މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް މިދަންނަވާ ތަކެތިގަންނަން ބޭނުންވެއްޖެ

އިއުލާން

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް މިދަންނަވާ ތަކެތިގަންނަން ބޭނުންވެއްޖެ

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވލޮޕްމަންޓަށް ލެޕްޓޮޕް ހޯދުމަށް ބޭނުންވެގެން ކުރުވުނު ނަންބަރު (IUL)101-AF/1/2016/145 އިޢުލާނުގައި މަޢުލޫމާތު ފުރިހަމަވެފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާންކުރަމެވެ.

1. ސްޕެސިފިކޭޝަން

ބޭނުންވާ ތަކެތި

ނެސް

ބޭނުންވާ އަދަދު

2

ތަފުސީލު

 

Intel® Xeon® or Dual-Core 64-bit processor

Processor

4 GB or Higher                        

Memory

4 Bay

Bay

4 TB

Hard Drive

Two (2) 10/100/1000 Base-TX (Gigabit Ethernet)

Networking

Web-based interface through http/https

Management

  • Windows 8 (32-bit/64-bit)
  • Windows 7 (32-bit/64-bit)
  • Windows Server 2008 R2
  • Windows Server 2008
  • Mac OS 10.6 and later

Client OS Supported

Ethernet

Interface

ReadyRails™ sliding rails with optional cable management arm for 4-post racks (optional adapter brackets required for threaded hole racks)

Rack support

2. ބިޑު ނުވަތަ އަންދާސީހިސާބު ހުށަހެޅުން

2.1  އަންދާސީހިސާބު ހުށަހަޅާނީ މަޢުލޫމާތު ކަރުދާހާ އެކުގައިވާ "ބިޑް ހުށަހަޅާ ފޯމު" ފުރިހަމަކުރުމަށްފަހު އެ ފޯމާއެކުގައި، 2016 ސެޕްޓެންބަރު 8 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކޯސްޓް ގާޑާއި ޖެހިގެން އިރަށް ހުންނަ) ޢިމާރާތަށެވެ. "ބިޑް ހުށަހަޅާ ފޯމު" މި ކަރުދާހުގައި ހިމަނާފައިވާނެއެވެ. ވުމާއެކު، ބިޑު ހުށަހަޅާ ފޯމު ހިމަނާފައިނުވާ ބިޑުތައް ބަލައިނުގަނެވޭނެއެވެ.

2.2 މަސައްކަތުގެ އަގު ހުށަހަޅަންވާނީ ދިވެހި ރުފިޔާއިންނެވެ. އަދި ޖުމުލަ އަގު ހުށަހަޅަންވާނީ ޖީ.އެސް.ޓީ އާއި އިތުރު ޚަރަދުތައްވެސް ހިމަނައިގެންނެވެ. މި އަގުގެ ތެރޭގައި ފޮރުވިފައިވާ އެއްވެސް އިތުރު ފީއެއް ނުވަތަ ޓެކުހެއް ނުވަތަ އެއްވެސް ފަރާތަކަށް ދޭންވާ ލައިސަންސް ފީއެއް ފަދަ އެއްވެސް ފައިސާއެއް ހިމެނިގެންނުވާނެއެވެ.

2.3 ބިޑް ހުށަހަޅާއިރު އިޢުލާނުގައިވާ ސްޕެސިފިކޭޝަންގެ ތަކެތީގެ ތަފުސީލު ހިމެނޭ ސްޕެސިފިކޭޝަން ޑޮކިއުމެންޓެއް ހުށަހަޅަންވާނެއެވެ. މި ކަރުދާހުގައި މޮޑެލް، ބްރޭންޑް އަދި ޓެކްނިކަލް ޑޭޓާޝީޓް ހިމަނަންވާނެއެވެ.

2.4 ބިޑް ހުށަހަޅާ ފަރާތަކީ ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކުރެވިގެން ހިންގޭ ވިޔަފާރިއަކަށްވާންޖެހޭނެއެވެ.

2.5 އަންދާސީހިސާބު ހުށަހަޅަނީ ކުންފުނި، ޕާރޓްނާޝިޕް ނުވަތަ ކޯރޕަރޭޓިވް ސޮސއިޓީ ނުވަތަ ސޯލްޓްރޭޑާއެއްގެ ނަމުގައިނަމަ، އެ ވިޔަފާރި ސަރުކާރުގައި ރަޖިސްޓަރީކޮށްފައިވާ ލިޔުމުގެ އަސްލާ އެއްގޮތް ކޮޕީއެއް، ހުށަހަޅަންވާނެއެވެ.

2.6 އަންދާސީހިސާބު ހުށަހަޅަންވާނީ ސިޓީއުރައެއްގައި ބަންދުކުރައްވާފައެވެ. ސިޓީއުރަ އޮންނަންވާނީ ތިރީގައިވާ ގޮތަށް އެޑްރެސްކޮށް ބޭރުގައި އިޢުލާނު ނަންބަރު ޖަހާފައެވެ.

އިންފޮމެޝަން ޓެކްނޮލޮޖީ އެންޑް ޕަބްލިކް ރިލޭޝަން ޔުނިޓް

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

މާލެ، ދިވެހިރާއްޖެ

2.7 އަންދާސީހިސާބު ހުޅުވާނީ 2016 ސެޕްޓެންބަރު 8 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ފުރަތަމަ ފަންގިފިލާގައި ހުންނަ ކޮންފަރެންސް ރޫމުގައި، ހުށަހެޅި ފަރާތްތަކުގެ ނުވަތަ އެފަރާތުން ކަނޑައެޅިފައިވާ ފަރާތްތަކާ އެއް ހާޒިރުގައެވެ.

3. ހުށަހަޅަން ޖެހޭ ތަކެތި

3.1 ބިޑް ސަބްމިޝަން ފޯމު

3.2 ކުންފުނީގެ ޕުރޮފައިލް

3.3 ޕުރޮޕޯސަލް (ރިފަރެންސް ޑޮކިއުމެންޓާއެކު، 3.2 ގައި ވާ މަޢުލޫމާތު ހިމަނައިގެން)

3.4 ހުށަހަޅާ ފަރާތުގެ ވިޔަފާރި ރަޖިސްޓަރީގެ އަސްލާއެއްގޮތް ކޮޕީއެއް

4. މާރކްސް ދިނުމަށް ހަމަޖެހިފައިވާ އުސޫލު

#

މާރކްސްދެވޭ ކަންކަން

މާރކްސްދެވޭ %

ތަފުސީލު

4.1

އަގު

40%

  • މާރކްސްދެވޭނީ ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާރކް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.

4.2

ސްޕެސިފިކޭޝަންއަށް ދޭމާރކްސް

30%

  • މާރކްސް ދެވޭނީ ހުށަހަޅާ އެންމެ މަތީ ސްޕެސިފިކޭޝަނަކީ ބެންޗްމާރކް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ ސްޕެސިފިކޭޝަން ތަކެއްގެ މެދުގައި ބަހާލައިގެންނެވެ.

4.3

ޑެލިވަރީ ކޮށްދޭނެ ކަމަށް ހުށަހަޅާ މުއްދަތަށް ދެވޭމާރކްސް

5%

  • މާރކްސްދެވޭނީ ހުށަހަޅާ އެންމެ ކުރު މުއްދަތަކީ ބެންޗްމާރކް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ މުއްދަތުގެ މެދުގައި ބަހާލައިގެންނެވެ.

4.4

ތަކެތީގެ ވޮރަންޓީ

15%

  • މާރކްސް ދެވޭނީ ހުށަހަޅާ އެންމެ ދިގު މުއްދަތަކީ ބެންޗްމާރކް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ މުއްދަތުގެ މެދުގައި ބަހާލައިގެންނެވެ.

4.5

މަސައްކަތުގެ  ތަޖުރިބާ

10%

  • މަސައްކަތުގެ ތަޖުރިބާއަށް ދޭ މާރކްސް.
  • މާރކްސް ދިނުމުގައި ބަލާނީ މިފަދަ މަސައްކަތް ދީފައިވާ ފަރާތްތަކުން، މަސައްކަތް ކާމިޔާބު ކަމާއެކު ކޮށް ނިންމާދީފައިވާ ކަމަށް ބަޔާންކޮށް ދީފައިވާ ލިޔުމުގެ އަދަދަށް ބަލައި، އެންމެ ގިނަ އަދަދަކީ ބެންޗްމާރކް ކަމުގައި ބަލައިގެންނެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި މިނިސްޓްރީގެ ނަންބަރު:3333119، 7675213 އަށް ގުޅުއްވުން އެދެމެވެ.

ނޯޓު: ބިޑު އިވެލުޝަނަށްފަހު، އެއްވެސް ޝަކުވާއެއް ވާނަމަ މި މިނިސްޓްރީއަށް ސިޓީއަކުން ހުށަހެޅުމުން އެފަރާތަކަށް ޖަވާބު ދެވޭނެއެވެ.

30 އޮގަސްޓް 2016
ހޯދާ