ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)PSM-HH/PSM/2016/171
ޕަބްލިޝްކުރި ތާރީޚް: 21 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 12:48
ސުންގަޑި: 31 އޮގަސްޓް 2016 15:00
ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ވެބް ޑިވެލޮޕަރ

މަޤާމް :ވެބްޑިވެލޮޕަރ
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު

މަޤާމު: ވެބް ޑިވެލޮޕަރ

މުސާރައާއި އެލަވަންސް

މަހަކު -/10500 ރުފިޔާ

މަޤާމުގެ ރޭންކް

TP 4

ބޭނުންވާ އަދަދު

01

މަޤާމުގެ ބާވަތް

01 (އެކެއް) އަހަރު ދުވަހުގެ ކޮންޓްރެކްޓް

މަސައްކަތް ކުރަންޖެހޭތަން

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް

އީ-ކޮމާރސް އެންޑް މާރކެޓިންގ

މަޤާމުގެ ޝަރުޠު:

މަޤާމާ ގުޅޭ ދާއިރާއިން އެޑްވާންސް ޑިޕްލޮމާ އޮތުން ނުވަތަ ޑިޕްލޮމާއެއް އޮތުމާއެކު ގުޅޭ ދާއިރާއިން 3 (ތިނެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ މަޤާމާގުޅޭ ދާއިރާއިން 6 (ހައެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

  • ވެބްސައިޓް އަދި ވެބްއެޕްލިކޭޝަން ފަރުމާކޮށް، ކޯޑްކުރުން
  • ވެބްސައިޓް އަދި ވެބްސާވާރތަކުގެ ސެކިއުރިޓީ ބެލެހެއްޓުން
  • ވެބްސައިޓްތައް ސާރޗް އިންޖީން ބޭނުންކޮށްގެން ހޯދާ ފަރާތްތަކަށް ފަސޭހައިން ފެންނާނެގޮތަށް ވެބްސައިޓް ފަރުމާކޮށް މެއިންޓެއިންކުރުން (ސާރޗް އިންޖީން އޮޕްޓިމައިޒޭޝަން).
  • ކުންފުނީގެ އެންމެހައި މަސައްކަތްތަކަށް އެންމެ އެކަށޭނެ ފަސޭހަ ގޮތުގައި މަސައްކަތް ކުރެވޭނެ ގޮތްހެދުމަށް ބޭނުންވާ އެޕްލިކޭޝަންތައް ތައްޔާރުކޮށްދިނުމާއި، އަޕްގްރޭޑްކޮށްދިނުމާއި، މެއިންޓެއިންކޮށް ބެލެހެއްޓުން.
  • ނިއު މީޑިއާ ޓެކްނޮލަޖީސް ތަޢާރަފްކޮށް، ކުންފުނީގެ ކޮންޓެންޓް އާންމު ފަރުދުންނަށް ފަސޭހަކަމާއެކު ލިބިދޭނެ މަގުހޯދައިދިނުން

އިތުރުގަޑި:

އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މި މަޤާމުތަކަށް މީހުން ހޮވުމާބެހޭ އިތުރު މަޢުލޫމާތު

މި މަޤާމަށް މީހުން ހަމަޖެއްސުމުގައި، މިދާއިރާއިން ތަޢުލީމު ހާސިލުކޮށްފައިވާ ފަރާތްތަކަށާއި، މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭކަމުގެ ސިޓީއާއި، ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (ސެޓުފިކެޓެއްނަމަ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމުގެ ގޮތުން މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ޕާސްޕޯޓް ސައިޒު ފޮޓޯއެއް
  • ވަޒީފާއަށް ކުރިމަތިލާފަރާތުގެ ވަނަވަރު.
  • ވަޒީފާއަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް
  • މަތީގައިވާ މަޤާމަށް އިންޓަވިއުއަށް ދައުވަތު ދެވޭނީ ޝޯޓް ލިސްޓުކުރެވޭ ފަރާތަށެވެ.

ސުންގަޑި

 

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 2016 އޮގަސްޓު 31 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި ކުންފުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ / ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށް އެދޭ ލިއުންތައް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000210 އާ ގުޅުއްވުން އެދެމެވެ.

18 ޛުލްޤަޢިދާ 1437

21 އޮގަސްޓް 2016