ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ.
މި ސްކޫލުގައި އުފެދޭ ކުނި، ކޮންޓްރެކްޓް އުސޫލުން އުކައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން 22 އޮގަސްޓު 2016 ގައި ކޮށްފައިވާ HS-B/IUL/2016/08 ނަންބަރު އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަތީ 2 ފަރާތުން ކަމުގައިވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ.
މި ސްކޫލުގައި އުފެދޭ ކުނި، ކޮންޓްރެކްޓް އުސޫލުން އުކައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެވާހަކަ ދެންނެވީމެވެ.
|
ތާރީޚު |
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފުކުރުން |
5 ސެޕްޓެންބަރު 2016 |
ހޯމަ |
މެންދުރުފަހުގެ 2:00 |
އަންދާސީހިސާބު ހުށަހެޅުއްވުން |
8 ސެޕްޓެންބަރު 2016 |
ބުރާސްފަތި |
ހެނދުނު 11:00 |
26 ޛުލްޤަޢިދާ 1437