޭނުންވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 20 ވާ އަންގާރަދުވަހުގެ މެންދުރުކުރީގެ 11:00 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ސެޕްޓެންބަރު 29 ވާ ބުރާސްފަތިދުވަހުގެ 13:30 އަށް އަންދާސީހިސާބާއެކު ކިހާދޫ ކައުންސިލުގެ އިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ އަންދާސީހިސާބުތައް ހުންނަންވާނީ ސިޓީއުރައަކަށް ލައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ތިރީގައިވާ މަޢުލޫމާތު ލިޔެފައި ހުންނަންވާނެއެވެ.
- ބ. ކިހާދޫ ކައުންސިލުގެ އިދާރާގައި ކޮޓަރިއާއި ފާޚާނާ އަދި ދޮންނަބައި އިމާރާތުގެ މަސައްކަތް
- އެސްޓިމޭޓް ހުށަހަޅާފަރާތުގެ ނަމާއި އެޑްރެސް އަދި ގުޅޭނެ ފޯން ނަންބަރު
އަންދާސީހިސާބާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއި ފުރިހަމަނުވާ އަންދާސީހިސާބުތައް އަދި މަޢުލޫމާތު ސާފުކޮށްދިނުމަށް ބާއްވާ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
2 ޛުލްޙިއްޖާ 1437