ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ހޯދުން
މި އިދާރާގެ މިހާރު ބަހައްޓާފައިވާ 3 އެއަރކޯނެއް ހަލާކުވެފައިވާތީ އެ ތިން އެއަރކޯން ނަގައި، 2 އެއަރކޯން 9000 BTU އާއި 12000 BTU ގެ 1 އެއަރކޯން ގެނެސް އިންސްޓޯލްކޮށްދޭނޭ ފަރާތެއް ހޯދުމަށް ވަނީ ބޭނުންވެފައެވެ.
ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 8 ވާ ބުރާސްފަތިދުވަހުގެ ހެނދުނު 10:00 އަށް ރަތަފަންދޫ ކައުންސިލުގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ސެޕްޓެންބަރު 22 ވާ ބުރާސްފަތިދުވަހުގެ ހެނދުނު 10:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މި މަސައްކަތް ކޮށްދޭނެ ފަރާތެއްވޭތޯ މި އިދާރާއިން ކުރެވުނު ނަންބަރު: (IUL)420-PM/242/2016/26 (3 އޮގަސްޓު 2016) ގެ އިޢުލާނަށް އެއްވެސް ފަރާތަކުން އިޖާބަދީފައިނުވާތީ، އެ އިޢުލާން ވަނީ ބާޠިލުކުރެވިފައެވެ.
އަންދާސީހިސާބާއެކު ހުށަހަޅަންޖެހޭ ލިޔުންތައް
1. ރަޖިސްޓަރީވެގެން ހިންގާ ކުންފުންޏެއްނަމަ، ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއާއި، އަހަރީ ފީދައްކާފައިވާ ރަސީދުގެ ކޮޕީ
2. ކޮމްޕެނީ ޕްރޮފައިލް
3. އަމިއްލަ ފަރާތަކުންނަމަ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
މި އިދާރާއިން ބަލާނެ ކަންތައްތައް
- ރަޖިސްޓަރީވެގެން ގަވާއިދުން ހިންގާ ކުންފުންޏެއްތޯ
- ހުށަހަޅާ އަންދާސީހިސާބު 30 ދުވަހުގެ ކުރިން ކެންސަލްކޮށްގެން ނުވާނެއެވެ.
އަގު ހުށަހެޅުން
- އަގު ހުށަހަޅަންޖެހޭނީ ޖުމްލަ އަގުގެ އިތުރުން ވަކިން އަގު އެނގޭ ގޮތަށެވެ.
- މާކްސް ދެވޭގޮތުގެ ތަފުސީލު:
މާކްސް ދެވޭނެ ކްރައިޓީރިއާ |
މާކްސް ދެވޭގޮތް |
ތަފްޞީލް |
އަގު |
70% |
|
މަސައކަތް ނިންމާ މުއްދަތަށް |
20% |
|
ތަޖުރިބާ |
10% |
|
26 ޛުލްޤަޢިދާ 1437