މަސައްކަތް
ނަންބަރު: (IUL)335-AS/335/2016/67
ޕަބްލިޝްކުރި ތާރީޚް: 23 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 10:06
ސުންގަޑި: 31 އޮގަސްޓް 2016 10:00
މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެލި އަޅައި، މަގުތައް އެއްވަރުކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މިރަށުގެ ބޮޑެތި މަގުތަކާއި ފެން ހެދޭ މަގުތަކަށް ވެލި އަޅައި މަގު އެއްވަރުކޮށްދިނުމުގެ މަސައްކަތް ހެވީލޯޑް މެޝިނަރީ ބޭނުންކޮށްގެން ނުވަތަ އެފަދަ ތަކެތި ކުއްޔަށް ދޭގޮތަށް އެކަން ކުރެވޭނެ ފަރާތެއް ހޯދަން ބޭނުންވެގެން މި އިދާރާއިން ކުރެވުނު ނަންބަރު: (IUL)335-AS/335/2016/58 އިޢުލާނަށް އިޖާބަދީ މަޢުލޫމާތު ސާފުކުރި ފަރާތްތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އެމަސައްކަތަށް ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 އޮގަސްޓު 31 ވާ ބުދަދުވަހުގެ 10:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ސެޕްޓެންބަރު 6 ވާ އަންގާރަދުވަހުގެ 12:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

20 ޛުލްޤަޢިދާ 1437

23 އޮގަސްޓް 2016