ދިވެހިރާއްޖެ
އިޢުލާން
ސްޕޯޓްސް އެރީނާ ޕްރޮޖެކްޓުގެ ދަށުން ބިލެތްދޫގައި ޤާއިމުކުރެވޭ 2 ވޮލީކޯޓާއި، ނެޓްބޯޅަކޯޓުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ މިންގަނޑާއި، މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 26 ވާ ހޯމަދުވަހުގެ 13:00 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ސެޕްޓެމްބަރ 29 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 11.00ށް މި އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ދިނުމުގެ ސެޝަންތަކުގައި ބައިވެރިވެވޭނީ އެއްލައްކަރުފިޔާއިން ދަށް -/100 ރުފިޔާ، އެއްލައްކަރުފިޔާއާއި، ފަސްލައްކަރުފިޔާއާ ދެމެދު -/200 ރުފިޔާ، ފަސްލައްކަ ރުފިޔާއިން މަތި -/500 ރުފިޔާގެ ފީއެއް ދެއްކުމުންނެވެ.
އަންދާސީހިސާބު ހުށަހަޅަންވާނީ ސިޓީއުރައެއްގައި ބަންދުކޮށް، ސިޓީއުރައިގެ ބޭރުގައި "ބިލެތްދޫގައި ޤާއިމުކުރެވޭ 2 ވޮލީކޯޓާއި، ނެޓްބޯޅަކޯޓުގެ މަސައްކަތުގެ އަންދާސީހިސާބު" މިހެން ލިޔުމަށްފަހުގައެވެ.
ތިރީގައިމިވާ ހާލަތްތަކުގައި އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަން:
- މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ބޭފުޅުންގެ އަންދާސީހިސާބުތައް
- ފެކްސް މެދުވެރިކޮށް ހުށަހަޅާ އަންދާސީހިސާބުތައް
- ގަޑިޖެހުމަށްފަހު ގެންނަ އަންދާސީހިސާބުތައް
- މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް
- މަޢުލޫމާތު ފުރިހަމަކޮށް ސޮއިކޮށްފައިނުވާ އަންދާސީހިސާބުތައް
- މި އިދާރާއިން އަންދާސީހިސާބު ހުށަހެޅުމަށް ދޫކުރާ ފޯމުގައި ނޫންގޮތަކަށް ހުށަހަޅާ އަންދާސީހިސާބު