މަސައްކަތް
ނަންބަރު: HS-B/IUL/2016/11
ޕަބްލިޝްކުރި ތާރީޚް: 29 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 13:10
ސުންގަޑި: 05 ސެޕްޓެންބަރު 2016 13:00
ހިރިޔާ ސްކޫލް
ދިވެހިރާއްޖެ
ކުނި އުކައިދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ.

މި ސްކޫލުގައި އުފެދޭ ކުނި، ކޮންޓްރެކްޓް އުސޫލުން އުކައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން 22 އޮގަސްޓު 2016 ގައި ކޮށްފައިވާ HS-B/IUL/2016/08 ނަންބަރު އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަތީ 2 ފަރާތުން ކަމުގައިވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ.

މި ސްކޫލުގައި އުފެދޭ ކުނި، ކޮންޓްރެކްޓް އުސޫލުން އުކައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެވާހަކަ ދެންނެވީމެވެ.

 

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

5 ސެޕްޓެންބަރު 2016

ހޯމަ

މެންދުރުފަހުގެ 2:00

އަންދާސީހިސާބު ހުށަހެޅުއްވުން

8 ސެޕްޓެންބަރު 2016

ބުރާސްފަތި

ހެނދުނު 11:00

26 ޛުލްޤަޢިދާ 1437

29 އޮގަސްޓް 2016