ދިވެހިރާއްޖެ
އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު
ހއ. އަތޮޅު މަދަރުސާގެ ބްލޮކް 5 ގެ 4 ކުލާސްރޫމުގެ ކުޑަދޮރުތައް އެލްމެނިއަމް ސްލައިޑިންގ ވިންޑޯއަށް ބަދަލުކުރުމަށް ބޭނުންވެއްޖެއެވެ.
ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުމަށް ދެންނެވީމެވެ.
މިކަމަށް ކުރިމަތިލެވޭނީ، ރަޖިސްޓަރީ ކޮށްފައިވާ ވިޔަފާރި / ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ނަމުގައި ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށެވެ.
އަންދާސީހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު ވިޔަފާރި / ކުންފުނި ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީގެ ކޮޕީ ގެންނެވުމަށްވެސް ދެންނެވީމެވެ. އަދި ބަދަލުގައި މީހަކު ފޮނުއްވާނަމަ އެކަން ބަޔާންކޮށް ސިޓީއެއް ފޮނުއްވުން އެދެމެވެ.
ތަފުސީލު |
ތާރީޚު |
ގަޑި |
ތަން |
މަޢުލޫމާތު ސާފުކުރުން |
20 ސެޕްޓެންބަރު 2016 (އަންގާރަ) |
13:00 |
މަދަރުސާގެ އޮފީސް |
އަންދާސީހިސާބު ހުށަހެޅުން |
27 ސެޕްޓެންބަރު 2016 (އަންގާރަ) |
13:00 |
މަދަރުސާގެ އޮފީސް |
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ، ރަސްމީގަޑީގައި، 6500048 ނަންބަރު ފޯނާ ގުޅުއްވުމަށް ދެންނެވީމެވެ.
03 ޛުލްޙިއްޖާ 1437