ހއ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ކުޑަދޮރުތައް އެލްމެނިއަމް ސްލައިޑިންގ ވިންޑޯއަށް ބަދަލުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު

ހއ. އަތޮޅު މަދަރުސާގެ ބްލޮކް 5 ގެ 4 ކުލާސްރޫމުގެ ކުޑަދޮރުތައް އެލްމެނިއަމް ސްލައިޑިންގ ވިންޑޯއަށް ބަދަލުކުރުމަށް ބޭނުންވެއްޖެއެވެ.

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުމަށް ދެންނެވީމެވެ.

މިކަމަށް ކުރިމަތިލެވޭނީ، ރަޖިސްޓަރީ ކޮށްފައިވާ ވިޔަފާރި / ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ނަމުގައި ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށެވެ.

އަންދާސީހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު ވިޔަފާރި / ކުންފުނި ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީގެ ކޮޕީ ގެންނެވުމަށްވެސް ދެންނެވީމެވެ. އަދި ބަދަލުގައި މީހަކު ފޮނުއްވާނަމަ އެކަން ބަޔާންކޮށް ސިޓީއެއް ފޮނުއްވުން އެދެމެވެ.

ތަފުސީލު

ތާރީޚު

ގަޑި

ތަން

މަޢުލޫމާތު ސާފުކުރުން

20 ސެޕްޓެންބަރު 2016 (އަންގާރަ)

13:00

މަދަރުސާގެ އޮފީސް

އަންދާސީހިސާބު ހުށަހެޅުން

27 ސެޕްޓެންބަރު 2016 (އަންގާރަ)

13:00

މަދަރުސާގެ އޮފީސް

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ، ރަސްމީގަޑީގައި، 6500048 ނަންބަރު ފޯނާ ގުޅުއްވުމަށް ދެންނެވީމެވެ.

03 ޛުލްޙިއްޖާ 1437

05 ސެޕްޓެންބަރު 2016
ހޯދާ