ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)23-ES/1/2016/125
ޕަބްލިޝްކުރި ތާރީޚް: 25 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 12:07
ސުންގަޑި: 06 ސެޕްޓެންބަރު 2016 13:30
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

ބައިލޮޖިކަލް އެންޑް ބިހޭވިއަރަލް ސާރވޭގެ މަސައްކަތްތައް ކުރުމަށްޓަކައި ތިރީގައި މިދަންނަވާ މަޤާމުތަކަށް މީހުން ބޭނުންވެއެވެ. މި ވަޒީފާއަކީ ކޮންޓްރެކްޓް އުސޫލުން މަސައްކަތްކުރަންޖެހޭ ވަޒީފާއެވެ.

މަޤާމު

ފައިނޭންސް އޮފިސަރ

މީހުން ބޭނުންވާ އަދަދު

01

ކޮންޓްރެކްޓްގެ މުއްދަތު

3 މަސް

މުސާރަ

މަހަކު -/12,000  ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން

ހެލްތު ޕްރޮޓެކްޝަން އެޖެންސީ

ތަޢުލީމާއި ތަޖުރިބާ

  1. މަތީ ސާނަވީ ތަޢުލީމު ހާސިލުކޮށްފައިވުމާއެކު، ޕްރޮޖެކްޓް ފައިނޭންންސް ނުވަތަ އެޑްމިނިސްޓްރޭޓިވްގެ ދާއިރާއިން 1 އަހަރާއި 3 އަހަރުދުވަހާ ދެމެދުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. އެޗް.އައި.ވީ އާ ގުޅުންހުރި ޕްރޮޖެކްޓް / ރިސާޗްގައި މަދުވެގެން 3 މަހާއި 6 މަސްދުވަހާ ދެމެދުގައި މަސައްކަތްކޮށް މަސައްކަތު ތަޖުރިބާ ލިބިފައިވުން.
  3. އެޗް.އައި.ވީ / ރިސްކް ގްރޫޕްތަކާ ގުޅުންހުރި ޕްރޮޖެކްޓެއްގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

- މާލިއްޔަތާބެހޭ ގަވާއިދުގައިވާގޮތުގެ މަތިން ސާރވޭގެ ބަޖެޓް ބެލެހެއްޓުން.

- ސާރވޭގެ ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމަށް ތައްޔާރުކުރަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކޮށް، ކަމާބެހޭ ފަރާތްތަކަށް ފޮނުވައި ފައިސާގެ މުޢާމަލާތްތައް ބެލެހެއްޓުން.

- ސާރވޭ މަސައްކަތުގެ ތެރޭގައި ލިބޭ ބިލުތަކަށް، އެ ބިލެއްގައިވާ މުއްދަތަށް ގަވާއިދުން ފައިސާ ދެއްކުން

- ބަޖެޓުން ޚަރަދުކުރަންޖެހޭ ފައިސާ ޚަރަދުކުރުމުގައި ވައުޗަރ ތައްޔާރުކުރުމާއި، ވައުޗަރަށް ބޭނުންވާ ލިޔެކިޔުންތައް ފުރިހަމަކޮށް، ގަވާއިދާ އެއްގޮތަށް ޚަރަދުކުރުން.

- ފީލްޑް މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ބޭނުންވާ އިދާރީ މަސައްކަތްތައް ކޯޑިނޭޓް ކުރުމުގައި އެހީތެރިވުން.

މަޤާމު

ފީލްޑް އޮފިސަރ

މީހުން ބޭނުންވާ އަދަދު

01

ކޮންޓްރެކްޓްގެ މުއްދަތު

3 މަސް

މުސާރަ

މަހަކު -/12,000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން

ހެލްތު ޕްރޮޓެކްޝަން އެޖެންސީ

ތަޢުލީމާއި ތަޖުރިބާ

  1. ސާނަވީ އިމްތިޙާން ނުވަތަ މަތީ ސާނަވީ އިމްތިޙާން ފުރިހަމަކޮށްފައިވުން. ނުވަތަ،
  2. އެޗް.އައި.ވީ އާ ގުޅުންހުރި ޕްރޮޖެކްޓް / ރިސާޗުގައި މަދުވެގެން 3 މަހާއި 6 މަސްދުވަހާ ދެމެދުގައި މަސައްކަތްކޮށް މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  3. އެޗް.އައި.ވީ / ރިސްކް ގްރޫޕްތަކާއި ގުޅުންހުރި ޕްރޮޖެކްޓެއްގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

- ސާރވޭގެ ފީލްޑް މަސައްކަތް ކުރިއަށްގެންދިއުން

- ފީލްޑް މަސައްކަތް ރޭވިފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށްޓަކައި އެން.ޖީ.އޯ ތަކާ ގުޅިގެން ކުރާ ތައްޔާރީ މަސައްކަތްތައް ކުރިއަށް ގެންދިއުން.  

- ފީލްޑް މަސައްކަތް ޕްލޭންކުރުމާއި މޮނިޓަރކުރުން.

- ފީލްޑް މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ބޭނުންވާ އިދާރީ މަސައްކަތްތައް ބެލެހެއްޓުމާއި އަދި ލިޔެކިއުންތަކާއި ރިޕޯޓުތައް ތައްޔާރުކުރުން.

- ފީލްޑް ޓީމުތައް އެކުލަވައިލުމާއި އަދި ޓީމުތަކުން ކުރާ މަސައްކަތުގެ ކޮލިޓީ ހިފެހެއްޓުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.

މަސައްކަތް ކުރަންޖެހޭ ގަޑި

ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށް

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ވަޒީފާއަށް އެދޭ ސިޓީ
  2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައިވާ ކޮޕީ)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއެކު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައިވާ ކޮޕީ)
  4. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާގެ ސާބިތުކޮށްދޭ ލިޔުމާއި ކުރިން ވަޒީފާ އަދާކޮށްފައިވާ ތަނެއްގެ ރިފެރެންސް ލިޔުމުގެ ކޮޕީ

ސުންގަޑި

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 6 ވާ އަންގާރަ ދުވަހުގެ 30:13 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ ގައި) އަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

2016 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ  ބިލްޑިންގ) ގައި.

ނޯޓު: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

- މި ވަޒީފާގެ "ޓީ އޯ އާރ" މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3014326 އެވެ.

25 އޮގަސްޓް 2016