މަސައްކަތް
ނަންބަރު: (IUL)316/316/2016/27
ޕަބްލިޝްކުރި ތާރީޚް: 04 ސެޕްޓެންބަރު 2016
ޕަބްލިޝްކުރި ގަޑި: 11:10
ސުންގަޑި: 20 ސެޕްޓެންބަރު 2016 11:00
މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން

އިޢުލާން

ބ. ކިހާދޫ ކައުންސިލް އިދާރާގެ އިމާރާތާ ގުޅުވައިގެން ހަދަން ގަސްތުކުރާ 1 ކޮޓަރިއާއި ފާޚާނާ އަދި ދޮންނަ ބައިގެ އިމާރާތުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ބޭނުންވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 20 ވާ އަންގާރަދުވަހުގެ މެންދުރުކުރީގެ 11:00 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ސެޕްޓެންބަރު 29 ވާ ބުރާސްފަތިދުވަހުގެ 13:30 އަށް އަންދާސީހިސާބާއެކު ކިހާދޫ ކައުންސިލުގެ އިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ  އަންދާސީހިސާބުތައް ހުންނަންވާނީ ސިޓީއުރައަކަށް ލައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ތިރީގައިވާ މަޢުލޫމާތު ލިޔެފައި ހުންނަންވާނެއެވެ.

  • ބ. ކިހާދޫ ކައުންސިލުގެ އިދާރާގައި ކޮޓަރިއާއި ފާޚާނާ އަދި ދޮންނަބައި އިމާރާތުގެ މަސައްކަތް
  • އެސްޓިމޭޓް ހުށަހަޅާފަރާތުގެ ނަމާއި އެޑްރެސް އަދި ގުޅޭނެ ފޯން ނަންބަރު

އަންދާސީހިސާބާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއި ފުރިހަމަނުވާ އަންދާސީހިސާބުތައް އަދި މަޢުލޫމާތު ސާފުކޮށްދިނުމަށް ބާއްވާ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ. 

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

2 ޛުލްޙިއްޖާ 1437

04 ސެޕްޓެންބަރު 2016