މަޤާމު: ވެބް ޑިވެލޮޕަރ
|
މުސާރައާއި އެލަވަންސް
|
މަހަކު -/10500 ރުފިޔާ
|
މަޤާމުގެ ރޭންކް
|
TP 4
|
ބޭނުންވާ އަދަދު
|
01
|
މަޤާމުގެ ބާވަތް
|
01 (އެކެއް) އަހަރު ދުވަހުގެ ކޮންޓްރެކްޓް
|
މަސައްކަތް ކުރަންޖެހޭތަން
|
ޕަބްލިކް ސަރވިސް މީޑިއާ
|
ޑިޕާޓްމަންޓް
|
އީ-ކޮމާރސް އެންޑް މާރކެޓިންގ
|
މަޤާމުގެ ޝަރުޠު:
|
މަޤާމާ ގުޅޭ ދާއިރާއިން އެޑްވާންސް ޑިޕްލޮމާ އޮތުން ނުވަތަ ޑިޕްލޮމާއެއް އޮތުމާއެކު ގުޅޭ ދާއިރާއިން 3 (ތިނެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ މަޤާމާގުޅޭ ދާއިރާއިން 6 (ހައެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.
|
|
- ވެބްސައިޓް އަދި ވެބްއެޕްލިކޭޝަން ފަރުމާކޮށް، ކޯޑްކުރުން
- ވެބްސައިޓް އަދި ވެބްސާވާރތަކުގެ ސެކިއުރިޓީ ބެލެހެއްޓުން
- ވެބްސައިޓްތައް ސާރޗް އިންޖީން ބޭނުންކޮށްގެން ހޯދާ ފަރާތްތަކަށް ފަސޭހައިން ފެންނާނެގޮތަށް ވެބްސައިޓް ފަރުމާކޮށް މެއިންޓެއިންކުރުން (ސާރޗް އިންޖީން އޮޕްޓިމައިޒޭޝަން).
- ކުންފުނީގެ އެންމެހައި މަސައްކަތްތަކަށް އެންމެ އެކަށޭނެ ފަސޭހަ ގޮތުގައި މަސައްކަތް ކުރެވޭނެ ގޮތްހެދުމަށް ބޭނުންވާ އެޕްލިކޭޝަންތައް ތައްޔާރުކޮށްދިނުމާއި، އަޕްގްރޭޑްކޮށްދިނުމާއި، މެއިންޓެއިންކޮށް ބެލެހެއްޓުން.
- ނިއު މީޑިއާ ޓެކްނޮލަޖީސް ތަޢާރަފްކޮށް، ކުންފުނީގެ ކޮންޓެންޓް އާންމު ފަރުދުންނަށް ފަސޭހަކަމާއެކު ލިބިދޭނެ މަގުހޯދައިދިނުން
|
އިތުރުގަޑި:
|
އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
މި މަޤާމުތަކަށް މީހުން ހޮވުމާބެހޭ އިތުރު މަޢުލޫމާތު
|
މި މަޤާމަށް މީހުން ހަމަޖެއްސުމުގައި، މިދާއިރާއިން ތަޢުލީމު ހާސިލުކޮށްފައިވާ ފަރާތްތަކަށާއި، މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދޭކަމުގެ ސިޓީއާއި، ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (ސެޓުފިކެޓެއްނަމަ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމުގެ ގޮތުން މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ޕާސްޕޯޓް ސައިޒު ފޮޓޯއެއް
- ވަޒީފާއަށް ކުރިމަތިލާފަރާތުގެ ވަނަވަރު.
- ވަޒީފާއަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް
- މަތީގައިވާ މަޤާމަށް އިންޓަވިއުއަށް ދައުވަތު ދެވޭނީ ޝޯޓް ލިސްޓުކުރެވޭ ފަރާތަށެވެ.
|
ސުންގަޑި
|
މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 2016 އޮގަސްޓު 31 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި ކުންފުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ / ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށް އެދޭ ލިއުންތައް ހުށަހެޅުއްވުން އެދެމެވެ.
|
އިތުރު މަޢުލޫމާތު:
|
މަޢުލޫމާތު ހޯއްދެވުމަށް 3000210 އާ ގުޅުއްވުން އެދެމެވެ.
|