ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
ބައިލޮޖިކަލް އެންޑް ބިހޭވިއަރަލް ސާރވޭގެ މަސައްކަތްތައް ކުރުމަށްޓަކައި ތިރީގައި މިދަންނަވާ މަޤާމުތަކަށް މީހުން ބޭނުންވެއެވެ. މި ވަޒީފާއަކީ ކޮންޓްރެކްޓް އުސޫލުން މަސައްކަތްކުރަންޖެހޭ ވަޒީފާއެވެ.
މަޤާމު |
ފައިނޭންސް އޮފިސަރ |
މީހުން ބޭނުންވާ އަދަދު |
01 |
ކޮންޓްރެކްޓްގެ މުއްދަތު |
3 މަސް |
މުސާރަ |
މަހަކު -/12,000 ރުފިޔާ |
މަސައްކަތް ކުރަންޖެހޭ ތަން |
ހެލްތު ޕްރޮޓެކްޝަން އެޖެންސީ |
ތަޢުލީމާއި ތަޖުރިބާ |
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް |
- މާލިއްޔަތާބެހޭ ގަވާއިދުގައިވާގޮތުގެ މަތިން ސާރވޭގެ ބަޖެޓް ބެލެހެއްޓުން. - ސާރވޭގެ ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމަށް ތައްޔާރުކުރަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކޮށް، ކަމާބެހޭ ފަރާތްތަކަށް ފޮނުވައި ފައިސާގެ މުޢާމަލާތްތައް ބެލެހެއްޓުން. - ސާރވޭ މަސައްކަތުގެ ތެރޭގައި ލިބޭ ބިލުތަކަށް، އެ ބިލެއްގައިވާ މުއްދަތަށް ގަވާއިދުން ފައިސާ ދެއްކުން - ބަޖެޓުން ޚަރަދުކުރަންޖެހޭ ފައިސާ ޚަރަދުކުރުމުގައި ވައުޗަރ ތައްޔާރުކުރުމާއި، ވައުޗަރަށް ބޭނުންވާ ލިޔެކިޔުންތައް ފުރިހަމަކޮށް، ގަވާއިދާ އެއްގޮތަށް ޚަރަދުކުރުން. - ފީލްޑް މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ބޭނުންވާ އިދާރީ މަސައްކަތްތައް ކޯޑިނޭޓް ކުރުމުގައި އެހީތެރިވުން. |
މަޤާމު |
ފީލްޑް އޮފިސަރ |
މީހުން ބޭނުންވާ އަދަދު |
01 |
ކޮންޓްރެކްޓްގެ މުއްދަތު |
3 މަސް |
މުސާރަ |
މަހަކު -/12,000 ރުފިޔާ |
މަސައްކަތް ކުރަންޖެހޭ ތަން |
ހެލްތު ޕްރޮޓެކްޝަން އެޖެންސީ |
ތަޢުލީމާއި ތަޖުރިބާ |
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް |
- ސާރވޭގެ ފީލްޑް މަސައްކަތް ކުރިއަށްގެންދިއުން - ފީލްޑް މަސައްކަތް ރޭވިފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށްޓަކައި އެން.ޖީ.އޯ ތަކާ ގުޅިގެން ކުރާ ތައްޔާރީ މަސައްކަތްތައް ކުރިއަށް ގެންދިއުން. - ފީލްޑް މަސައްކަތް ޕްލޭންކުރުމާއި މޮނިޓަރކުރުން. - ފީލްޑް މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ބޭނުންވާ އިދާރީ މަސައްކަތްތައް ބެލެހެއްޓުމާއި އަދި ލިޔެކިއުންތަކާއި ރިޕޯޓުތައް ތައްޔާރުކުރުން. - ފީލްޑް ޓީމުތައް އެކުލަވައިލުމާއި އަދި ޓީމުތަކުން ކުރާ މަސައްކަތުގެ ކޮލިޓީ ހިފެހެއްޓުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން. |
މަސައްކަތް ކުރަންޖެހޭ ގަޑި |
ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށް |
ހުށަހަޅަންޖެހޭ ލިޔުންތައް |
|
ސުންގަޑި |
މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 6 ވާ އަންގާރަ ދުވަހުގެ 30:13 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ ގައި) އަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ. |
އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން: |
2016 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) ގައި. ނޯޓު: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ. - މި ވަޒީފާގެ "ޓީ އޯ އާރ" މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. |
އިތުރު މަޢުލޫމާތު |
މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3014326 އެވެ. |