ދިވެހިރާއްޖެ
އިއުލާން
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް މިދަންނަވާ ތަކެތިގަންނަން ބޭނުންވެއްޖެ
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވލޮޕްމަންޓަށް ލެޕްޓޮޕް ހޯދުމަށް ބޭނުންވެގެން ކުރުވުނު ނަންބަރު (IUL)101-AF/1/2016/145 އިޢުލާނުގައި މަޢުލޫމާތު ފުރިހަމަވެފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާންކުރަމެވެ.
1. ސްޕެސިފިކޭޝަން
ބޭނުންވާ ތަކެތި |
ނެސް |
|
ބޭނުންވާ އަދަދު |
2 |
|
ތަފުސީލު |
|
|
Intel® Xeon® or Dual-Core 64-bit processor |
Processor |
|
4 GB or Higher |
Memory |
|
4 Bay |
Bay |
|
4 TB |
Hard Drive |
|
Two (2) 10/100/1000 Base-TX (Gigabit Ethernet) |
Networking |
|
Web-based interface through http/https |
Management |
|
|
Client OS Supported |
|
Ethernet |
Interface |
|
ReadyRails™ sliding rails with optional cable management arm for 4-post racks (optional adapter brackets required for threaded hole racks) |
Rack support |
2. ބިޑު ނުވަތަ އަންދާސީހިސާބު ހުށަހެޅުން
2.1 އަންދާސީހިސާބު ހުށަހަޅާނީ މަޢުލޫމާތު ކަރުދާހާ އެކުގައިވާ "ބިޑް ހުށަހަޅާ ފޯމު" ފުރިހަމަކުރުމަށްފަހު އެ ފޯމާއެކުގައި، 2016 ސެޕްޓެންބަރު 8 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކޯސްޓް ގާޑާއި ޖެހިގެން އިރަށް ހުންނަ) ޢިމާރާތަށެވެ. "ބިޑް ހުށަހަޅާ ފޯމު" މި ކަރުދާހުގައި ހިމަނާފައިވާނެއެވެ. ވުމާއެކު، ބިޑު ހުށަހަޅާ ފޯމު ހިމަނާފައިނުވާ ބިޑުތައް ބަލައިނުގަނެވޭނެއެވެ.
2.2 މަސައްކަތުގެ އަގު ހުށަހަޅަންވާނީ ދިވެހި ރުފިޔާއިންނެވެ. އަދި ޖުމުލަ އަގު ހުށަހަޅަންވާނީ ޖީ.އެސް.ޓީ އާއި އިތުރު ޚަރަދުތައްވެސް ހިމަނައިގެންނެވެ. މި އަގުގެ ތެރޭގައި ފޮރުވިފައިވާ އެއްވެސް އިތުރު ފީއެއް ނުވަތަ ޓެކުހެއް ނުވަތަ އެއްވެސް ފަރާތަކަށް ދޭންވާ ލައިސަންސް ފީއެއް ފަދަ އެއްވެސް ފައިސާއެއް ހިމެނިގެންނުވާނެއެވެ.
2.3 ބިޑް ހުށަހަޅާއިރު އިޢުލާނުގައިވާ ސްޕެސިފިކޭޝަންގެ ތަކެތީގެ ތަފުސީލު ހިމެނޭ ސްޕެސިފިކޭޝަން ޑޮކިއުމެންޓެއް ހުށަހަޅަންވާނެއެވެ. މި ކަރުދާހުގައި މޮޑެލް، ބްރޭންޑް އަދި ޓެކްނިކަލް ޑޭޓާޝީޓް ހިމަނަންވާނެއެވެ.
2.4 ބިޑް ހުށަހަޅާ ފަރާތަކީ ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކުރެވިގެން ހިންގޭ ވިޔަފާރިއަކަށްވާންޖެހޭނެއެވެ.
2.5 އަންދާސީހިސާބު ހުށަހަޅަނީ ކުންފުނި، ޕާރޓްނާޝިޕް ނުވަތަ ކޯރޕަރޭޓިވް ސޮސއިޓީ ނުވަތަ ސޯލްޓްރޭޑާއެއްގެ ނަމުގައިނަމަ، އެ ވިޔަފާރި ސަރުކާރުގައި ރަޖިސްޓަރީކޮށްފައިވާ ލިޔުމުގެ އަސްލާ އެއްގޮތް ކޮޕީއެއް، ހުށަހަޅަންވާނެއެވެ.
2.6 އަންދާސީހިސާބު ހުށަހަޅަންވާނީ ސިޓީއުރައެއްގައި ބަންދުކުރައްވާފައެވެ. ސިޓީއުރަ އޮންނަންވާނީ ތިރީގައިވާ ގޮތަށް އެޑްރެސްކޮށް ބޭރުގައި އިޢުލާނު ނަންބަރު ޖަހާފައެވެ.
އިންފޮމެޝަން ޓެކްނޮލޮޖީ އެންޑް ޕަބްލިކް ރިލޭޝަން ޔުނިޓް
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
މާލެ، ދިވެހިރާއްޖެ
2.7 އަންދާސީހިސާބު ހުޅުވާނީ 2016 ސެޕްޓެންބަރު 8 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ފުރަތަމަ ފަންގިފިލާގައި ހުންނަ ކޮންފަރެންސް ރޫމުގައި، ހުށަހެޅި ފަރާތްތަކުގެ ނުވަތަ އެފަރާތުން ކަނޑައެޅިފައިވާ ފަރާތްތަކާ އެއް ހާޒިރުގައެވެ.
3. ހުށަހަޅަން ޖެހޭ ތަކެތި
3.1 ބިޑް ސަބްމިޝަން ފޯމު
3.2 ކުންފުނީގެ ޕުރޮފައިލް
3.3 ޕުރޮޕޯސަލް (ރިފަރެންސް ޑޮކިއުމެންޓާއެކު، 3.2 ގައި ވާ މަޢުލޫމާތު ހިމަނައިގެން)
3.4 ހުށަހަޅާ ފަރާތުގެ ވިޔަފާރި ރަޖިސްޓަރީގެ އަސްލާއެއްގޮތް ކޮޕީއެއް
4. މާރކްސް ދިނުމަށް ހަމަޖެހިފައިވާ އުސޫލު
# |
މާރކްސްދެވޭ ކަންކަން |
މާރކްސްދެވޭ % |
ތަފުސީލު |
4.1 |
އަގު |
40% |
|
4.2 |
ސްޕެސިފިކޭޝަންއަށް ދޭމާރކްސް |
30% |
|
4.3 |
ޑެލިވަރީ ކޮށްދޭނެ ކަމަށް ހުށަހަޅާ މުއްދަތަށް ދެވޭމާރކްސް |
5% |
|
4.4 |
ތަކެތީގެ ވޮރަންޓީ |
15% |
|
4.5 |
މަސައްކަތުގެ ތަޖުރިބާ |
10% |
|
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި މިނިސްޓްރީގެ ނަންބަރު:3333119، 7675213 އަށް ގުޅުއްވުން އެދެމެވެ.
ނޯޓު: ބިޑު އިވެލުޝަނަށްފަހު، އެއްވެސް ޝަކުވާއެއް ވާނަމަ މި މިނިސްޓްރީއަށް ސިޓީއަކުން ހުށަހެޅުމުން އެފަރާތަކަށް ޖަވާބު ދެވޭނެއެވެ.