ދިވެހިރާއްޖެ
އިޢުލާން
މިރަށުގެ ބޮޑެތި މަގުތަކާއި ފެން ހެދޭ މަގުތަކަށް ވެލި އަޅައި މަގު އެއްވަރުކޮށްދިނުމުގެ މަސައްކަތް ހެވީލޯޑް މެޝިނަރީ ބޭނުންކޮށްގެން ނުވަތަ އެފަދަ ތަކެތި ކުއްޔަށް ދޭގޮތަށް އެކަން ކުރެވޭނެ ފަރާތެއް ހޯދަން ބޭނުންވެގެން މި އިދާރާއިން ކުރެވުނު ނަންބަރު: (IUL)335-AS/335/2016/58 އިޢުލާނަށް އިޖާބަދީ މަޢުލޫމާތު ސާފުކުރި ފަރާތްތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އެމަސައްކަތަށް ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 އޮގަސްޓު 31 ވާ ބުދަދުވަހުގެ 10:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ސެޕްޓެންބަރު 6 ވާ އަންގާރަދުވަހުގެ 12:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.
20 ޛުލްޤަޢިދާ 1437