ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއަރކޯން ގެނެސް އިންސްޓޯލް ކޮށްދޭނޭ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ހޯދުން

މި އިދާރާގެ މިހާރު ބަހައްޓާފައިވާ 3 އެއަރކޯނެއް ހަލާކުވެފައިވާތީ އެ ތިން އެއަރކޯން ނަގައި، 2 އެއަރކޯން 9000 BTU އާއި 12000 BTU ގެ 1 އެއަރކޯން ގެނެސް އިންސްޓޯލްކޮށްދޭނޭ ފަރާތެއް ހޯދުމަށް ވަނީ ބޭނުންވެފައެވެ.

ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 8 ވާ ބުރާސްފަތިދުވަހުގެ ހެނދުނު 10:00 އަށް ރަތަފަންދޫ ކައުންސިލުގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ސެޕްޓެންބަރު 22 ވާ ބުރާސްފަތިދުވަހުގެ ހެނދުނު 10:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މި މަސައްކަތް ކޮށްދޭނެ ފަރާތެއްވޭތޯ މި އިދާރާއިން ކުރެވުނު ނަންބަރު: (IUL)420-PM/242/2016/26 (3 އޮގަސްޓު 2016) ގެ އިޢުލާނަށް އެއްވެސް ފަރާތަކުން އިޖާބަދީފައިނުވާތީ، އެ އިޢުލާން ވަނީ ބާޠިލުކުރެވިފައެވެ.

އަންދާސީހިސާބާއެކު ހުށަހަޅަންޖެހޭ ލިޔުންތައް

1. ރަޖިސްޓަރީވެގެން ހިންގާ ކުންފުންޏެއްނަމަ، ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއާއި، އަހަރީ ފީދައްކާފައިވާ ރަސީދުގެ ކޮޕީ

2. ކޮމްޕެނީ ޕްރޮފައިލް

3. އަމިއްލަ ފަރާތަކުންނަމަ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

މި އިދާރާއިން ބަލާނެ ކަންތައްތައް

  1. ރަޖިސްޓަރީވެގެން ގަވާއިދުން ހިންގާ ކުންފުންޏެއްތޯ
  2. ހުށަހަޅާ އަންދާސީހިސާބު 30 ދުވަހުގެ ކުރިން ކެންސަލްކޮށްގެން ނުވާނެއެވެ.

އަގު ހުށަހެޅުން

  1. އަގު ހުށަހަޅަންޖެހޭނީ ޖުމްލަ އަގުގެ އިތުރުން ވަކިން އަގު އެނގޭ ގޮތަށެވެ.
  2. މާކްސް ދެވޭގޮތުގެ ތަފުސީލު:

މާކްސް ދެވޭނެ ކްރައިޓީރިއާ

މާކްސް ދެވޭގޮތް

ތަފްޞީލް

އަގު  

70%

  • ޚިދުމަތުގެ އަގަށް ދެވޭ މާކްސް  
  • މި މާކްސް ދެވޭނީ މި ކައުންސިލުގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑައަގަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ކަނޑައެޅިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގަށެވެ.

މަސައކަތް ނިންމާ މުއްދަތަށް   

20%

  • މަސައްކަތް ނިންމާ މުއްދަތަށް ދެވޭ މާކްސް   
  • މި މާކްސް ދެވޭނީ މި ކައުންސިލުގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާފައިވާ އެންމެ ކުޑަ މުއްދަތަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ހުށަހެޅޭ ހުރިހާ މުއްދަތެއްގެ މެދުގައި ކަނޑައެޅިފައިވާ % އެއް ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުރު މުއްދަތެއް ހުށަހަޅާފައިވާ ފަރާތަކަށެވެ.

ތަޖުރިބާ  

10%

  • ލިބިފައިވާ ތަޖުރިބާއަށް ދެވޭ މާކްސް   
  • މި މާކްސް ދެވޭނީ މި ކައުންސިލުގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާފައިވާ ޕްރޮފައިލްގައި ފާއިތުވެދިޔަ ތަނުގައި ކޮށްފައިވާ މަސައްކަތްތަކުގެ ތަޖުރިބާއަށް ބިނާކޮށް، އެންމެ ގިނަ ހެކި ހުށަހަޅާފައިވާ ފަރާތަކީ ބެންޗްމާކު ކަމަށް ބަލައިގެން ހުށަހަޅާފައިވާ ޑޮކިޔުމަންޓްތަކުގެ މެދުގައި ކަނޑައެޅިފައިވާ % އެއް ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ ޕޮއިންޓް ލިބޭނީ އެންމެ ގިނަ ހެކި ހުށަހަޅާފައިވާ ފަރާތަށެވެ. 

26 ޛުލްޤަޢިދާ 1437

29 އޮގަސްޓް 2016
ހޯދާ