މަސައްކަތް
ނަންބަރު: 371-B2/2016/60
ޕަބްލިޝްކުރި ތާރީޚް: 05 ސެޕްޓެންބަރު 2016
ޕަބްލިޝްކުރި ގަޑި: 11:03
ސުންގަޑި: 26 ސެޕްޓެންބަރު 2016 13:00
ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޮލީކޯޓާއި، ނެޓްބޯޅަކޯޓުގެ މަސައްކަތްކޮށްދޭނޭ ފަރާތެއް ހޯދަން

އިޢުލާން

ސްޕޯޓްސް އެރީނާ ޕްރޮޖެކްޓުގެ ދަށުން ބިލެތްދޫގައި ޤާއިމުކުރެވޭ 2 ވޮލީކޯޓާއި، ނެޓްބޯޅަކޯޓުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ މިންގަނޑާއި، މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 26 ވާ ހޯމަދުވަހުގެ 13:00 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ސެޕްޓެމްބަރ 29 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު  11.00ށް މި އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ދިނުމުގެ ސެޝަންތަކުގައި ބައިވެރިވެވޭނީ އެއްލައްކަރުފިޔާއިން ދަށް -/100 ރުފިޔާ، އެއްލައްކަރުފިޔާއާއި، ފަސްލައްކަރުފިޔާއާ ދެމެދު -/200 ރުފިޔާ، ފަސްލައްކަ ރުފިޔާއިން މަތި -/500 ރުފިޔާގެ ފީއެއް ދެއްކުމުންނެވެ.

އަންދާސީހިސާބު ހުށަހަޅަންވާނީ ސިޓީއުރައެއްގައި ބަންދުކޮށް، ސިޓީއުރައިގެ ބޭރުގައި "ބިލެތްދޫގައި ޤާއިމުކުރެވޭ 2 ވޮލީކޯޓާއި، ނެޓްބޯޅަކޯޓުގެ މަސައްކަތުގެ އަންދާސީހިސާބު" މިހެން ލިޔުމަށްފަހުގައެވެ.

ތިރީގައިމިވާ ހާލަތްތަކުގައި އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަން:

   - މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ބޭފުޅުންގެ އަންދާސީހިސާބުތައް

   - ފެކްސް މެދުވެރިކޮށް ހުށަހަޅާ އަންދާސީހިސާބުތައް

   - ގަޑިޖެހުމަށްފަހު ގެންނަ އަންދާސީހިސާބުތައް

   - މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް

   - މަޢުލޫމާތު ފުރިހަމަކޮށް ސޮއިކޮށްފައިނުވާ އަންދާސީހިސާބުތައް

   - މި އިދާރާއިން އަންދާސީހިސާބު ހުށަހެޅުމަށް ދޫކުރާ ފޯމުގައި ނޫންގޮތަކަށް ހުށަހަޅާ އަންދާސީހިސާބު

05 ސެޕްޓެންބަރު 2016